ހުޅުމާލޭގައި ފްލެޓް އެޅުމުގެ މަސައްކަތް ކުރަނީ: ސެޕްޓެމްބަރުގެ ނިޔަލަށް 4،000 ފްލެޓް ނިންމައި، ހައްގުވެރިންނަށް ހަވާލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި - ފޮޓޯ: މިހާރު
29 މެއި 2025 - 18:36
މި ސަރުކާރުގެ އަމާޒަކީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުންދާ 4،000 ފްލެޓްގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމައި، ހައްގުވެރިންނާ ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ނިންމުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގެ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ 4،000 ފްލެޓްގެ ތެރެއިން މިހާތަނަށް އަމަލީ މަސައްކަތް ނިމިފައިވަނީ 1،000 ފްލެޓްގެ ކަމަށެވެ. އަދި އެ ތަންތަނަށް ފެނާއި ނަރުދަމާ އަދި ކަރަންޓު ގުޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އުއްމީދު މި ކުރަނީ ޖުލައި މަސް ތެރޭގައި 1،000 ފްލެޓަށް ހިދުމަތް ދެވިގެންދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ނިމޭ ފްލެޓްތަކުގެ އެއްބަސްވުން، ފްލެޓް ލިބޭ މީހުންގެ ތެރެއިން އިސްކަންދޭ ތަރުތީބަށް ބަލައިގެން ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުގެ އަމާޒަކީ އަންނަ މަހުގެ ނިޔަލަށް އިތުރު 1،000 ފްލެޓް ވެސް ނިންމުން ކަމަށާއި އަދި ސެޕްޓެމްބަރު މަހުގެ ނިޔަލަށް 4،000 ފްލެޓްގެ މަސައްކަތް އެއްކޮށް ނިންމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއްގެ ގޮތުގައި ނޮވެމްބަރު، 2023 ގައި އޭރުގެ ސަރުކާރުން ނެރުނު ލިސްޓަށް ފްލެޓް ދޭން މިހާރު ނިންމާފައިވާ ކަން މިއަދު ހާމަކޮށްފަ އެވެ. ނަމަވެސް، ޝަރުތު ހަމަނުވާ މީހުން ލިސްޓުން އުނިކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން ލިސްޓެއް އިއުލާންކުރި އެވެ. އެ ލިސްޓުގައި ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ ކަމަށް 3،721 މީހުން ހިމެނި އެވެ. އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް ޝަރުތު ހަމަވާ ކަމަށް 1،218 މީހުންގެ ލިސްޓުގައި ހިމެނި އެވެ.
ނަމަވެސް މި ސަރުކާރުން އެ ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ލިސްޓެއް މިދިޔަ ފެބުރުއަރީ މަހު ނެރެފައިވެ އެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ހުރިހާ ވެރިފިކޭޝަންތަކަށް ފަހު ބެލިއިރު ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވީ 397 މީހެކެވެ.
ގިނަ މީހުންގެ ޝަރުތު އުނިވެފައިވަނީ މާލޭގައި މެދުނުކެނޑި އުޅުނުކަން ސާބިތުކޮށް ނުދެވުމުން ކަމަށް އޭރު މިނިސްޓްރީން ބުނެފައިވެ އެވެ. މާލޭގައި ދިރިއުޅުނު ކަން ސާބިތުކުރަން ކައުންސިލްތަކުން ދިން ލިޔުން ކުރީގެ ސަރުކާރުން ބަލައިގެންފައިވީ ނަމަވެސް، މި ސަރުކާރުން ނިންމީ އެ ލިޔުންތައް ބަލައިނުގަތުމަށެވެ.
ފައިނަލް ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން ގިނަ މީހުންގެ ޝަރުތު އުނިވީ އެމީހުން މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނު ކަން ލިޔުންތަކުން ސާބިތުނުވާ ކަމަށްވާތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ލިޔުންތަކަށް ބަލާނެ ގޮތަށް މިނިސްޓްރީން ވަނީ ބަދަލު ގެނެސްފަ އެވެ.
އެގޮތުން 2007 ގެ ކުރީގެ ތާރީހެއްގައި މާލޭގައި ދިރިއުޅުނު ކަން ލިޔެކިޔުންތަކުން ފެންނަ ހުރި މީހެއްނަމަ، އެމީހަކު އެހެން ތަނަކަށް ދިރިއުޅުން ބަދަލުކުރިކަމުގެ ލިޔުމެއް ނެތް ނަމަ ބަލާނީ އެ މީހަކީ މާލޭގައި މެދުކެނޑުމެއްނެތި ދިރިއުޅެމުންދިޔަ މީހެއްގެ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެ މީހަކީ 15 އަހަރު ކުރިން މާލޭގައި ދިރިއުޅެން ފަށާފައިވާ މީހެއް ކަން އެނގޭ ނަމަ، އަދި އޭގެ ފަހުން ރާއްޖޭގެ އެއްވެސް ތަނަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކަން ސާބިތުކުރެވެން ނެތް ނަމަ، އެ މީހަކު ވެސް ބަލާނީ 15 އަހަރު މާލޭގައި ދިރިއުޅުނު މީހެއްގެ ގޮތުގައި،" މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
30 May 2025
ފުލެޓް ލިބޭ މާލޭމީހުން ފުލެޓަށް ފައިސާ ނުދައްކާ މިހާރުވެސް 80 ވަރަކަށް މިލިޔަން ރުފިޔާ އެމީހުންގެ ދަރަނީގެ ގޮތުގައި އެބަހުރި. މިކަން ހުއްޓުވާ "ދައުލަތް ދަރަނިން ސަލާމަތް ކުރުމަށްޓަކާ" މީގެ ފަހުން ދޫކުރާ ސޯޝަލް ހައުސިންގ ފުލެޓް ތައް އެތަންތަނަށް ދައްކާން ޖެހޭ ފައިސާ ދައްކާ ނިމެންދެން ދައުލަތާއި ރައްޔަތް ޙިއްސާވާ ބެންކް އޮފް މޯލްޑިވްސް ގެ ދަށުގައި ބެހެއްޓުމަށް ފަހު ބެންކް އާއި ފުލެޓް ލިބޭ މީހާއާއި ދެމެދު ފައިސާ ދައްކަން ކޮންޓްރެކްޓް ހެދުން ރަނގަޅު.
ފަޅުމަސް
30 May 2025
އޭސީސީން ނިންމި ލިސްޓެކޭ އިބޫ ނިންމި ލިސްޓެކޭ ތަފާތެއް ނެތީތަ މިހާރު؟
ޓީމް މަލްޝާ
30 May 2025
އިބިލީހު ކައިވެނި؟
ޗަކް
30 May 2025
ކޮންތާކި މިޖެހުނީ. ބޭއިންސާފުން ކުރި ކަންކަން އެނބުތެމުން ގޮސް މިހުއްޓުނީ ބޭއިންސާފަށް. ކޮބާތަ ތިސަރުކާރުތަކުގެ ބޭނުމަކީ.
އޮނަރަބްލް އަފީފު ދީދީ
30 May 2025
އެތައްސަތޭކަ މިލިޔަން ޑޮލަރަށް ދައުލަތް ދަރަނިވެރިކޮށް ހެދި ފުލެޓްތައް އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދައްކާ އަގު އަދާކުރާގޮތަށް އެއްބަސްވެ ސޮއި ކުރުމަށްފަހު އެތަންތަން ލިބުނު މާލޭމީހުން "4 ހާސް ރުފިޔާގެ ފުލެޓް 15 ހާސް ރުފިޔާއަށް ކުލީ އަޅުންނަށް ކުއްޔަށް ދީގެން އެފައިސާ ކަމުން ގެންދާއިރު" ފުލެޓްލިބުނު މާލޭމީހުންގެ %80 މީހުން އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދެއްކިޔަސް އެފައިސާ ހޯދަން މާލޭސަރުކާރުން މަސައްކަތް ނުކުރަނީ އެއީ މާލޭމީހުނަށް ވާތީ.
އޮނަރަބްލް އަފީފު ދީދީ
30 May 2025
މަތީގައިދެންނެވި އަދަދަށް ކ.މާލޭމީހުނަށް ބާރުހިގާ ބޯހިޔާވަހިކަން ހުރިއިރު އުމުރުން 18 އަހަރު ވެފައިވާ ކޮންމެ މީހަކަށް ކަހަލަ ގޮތަކަށް މިހާރު ބޯހިޔާވަހިކަން ވަނީ ލިބިފައި. އަދި "ކުލީ އަޅުންގެ ގެޮތުގައި ތިރަށުގައި ދިރިއުޅެން މަޖުބޫރުވެފައިވާ ރާއްޖޭގެ އެހެން ރަށްރަށު މީހުނާއި މެދު ވިސްނުމެއް ނުބަހައްޓާ" މާލޭ ސަރުކާރުގެ ރޭސިސްޓް އެއްރަށް ދައުލަތް ސިޔާސަތުގެ ދަށުން ބަލަމުން ދަނީ އަދިވެސް ކ.މާލޭ މީހުނަށް އިތުރަށް ބިމާއި ފުލެޓް ދެވޭނެ ގޮތެއް ހޯދަން.
އޮނަރަބްލް އަފީފު ދީދީ
30 May 2025
ކ.މާލޭގައި ހުރި ބިންތަކާއި އެބިންތަކުގައި ދިހަ 12 ހުރިއަށް ހަދާފައި ހުރި އިމާރާތް ތަކާއި އެކު އެރަށުގައި 50 ހާހާއި ގާތްކުރާ އަދަދަކަށް ގޭބިސީ ހުރިކަމަށް ހިސާބު ތަކުން ދައްކާއިރު ވިލިގިލި އަދި ހުޅުމާލެ އާއި އެކު ތިރަށު ބިންވެރިންގެ ބެލުމުގެ ދަށުގައި 80 ވަރަކަށް ހާސް ފުލެޓް ނުވަތަ ދިރިއުޅޭނެ ތަންތަން އެބަހުރި. އަދި މައުމޫނު ޒަމާނުން ފެށިގެން ހެދި ފުލެޓް ތަކާއި އެކު ޖުމްލަ
ހިޔާލު34
29 May 2025
ހައްޤުވެރިންނަށް ދެނީކީ ނޫން. ކޮންމެ ސަރުކާރަކުންވެސް އެބަޔަކު ބޭނުން ބަޔަކަށް ދެނީ، މަށަކަށް ނޭނގެ. މަ މިއީ މެދުނުކެނޑި މާލޭގަ އުޅޭތާ 35 އަހރުވީ މީހެއް އެކަމަކު އިއްޔެ މެންދުރު މާލެއަށް ފުންމާލި މީހުންނަށް ތިތަންތަން ލިބެނީ މިއީ ހަމަ ހައްޤުވެރިންތޯ..
ޖޯކް
29 May 2025
ހެޔޮނުވާނެ ރާއްޖޭގެ އެހެންތަންތަނުގަވެސް ފުލެޓު އަޅާފަ އާބާދީ ފެތުރޭނެހެން ވިސްނަންފައްޓަށްވެއްޖެ އެއްނުން. ރަށްތަކުގެ މީހުނާ އިންޑިޔާ ބަންގާޅުން މިކުޑަ މާލެޔާ ހުޅުމާލެ ފުރާފަ ދެން ބުނާނެ ކުރީ ސަރުކާރޭ ބަގާވާތޭ. ބޯކޮބާތަ ކަލޭމެންގެ
ކިތައްމީހުން
29 May 2025
ތިތަންތަން ލިބޭ މީހުންގެ ތެރޭން ކިތައްމީހުންބާ ތިތަންތަނައް ދައްކަންޖެހޭ ކުލިދައްކާނީ. މީހަކު ކުލިނުދައްކައިގެން އެމީހަކައް ބޮޑުފައިދާއެއްވާތީ ބުނާއެއްޗެއްނޫންމީކީ އެކަމަކު ލޯނުނަގައިގެން ހަދާފައިވާ ތަންތަނައް ވާތީ ލޯނުދައްކަންޖެހޭއިރު ދެންއެދައްކާނީ އަހަރެމެން ހުރިހާ ރައްޔިތުންއަތުން ނަގާޓެކްސްތަކުން. އަހަރެމެންވެސް މިއުޅެނީކީ ފުދިގެންނެއްނޫން ތިތަންތަން ތިލިބޭހުންނައްވުރެ މާދަތިހާލުގަ އުޅޭ އެތައްބަޔަކުއެބަތިބި.