31 މެއި 2025 - 13:39
މި އަހަރުގެ ހައްޖުގެ އަޅުކަމަށް ސައޫދީގައި ތިބި ދިރާގު ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ރޯމިންގެ ހިދުމަތް ލިބޭނެ ފުރުސަތު އެ ކުންފުނިން ފަހިކޮށްދީފި އެވެ.
ދިރާގުން ބުނީ، އެ ޕެކޭޖުގެ ދަށުން ހައްޖުގެ އިތުރުން އުމްރާގެ އަޅުކަމަށް ދާ ކަސްޓަމަރުންނަށް ދިރާގު ރޯމިން ހިދުމަތް އެކްޓިވޭޓުކޮށް، އެޑްއޮންއެއްގެ ގޮތުގައި 375ރ. އަށް 4ޖީބީ ޑޭޓާ ލިބޭނެ ކަމަށެވެ.
ސައުދީ އަރަބިއްޔާގެ އިތުރުން ދިރާގުން ވަނީ އިތުރު 45 ގައުމަކުން ރޯމިންގެ ހާއްސަ ޕެކޭޖުތަކެއް ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި 150ރ. އިން ފެށިގެން 775ރ. އާ ދެމެދުގެ އަގުތަކެއްގެ ޕެކޭޖުތަކެއް ހިމެނެ އެވެ.
ދިރާގުން ރޯމިންގެ ހިދުމަތް ދޭ ގައުމުތަކުގެ ތެރޭގައި ދިވެހިން އާއްމުކޮށް ގޮސް އުޅޭ ގައުމުތައް ކަމަށްވާ އިންޑިއާ އާއި ސްރީ ލަންކާ އާއި މެލޭޝިއާ އާއި ތައިލެންޑާއި އޮސްޓްރޭލިއާ އަދި ޗައިނާ ހިމެނެ އެވެ.
ދިރާގު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މި ޕެކޭޖްތައް ދިރާގުއެޕް އަދި މައިއެކައުންޓް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެ އެވެ. މި ޕެކޭޖްތައް ބޭނުން ކުރެވެނީ ޑޭޓާ ރޯމިން އެކްޓިވޭޓް ކޮށްފައިވާ ނަންބަރުތަކަށެވެ.
ރާއްޖެ އިން ބޭރަށް ދަތުރުކުރާ އިރު އެ ގައުމަކުން ސިމް ހޯދުމުގެ ބަދަލުގައި، މިހާރު ބޭނުންކުރާ ސިމް މެދުވެރިކޮޑް ދިރާގުން ރޯމިން ޕެކޭޖެއް އެކްޓިވޭޓް ކޮށްގެން ފަސޭހަކަމާއެކު ޑޭޓާ ލިބޭނެ އެވެ.
ދިރާގަކީ މިފަދަ އެކި ހިދުމަތްތައް ހެޔޮ އަގުތަކެއްގައި ފޯރުކޮށްދޭ ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy