އައިޖީއެމްއެޗްގެ ފްލޫ ކްލިނިކުން ޑޮކްޓަރު ބަލި މީހެއް ބަލަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
19 މާޗް 2017 - 15:31
ހުން ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އަނެއްކާ ވެސް އިތުރުވާން ފަށައިފި އެވެ. އަދި އެއް ދުވަސް ތެރޭ ނުވަ މީހަކު ވަނީ ސްވައިން ފްލޫއަށް ޕޮޒިޓިވް ވެފައިކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސްހިސާބުން ދައްކައިފި އެވެ.
އެޗްޕީއޭއިން އާއްމުކުރި ތަފާސްހިސާބު ދައްކާގޮތުން މާލޭގެ އެކި ފްލޫ ކްލިނިކްތަކުން ޖުމްލަ 728 މީހުންނަށް ފަރުވާ ދިނެވެ. އޭގެ ކުރީ ދުވަހު އެ އަދަދު އުޅުނީ 680ގަ އެވެ. އަދި މިދިޔަ ހުކުރު ދުވަހު ރަށްރަށުން ހުމަށް 835 މީހުން ފަރުވާ ހޯދިއިރު އިއްޔެ އެ އަދަދު އުޅުނީ 1179ގަ އެެވެ.
މި ތަފާސްހިސާބުތަކަށް ބަލާއިރު، ހުން ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވަމުންދާ ފާހަގަކޮށްލެ ވެ އެވެ.
އެޗްޕީއޭއިން އިއްޔެ އާއްމުކުރި މައުލޫމާތުތަކުން، ހުކުރު ދުވަހާ ހަމައަށް 114 މީހުން ސްވައިން ފްލޫއަށް ޕޮޒިޓިވް ވި އެވެ. އެކަމަކު އެއް ދުވަސް ތެރޭގައި އިތުރު ނުވަ މީހަކު ސްވައިން ފްލޫއަށް ޕޮޒިޓިވްވެ، އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 123އަށް ވަނީ އަރައިފަ އެވެ. އަދި އެޑްމިޓްކޮށްގެން 11 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
އަތޮޅުތަކަށް ބަލާއިރު، ރޯގާ ޖެހިފައިވާ މީހުން އެންމެ ގިނައީ ހދ. އަދި ރ. އަތޮޅުގަ އެވެ. ހދ.ގެ އެކި ރަށްރަށުން މުޅި ޖުމްލަ 111 ކޭސް ރިޕޯޓުކުރި އިރު ރ. އަތޮޅުން 126 ކޭހެއް ރިޕޯޓުކޮށްފައި ވެ އެވެ.
ސްވައިންފްލޫ ޖެހިގެން މި އަހަރުގެ މިހާތަނަށް ދެ މީހަކު ވަނީ މަރުވެފަ އެވެ.
ރާއްޖޭގައި ހުމާއި އަރިދަފުސް ރޯގާ ޖެހޭ މީހުންގެ އެވްރެޖް ނިސްބަތަަކީ ހަފުތާއަކު 3،000 މީހުންނެވެ. ނަމަވެސް މި އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު މި ނިސްބަތް އިތުރުވާން ފެށި އެވެ. އަދި މިހާރަކަށް އައިސް، އެވްރެޖް ގޮތެއްގައި ހަފުތާއަކު 5،000 އަށް ވުރެ ގިނަ މީހުންނަށް ހުމާއި އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ރިކޯޑްތަކުން ދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮން
20 March 2017
ޔާމީނަކަށް މިސިޓުއޭޝަންގ އެއް ހައްލެއް ނުކުރެވުނު. ކަހާތަން ހިރުވާލާހެންވެސް ހީނުވޭ. މިވަރު ވީއިރު އެހެން ރައިސެއްނަމަ ރައްޔިތުންނާ މުޚާތަބްކޮށް އެއްޗެއް ބުނެ. ޑެއިލީ އަޕްޑޭޓް ދޭނެ ހައިލެވެލް ކެބިނެޓް ޓާރސްކޮފޯސް އޮންނާނެ. ރައްޔިތުން ހާންތިވާއިރުވެސް އެގޮތަށް ފިލައިގެން ހުރެވެނީ ކީއްވެބާ؟
ދެރަ
20 March 2017
ބަލި ކޮންޓްރޯލް ކުރަން ބޭނުންވާ ނަމަ ސްކޫލު ތަށް ބަންދު ކުރި ގޮތަށް ޤައުމީ ޤުރުއާން މުބާރާތް ކެންސަލް ނުކުރޭ. މީގެ ސަބަބުން ބަލި ނެތް ރަށްރަށް ފެތުރުމުގެ ފުރުސަތު ވ.ބޮޑު
ޢަލީ
19 March 2017
ޔާ ﷲ މިރާއްޖޭގެ ލޮބުވެތި އެންމެހ ރައްޔިތުން ފުރިހމަ ސިއްހތުގާ ލައްވާށި އާމީން
ާއައިސްތު
19 March 2017
ހުކުރު ދުވަހު އެޗްޕީއޭ އިން އާއްމުކުރި ޑޭޓާއަށް ބަލާފަ ބަލިވެގެން ދައްކާމީހުން މަދުވި ކަމަށް ބެލެވޭނީ ހުކުރު ދުވަހުވެސް އެހެން ދުވަސްތަކެކޭ އެއްގޮތަށް (އެއްގަޑިތަކެއްގަައި)ޚިދުމަތް ދިންނަމައެވެ.އޭޑީކޭގެ ފްލޭކްލިނިކްގެ ޚިދުމަތްދިނީ މެންދުރުފަހު 2އިން ފެށިގެން. އެހެން ދުވަސްދުވަހު ހެނދުނު 10.00ގައި ފަށާނެ. މިނޫންވެސް އެހެން ޚިދުމަތްދޭ ތަންތަނުގައިވެސް ގަޑިމަދުވެފައި ހުރުން އެކަށީގެންވެ. އެހެންކަމުން މިކަންތައް މިނޫނަސް މިފަދަ އެހެން ކަންތަކަށް ރިއާޔަތްކޮށްފަ މިފަދަ ޑޭޓާ އެނެލައިސް ކުރުން މުހިންމު.
ރަދީފް
19 March 2017
ހުރިހާ ބަލިތަކަކުން ސަލާމަތްވެފައިވާ ބައެއްކަމުގަ ދިވެހިރައްޔަތުން ލައްވާށި.އާމީން
އައްމަކަލޯ
19 March 2017
މި ކޮމެންޓަށް ޑިސްލައިކްޖެހި މީހަ ބޭނުންވަނީ ބަލިވާންތަ؟؟؟
ނޭނގި
20 March 2017
ބައެއް ފަހަރު ނޭނގި ވެސް ދެވޭ