ސަރުކާރުގެ ފަސް މިލިއަން ގަސް ޕްރޮގްރާމް އިފްތިތާހުކުރުމަށް މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ލޮނުޒިޔާރަތް ޕާކުގައި ގަހެއް އިންދަވަނީ.-- ފޮޓޯ: ރައީސް އޮފީސް
05 ޖޫން 2025 - 13:09
ތިމާވެށި ހިމާޔަތް ކުރުމަށް ދިވެހިން ދޭ އިސްކަމަކީ، އަދާކުރާ ގައުމީ ޒިންމާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އަށް މުޅި ދުނިޔެ ޝައުގުވެރި ވަނީ މިފަދަ ދެވަނައެއް ނެތް ޗާލު މާހާއުލެއް އޮތުމުން ކަމަށެވެ.
ދިވެހިންނަށް އާމްދަނީ ލިބޭ މައިގަނޑު މަސައްކަތްތައް ބަރޯސާ ވަނީ ކަނޑުތަކުގެ ދިރުމާއި ރަށްރަށުގެ ރީތި ކަމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"ތިމާވެށި ހިމާޔަތް ކުރުމަށް ދިވެހީން ދޭ އިސްކަމަކީ، މިއަދުގެ ފާގަތިކަމާއި މާދަމާގެ ތިޔާގިކަމާއި އުފާވެރިކަމަށްޓަކާ އަދާކުރާ ގައުމީ ޒިންމާއެއް،" ރައީސް ވިދާޅުވި އެވެ.
މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ "ބީޓް ޕްލާސްޓިކް ޕޮލިއުޝަން" ނުވަތަ ޕްލާސްޓިކު ކުނިން ދުނިޔެ ތަޣައްޔަރުވުން ހުއްޓުވުމެވެ. މި ޝިއާރުގެ މަގުސަދަކީ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓާއި އިންސާނުންގެ ސިއްހަތަށް ލިބޭ ގެއްލުންތަކަށް އަލިއަޅުވާލައި، އެކަމާ ދެކޮޅަށް މަސައްކަތްކުރުމެވެ.
މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޕްލާސްޓިކް ކުނީގެ ނުރައްކަލާއި ރާއްޖޭގެ ކަނޑުތަކުގައި އޮޔާދާ ކުނީގެ ނުރައްކަލަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ނޭދެވޭ އެތައް އަސަރެއް ކުރާ ބޮޑު މައްސަލައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
05 June 2025
ވެރިކަމަށް އަންނަ ކޮންމެ މީހަކު ދީނަށް ވުރެން އިސްކަން ދެމުން ގެންދަނީ ވެއްޓާއި ތަރައްގީ އަށެވެ! ދީން ހިމާޔަށް ކުރުމަށް ތިބޭ ބަޔަކަށް ޢީދެއްގެ ސުންނަތާއި ފަރުޟުނަމާދު ތަކުގެ ވާޖިބް ކިޔާދޭކަން ނޭންގެއެވެ! އެހެނީ އީދުވިލޭރޭ ފަތިސްނަމާދަށް ސަތޭކަމީހުން ނާރާ ތިބެ އެއްހާސް މީހުން ދަނީ ފަރްޟް އަޅާ އީދުނަމާގެ ސެލްފީ ނެގުމަށް ވިސްނައިގެންނެވެ!
ހޮޓްކިންގ
05 June 2025
ވެށިހިމާޔަތްކުރާވާހަކައަކީ ޖޯކެއް. އެކަމަށް ކައުންސިލްތަކުން ދެކޮޅުކަން އެނގޭ. މާލެއާއި ރަށްރަށުގެ މަގުގެތަކުގެ ދެފަރާތުގާ ހިޔާދޭ ގަސްހެއްދުމަށް މަސައްކަތެއްނުކުރޭ. ރަށްރަށުން އިންތިާއަށް ރުއްގަސްނަގާ މިހާރުވެސް. އެއްވެސްވަރަކަށް ނީންދާ. މިހާރުވެސް ކާއްޓަށްމުޅި ރާއްޖެ ޖެހިއްޖެ. ކީއްވެ ރުއްއިންދަން ރަށްރަށުގެ ހޭޅިފަށުން ރައްޔިތުންނަށް ކަނޑައެޅޭ އުސޫލަކުން ހުއްދަ ނުދެނީ.
ހޮޅި ކަންކަން.
05 June 2025
މީގެ 10 އަހަރު ކުރިން ތިރަށުގައި އިންދި އެއްވެސް ގަހެއް މިހާރު ތިރަށުގައި އެބަހުރިތޯ؟ ގަސް އިންދާތާ އަހަރު ނުވަނީސް އެކަސް ކަޑާ ވައްޓާލާފައި ކޮންކްރިޓް އިމާރާތް ކުރަންޖެހޭ ތަންތަނުގައި ތިކަން ނުކޮށް ވާނެގޮތެއް ނެތްތޯ؟