އެމްޑީޕީން އެންމެފަހުން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ: ހޯރަފުށީގެ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލައި މުވައްޒަފުން ވަކިކުރާތީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި.-- ފޮޓޯ: އެމްޑީޕީ
11 ޖޫން 2025 - 20:02
ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލައި އެ ތަނުން މުވައްޒަފުން ވަކިކުރާތީ އިދިކޮޅު އެމްޑީޕީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރުމަށް އެޅި ބޮޓްލިން ޕްލާންޓުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުން އެ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ،
އެ ޕްލާންޓަކީ ހޯރަފުށީ ކައުންސިލާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން ޖޮއިންޓް ވެންޗާ އުސޫލުން ހަދާފައިވާ ޕްލާންޓެއް ކަމަށާއި އަންނަ މަހުން ފެށިގެން އެ ތަން ބޭނުންކުރެވޭނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފައިވާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
"ނަމަވެސް، ފެނަކަ ކޯޕަރޭޝަނުން ދީފައިވާ ޔަގީންކަމާ ހިލާފަށް އެ ޕްލާންޓުގެ މަސައްކަތް ހުއްޓާލާފައިވާތީ ކަންބޮޑުވުން ފާޅުކުރަމެވެ،" އެ ބަޔާނުގައި ބުންޏެވެ.
އެމްޑީޕީން ބުނީ މި ކަހަލަ ޕްރޮޖެކްޓުތަކަކީ ރަށްރަށުގެ އިގުތިސާދަށް ދިރުން ގެނެސްދީ، އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ޕްރޮޖެކްޓުތަކެއް ކަމަށެވެ. އަދި އަންނަ މަހު ހިދުމަތް ދޭން ފެށުމުގެ ކުރިން މި ޕްރޮޖެކްޓު ހުއްޓާލައި މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ ހޯރަފުށީގެ ރައްޔިތުންނަށް ސަރުކާރުން ދޭ ބޮޑު ނިކަމެތި ކަމެއް ކަމަށް އެ ޕާޓީން ބުންޏެވެ.
އިގުތިސާދީ ނަފާ ހޯދުމަށް ކައުންސިލުތަކުން ކުރަމުން ގެންދާ މިފަދަ މަސައްކަތްތަކަށް ހުރަސްއެޅުން ހުއްޓާލައި، ސަރުކާރުން ސިޔާސީ ބޭނުމުގައި ޕްރޮޖެކްޓުތައް ހުއްޓުވުމުން އެތައް އާއިލާއެއް ހާލުގައި ޖެހެމުންދާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
ހޯރަފުށީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާނުލުމަށާއި ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ވަޒީފާ އަލުން އިޔާދަކޮށްދިނުމަށް އެމްޑީޕީގެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެއަހުމަދުއަލޯ
12 June 2025
ގެއްލުމުގަ ނުހިންގޭނެ. އެހެން ތަނަކުން ވަޒީފާ ހޯދާ...ލޮލް.
12345
12 June 2025
ތިތާގަ ދިވެހިންނައްވުރެ އިންޑިޔާ މީހުންގިނަ.
ހައްގުބަސް.
12 June 2025
ފައިދާ ނުވާތަނަކައް މުސާރަދީގެން ކިހިނެއްތަ ދެކޮޅު ޖެހޭނީ.
ސައްލެގެ ސްޓަންޓް ކޮއިލުތެރެއިން
12 June 2025
3000 އާބާދީއެއްގެ ބްޓްލިންގ ޕްލާންޓް ދޯ މުހިންމީ ނަމަވެސް 10000 ވުރެން މަތީ ކުޅުދުއްފުށީ ބޯހިޔާވަހިކަމުގެ ކަންކަމުގައި އެއްވެސް ކަމެއް ތި އެމްޑީޕީން އެބަކުރޭތަ
ބޮޗޭ
11 June 2025
އެމްޑީޕީ މީހުންނަށް ހީވާ ކަހަލަ ކުންފުނިތަކަށް ފައިދާ ނުވިޔަސް މުސާރަ ދީފަ މުވައްޒަފުން ގެންގުޅުނީމަ އިގްތިސާދު ނޫވެ އާރޯ ވާ ކަމަށް.
މުރާސިލް
11 June 2025
ރަށްރަށުގެ އިޤްތިސާދަށް ދިރުން ގެނެސްދޭ ޕްރޮޖެކްޓޭ ކިޔައިގެން ވާހަކަ ދައްކަން ތިޔަ އެމްޑީޕީން ލަދު ގަންނަން ޖެހެއެވެ. ދެފަހަރު މަތިން ޖުމްލަ 8 އަހަރުން ރާއްޖޭގެ ވެރިކަން އެމްޑީޕީން ކުރި އިރު، ދިވެހިރާއްޖޭގެ އިޤްތިސާދަށް މަންފާކުރާނެ އެންމެ ޕްރޮޖެކްޓެއްވެސް އަދި އެހެން ގޮތަކުންވެސް ރާއްޖޭގެ އިޤްތިސާދަށް ފައިދާކުރާނެ އެއްވެސް ކަމެއް ކޮށްފައެއް ނެތެވެ. ކުރިހާވެސްކަމަކީ ބޮޑެތިލޯނުތައް ނަގައިގެން ޤައުމު ދަރުވާލުމެވެ. އެނޫން އެއްކަމެއްވެސް ނުކުރެއެވެ.