ކުރީގެ ހޯމް މިނިސްޓަރު އަބްދުﷲ އިމްރާން ވިދާޅުވީ ބަޔަކު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ ޝަހީދުކޮށްލީ ކަމަށް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
14 ޖޫން 2025 - 12:47
މީގެ ހަތް އަހަރު ކުރިން އަވަހާރަވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ ކުއްލި މަރާ ގުޅުވައިގެން ކުރީގެ ހޯމް މިނިސްޓަރު ޝައިހު އިމްރާން އަބްދުﷲ މިއަދު ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ.
އުމުރުން 55 އަހަރުގައި ޑރ. މަޖީދު އަވަހާރަވީ މެއި 22، 2018 ގައި ސްރީ ލަންކާގަ އެވެ.
އެ މަރަށް ހަތް އަހަރު ފަހުން މިއަދު ހެނދުނު އިމްރާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑރ. މަޖީދުގެ ކުއްލި މަރާ ގުޅިގެން ހިތުގައި އުފެދިފައިވާ ޝައްކުތައް ޔަގީންވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
މިހާރު ތައިލެންޑުގައި ދިރިއުޅުއްވަމުން ގެންދަވާ އިމްރާން ތުހުމަތު ކުރެއްވި ގޮތުގައި ބަޔަކު ވަނީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މަޖީދު ވަނީ ޝަހީދު ކޮށްލައިފަ އެވެ.
އެކަމަކު، އެ ޓްވީޓާ އެކު މާބޮޑު ތަފްސީލެއް އަދި ނުދެއްވަ އެވެ. އަމިއްލަ ވިޔަފާރިއެއް ފައްޓަވައިގެން މިހާރު ތައިލެންޑުގައި ދިރިއުޅުއްވާ އިމްރާން އަށް "މިހާރު" އިން ގުޅައި މެެސެޖުކުރި ނަމަވެސް ޖަވާބެއް ނުދެއްވަ އެވެ.
ޑރ. މަޖީދުގެ މަރާ ގުޅުވައިގެން އެހާ ވަރުގެ ބޮޑު ތުހުމަތެއް އިމްރާން ކުރެއްވި ނަމަވެސް ނޮވެމްބަރު 2018 ގައި އެމްޑީޕީގެ ސަރުކާރުގެ ފަސް އަހަރު އެ މައްސަލައިގެ ތަހުގީގު ކުރި ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވި އެވެ. އެ ވެރިކަމުގައި ހޯމް މިނިސްޓަރަކަށް ހުންނެވީ އިމްރާނެވެ.
ޑރ. މަޖީދުގެ މަރާ ގުޅިގެން މިފަދަ ވާހަކަތަކެއް މީގެ ކުރިން ދެއްކެވިފައެއް ނުވެ އެވެ.
ޑރ ޢިަބްދުލްމަޖީދު ރަޙިމަހުالله ގެ ކުއްލި މަރާ ގުޅިގެން މިއޮތް ހުރިހާދުވަހު ހިތުގައި އުފެދިފައި އޮތް ޝައްކު މިހާރު ޔަގީންވާ ހިސާބައް އަތުވެއްޖެއެވެ.
— Imran Abdulla (@ShimranAb) June 14, 2025
އާއެކެވެ، ޑޮކްޓަރ މަޖީދު ބަޔަކު ޝަހީދުކޮށްލީއެވެ.
އެމްޑީޕީގެ އެންމެ ފުރަތަމަ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޑރ. މަޖީދު އަވަހާރަވީ ބައްދަލުވުމަކަށް ލަންކާ އަށް ވަޑައިގެން އުޅުއްވަނިކޮށް ސްޓްރޯކެއް ޖެހިގެން ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަރަށް ހާލު ސީރިއަސްވުމުގެ ސަބަބުން ތިން އޮޕަރޭޝަނެއް ވެސް ކުރި އެވެ. ފަހުން ވެންޓިލޭޓަރުގެ އެހީގައި ވެސް ފަރުވާދޭން ޖެހުނެވެ.
ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޑރ. މަޖީދު ވަނީ ތަފްސީރު އިލްމުން ޕީއެޗްޑީ ހާސިލް ކުރައްވައިފަ އެވެ.. އަވަހާރަވިއިރު ހުންނެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ސީނިއާ ލެކްޗަރާގެ މަގާމުގަ އެވެ. އެ ފެކަލްޓީން ހިންގާ ޑިގްރީ ކޯސްތަކާއި މާސްޓާސް ކޯސްތަކުގައި ކިޔަވައި ދެއްވުމުގެ އިތުރުން ތީސީސްތައް ސުޕަވައިޒް ކުރައްވަމުން ގެންދެވި އެވެ.
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ކަން ވެސް ކުރެއްވި ޑރ. މަޖީދު ފުރަތަމަ ޑިގްރީ އާއި މާސްޓާސް އަދި ޕީއެޗްޑީ ވެސް ހާސިލް ކުރެއްވީ މަދީނާ ޔުނިވާސިޓީންނެވެ. ޕީއެޗްޑީ ހާސިލް ކުރެއްވި އިރު ފާސްވީ (މަރްތަބަތުއް ޝަރަފުލް އޫލާ) އެއް ވަނަ ދަރަޖައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފފފފފ
16 June 2025
ސްޓްރޯކެއް ޖެއްސީވެސް ޔާމީން ސަރުކާރުންނޭތަ ތިބުނީ؟
އަބްޑޫޅް +
15 June 2025
ޙޫމް.
ކަނބިލި
15 June 2025
އަނެއްކާ ވެސް ކޮންމެ ވެސް މީހެއްގެ ބޮލުގައި ދޮގު ތުހުމަތު އަޚުވައިގެން ސިޔާސީ ގޭމް ޖައްސަން ވެގެން މިއުޅުނީ. ތިކަން އެނގޭ އިރު ހޯމް މިނިސްޓަރަކަށް ހުރެ އެކަން ނުކުރީ ކީއްވެ. އަމިއްލަ ޖީބު ފުރަން މަސައްކަތްކޮށްފައި އިތުރުކަމެއް ނުކުރެވުނީދޯ.
ޑރ ވާންޗޯ
15 June 2025
ސާބިތުކުރެވޭވަރުގެ ހެއްކެއްނެތި ހިތުހުރިހާ ވާހަކައެއް އަމިއްލަޔަށް އިސްތިހާރުވުމުގެ ބޭނުމުގަ ދައްކާ ސޭޚެކޭ ޕާޓޭ އެކޭ ކޮބާތަފާތެއް.
ސާބިތު ނުހިފޭ ވާހަކަ ދެއްކުމަކީ މަނާ ކަމެއް
15 June 2025
ކަމެއް ޔަގީންވާ ގޮތް ގޮތް ހުރޭ. ލޮލުން ފެނުނީމަ އެއީ ޔަގީންވުން ކަހަލަ ކަމެއް. އެކަމަކު ލޮލަށް ފެނުނަސް އަދި ޔަގީން ނުވާ ހާލަތު ހުރޭ. ލޮލަށް ފެނިދާނެ ފެން ހެން ހުރި ދިޔަ އެއްޗެއް. އެކަމަކު އަމިއްލައަށް އެއީ ފެން ކަމަށް ޔަގީންކޮށްލައިގެން ހުރެވިދާނެ. އެކަމަކު ވަސް ބެލީމަ ނޫނީ ރަހަ ބެލީމަ ސާފުވެދަނެ އެއީ ފެން ނޫންކަން. އެހެން އެއްޗެއްކަން. މިސާލަކަށް ވިނަގާ ފަދަ އެއްޗެއް. ކަންކަން މީހަކަށް ޔަގީންވާ ގޮތްގޮތުން، އިމްރާނަށް ޔަގީންވިގޮތް ބުނެދީބަލަ.
ވޯލް
15 June 2025
އަމިއްލަ ވިޔަފާރިއެއް ފައްޓާ ތައިލެންޑުގައި ދިރިއުޅެން ފެށިގޮތް ހޯދާ އެބަ ބަލަންޖަހެއެންނު ފުރަތަމަ ކަމަކަށް.
ފިޔާސް
15 June 2025
ދުޝްމަނުން ދީނީ ޢިލްމުވެރިން ނައްތާލަން މަސައްކަތް ކުރާނީ އަބަދުވެސް ވަރަށް ދުރާލާ ރާވައިގެން އެކުރާކަމެއްގެ ހިލަމެއްވެސް ނުވާހެން އެތައް އަހަރުތަކަކަށް ބަހާލައިގެން. ޢިމްރާނަށްވެސް އެކަމުގެ ހިލަމެއްވީކަމަށްވެސް ވެދާނެ!!
ޝިން
18 June 2025
އިމްރާނަކީ އިލްމުވެރިއެއްނޫން . އިމްރާނަކީ ޕޮލިޓީސަނެށް. ސޮރީ ބަޓު ޔޫ ނީޑު ނޯ ދަ ޑިފެރެންސް.
މީކައިލްސް
15 June 2025
ސިޔާސީ މަންފާ ހޯދަން އިމުރާނުމެން ފެންބޮވައިގެންފައިވާ ވަރު މީގެން މިއެނގެނީ.
އޭކޭ
15 June 2025
މިކަން މަނިކުފާނު ހޯމް މިނިސްޓަރަކަށް ހުންނަވައިގެން ނުބެއްލެވީ ކީއްވެ؟
ހަސަން ގަދީރު
15 June 2025
މިހާރު ދެން އޮތް ވެރިކަން ހޯދަން މަޅި ޖަހަނީ މީނަ. މީނަ މިދައްކާ ވާހަކަ ގަބޫލްކުރާނެ ބަޔަކު ނެތް މިހާރު
އެއްޗެއް ނުބުނާނެ
15 June 2025
ހާދަ ހީވޭ ޝައްކުވެގެން އުޅޭހެން