އިރާނުގެ އެންމެ އިސް ލީޑަރު އަލީ ޙާމަނާއީ: ސައްދާމަށް ވީ ގޮތް އޭނަ އަށް ވެދާނެކަމުގެ އިންޒާރު އިޒްރޭލުން ވަނީ ދީފަ --- ފައިލް ފޮޓޯ: އޭއެފްޕީ
18 ޖޫން 2025 - 12:59
އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިނާ މެދު ކަންތައް ވީގޮތަށް، އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަށް ވެސް ވެދާނެ ކަމުގެ އިންޒާރު އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އިޒްރައެލް ކަޓްޒް މިއަދު ދީފި އެވެ.
ކަޓްޒް ބުނީ އިޒްރޭލާ ދެކޮޅަށް ސައްދާމް ނުކުމެވަޑައިގަތުމުން، އޭނާ ނިމިގެން ދިޔަ ގޮތް ހަނދާން ކުރަންޖެހޭ ކަމަށެވެ. ހާމަނާއީ ނިމިގެންދާނީ ސައްދާމް ނިމިގެން ދިޔަ ގޮތަށް ކަމަށް ކަޓްޒް އިޝާރާތް ކުރި އެވެ.
"އިޒްރޭލާ ދެކޮޅަށް އަމަލުތައް ބެހެއްޓި އިރާނު އަވަށްޓެރި ގައުމުގެ [އިރާގު] ޑިކްޓޭޓަރަށް ވީ ކިހިނެއްކަން ހަނދާން ކުރޭ،" ކަޓްޒްއާ ހަވާލާދީ ރޮއިޓާސް އިން ބުންޏެވެ.
"ހަނގުރާމައިގެ ޖަރީމާތައް ހިންގުމާއި އިސްރާއީލުގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާ ނުދިނުމަށް ކުރިއަށް އީރާނުގެ ހުދުމުހުތާރު ވެރިޔާ އަށް އިންޒާރު ކުރަން. އެހެން ނޫނީ ހަމަ އެއްކަހަލަ ގޮތެއް ވެދާނެ."
ގަސްދުގައި މީހުން މެރުމާއި އިންސާނިޔަތާ ހިލާފު ޖަރީމާ ހިންގި ކަމަށް ބުނެ ޝަރީއަތް ކުރުމަށް ފަހު، އެމެރިކާ އިސްވެ އޮވެ، ޑިސެމްބަރު 2006 ގައި ސައްދާމް ވަނީ ދަންޖައްސައި އަވަހާރަ ކޮށްލައިފަ އެވެ.
އިރާނަށް މިހާރު ދެމުންދާ ހަމަލާތަކުގައި ހާމަނާއީ އަވަހާރަ ކޮށްލުމުގެ ފުރުސަތު އިޒްރޭލަށް ލިބުނު ކަމަށް ރޮއިޓަސްއިން ރިޕޯޓް ކުރި އެވެ. އެކަމަކު އެކަން ނުކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންގުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެކަމާ ބެހޭގޮތުން އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޮކްސް ނިއުސް އިން ސުވާލު ކުރުމުން އޭނާ ބުނީ އެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ. އެކަމަކު އިއްޔެ އޭނާ ބުނީ ހާމަނާއީއަކީ "ފަސޭހަ ޓާގެޓެއް" ކަމަށެވެ.
ސޯޝަލް މީޑިއާގައި ޓްރަމްޕް ވެސް އިއްޔެ ވިދާޅުވީ ހާމަނާއީ ވީ ކޮންތަނެއްގައިކަން އޭނާ އަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
"އަހަރެމެންނަށް އެނގޭ އެންމެ އިސް ލީޑަރު ކަމަށް ބުނާ ލީޑަރު ވީ ކޮންތާކުކަން،" ޓްރަމްޕް ވިދާޅުވި އެވެ.
އިޒްރޭލުން ހޯމަ ދުވަހުގެ ރޭ އަވަހާރަކޮށްލި އިރާނުގެ އެންމެ އަސްކަރީ ކޮމާންޑަރު އަލީ ޝަދްމާނީއަކީ ހާމަނާއީގެ އެންމެ އަރިސް އެއް އޮފިޝަލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
20 June 2025
ޙޫމް. ބޮލުރޮއްޖެއް ޖަހާފަ ބެރިޔަކުން އެލުވީ ދޯ؟ ޞައްދާމް ޙިސޭން އައްތިކްރީތީ އަށް ވީ އެހެން.
އަންކަލް
18 June 2025
ނުވާނެ
1860
18 June 2025
ޞައްދާމް ހުސައިން އެމެރިކާ އަޑީގަ އޮވެގެން މަރާލި ގޮތުގެ ރިޕޯޓެއް ދިވެހި ނޫސްވެރިޔަކު ލޔުން އެދެން. ބޭރުގެ ނޫސްތަކުގަ ހުރި ވާހަކަތަކަށް އިތުބާރެއް ނުކުރެވޭ
ޢަލްޓިކޯ
18 June 2025
ޖިހާދުގެ މުސްލިމުން، ނޫނީ ގައުމުގެ ދިފާއުގަ ނުކުންނަ މީހުން މަރަށް ބިރުގަނޭތަ މަރަށް ބިރުގަންނާނީ ކާފަރުން އެމީހުންނަށް އޮތީ މިތަން އެކަނި ޚާމަނައީ އެބުނަނީ ކިތައްމެ ވަރެއް ކުރިޔަސް ގައުމު އަތެއްނުވާނޭ.
ރަބަރޭ.
18 June 2025
އެއީ ސައްދާމެއްނޫން. ހަނދާންނައްތާލާ.
1828
18 June 2025
އިރާގަށް އަރައިގަތީ ނުރައްކާތެރި ކެމިކަލް ހަތިޔާރު ހުރި ކަމަށްބުނެ. މުޅި އިރާގް ތަޅާ ސުންނާފަތިކޮށް، ސައްދާމް ހުސައިން ދަންޖައްސާ އަވަހާރަކޮށްލި އިރުގައިވެސް އެބުނާ ނުރައްކާތެރި ހަތިޔާރެއް ނުފެނުނު. އަރައިގަންނަންވީމައި ބަހަނާއެއްދައްކާފައި، ބޭނުންވާ ޤައުމަކަށް އަރައި ތަޅާ ސުންފާތިކޮށްލަނީ، އިސްރާއީލް އަދި އެމެރިކާ ބޭނުންވާ ގޮނޑިކޮއްކު ސަރުކާރެއްް ޤާއިމްކުރަން. އެކަންވީމައި އެޤައުމެއްގައި އަމިއްލަ ދިފާއުގައި ބޭނުންކޮށްލާނެ ހަތިޔާރެއް ނުހުންނާނެ
ބސވސޗ
18 June 2025
ޑެމޮކުރަސީ އެއީ
ބޭކާރު ހާސަރު
18 June 2025
ކަލޭމެން ނުރުހޭ ކޮންމެ މީހެއް އަދި ގައުމެއް އެއީ ދުނިޔޭގަ ލެއްވި އެންމެ ނުބައި މީހުންކަމަަށް ވިސްނައިދޭން އުޅުމާ، ދުނިޔޭގައި ހަމަނުޖެހުން އުފައްދާ، ގައުމުތަކަށް ހަމަލާދީ، މީހުން މަރަނީ ކޮންބައެއްކަން އޮޅުވާލަން އުޅުން މިހާރު ތީ ބޭކާރުކަމެއް. މިފަދަ ހުރިހާ ނުބައިކަމެއްގެ އެންމެ ކުރީގައި އޮތީ އިޒްރާއީލޭ ކިޔާ ބައިގަނޑުކަން މިއަދު ދުނިޔެ ގަބޫލުކުރޭ. ތިޔަ ހުރިހާ ޕްރޮޕެގެންޑާއެއްގެ ބޭނުމަކީ ތިމާމެންގެ ނުލަފާކަން ފޮރުވަން މަތިޖެހުންކަން ދަނޭ.