ވިޔަފާރި / ޓީއެމްއޭ

ޓީއެމްއޭގެ މުވައްޒަފުންގެ މުސާރަ ރުފިޔާއިން ދެނީ

18 ޖޫން 2025 - 13:06

41 comments

ޓޫރިޒަމްގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ލާޒިމްކޮށް ހަދާފައިވާ ގާނޫނުގެ ސަބަބުން ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ބުނެ، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަަރު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުންގެ މުސާރަ ރުފިޔާއިން ދޭން އެ ކުންފުނިން ނިންމައިފި އެވެ.

ޓޫރިޒަމް ހިދުމަތްދޭ ތަންތަނަށް އެމްއެމްއޭ އިން ޑޮލަރު މާރުކުރުން އެންމެ ފުރަތަމަ ލާޒިމުކުރީ މިދިޔަ އަހަރު ނެރުނު ގަވާއިދަކުންނެވެ. ނަމަވެސް ފަހުން ވަނީ އެކަމާ ގުޅޭ ގާނޫނެއް ފާސްކުރުމަށް ފަހު، އެ އަށް އަމަލުކުރަން ފަށައިފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، މި ގާނޫނުގެ ސަބަބުން ދިމާވެފައިވާ ދަތިތައް ހިއްސާކުރަން ޓީއެމްއޭގެ މެނޭޖްމަންޓުން އިއްޔެ ވަނީ މުވައްޒަފުންނާ ބައްދަލުކޮށްފަ އެވެ.

އެ ބައްދަލުވުމުގައި، މުވައްޒަފުންގެ މުސާރަ ރުފިޔާއިން ދޭން ނިންމާފައިވާ ކަން ވަނީ މުވައްޒަފުންނަށް އަންގައިފަ އެވެ.

ނަމަވެސް، އެ ނިންމުން އަދި ރަސްމީކޮށް މުވައްޒަފުންނަށް އަންގާފައިވާ ނުވާއިރު، މި ނިންމުމަށް އަމަލުކުރަން ފަށާނެ ސީދާ ތާރީހެއް މުވައްޒަފުން ގާތު ބުނެފައިނުވާ ކަން ވެސް އެނގިފައިވެ އެވެ.

ޓީއެމްއޭގެ މުވައްޒަފުންނަށް މުސާރަ ރުފިޔާ އިން ދޭން ނިންމިކަން މުވައްޒަފުންގެ ބައްދަލުވުމެއްގައި އަންގާފައިވާއިރު، ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ޔުނިވާސަލް ރިސޯޓްސްގެ މުވައްޒަފުންގެ ސާވިސް ޗާޖު ރުފިޔާއިން ދޭން ނިންމައި، އެކަން ވަނީ އަންގައިފަ އެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއް ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުމެވެ. "ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސް ދުވަހުގެ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.

ކެޓަގަރީ ސީގައި ހިމެނެނީ އަނެއް ދެ ކެޓަގަރީއަށް ނުފެތޭ ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނެވެ. އެފަދަ ތަންތަނުން ޑޮލަރުން ލިބޭ އާމްދަނީގެ 20 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭނީ، އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީ 15 މިލިއަން ޑޮލަރަށް ވުރެ އިތުރުވާ ނަމަ އެވެ.

41 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 0%
icon angry icon angry 45%
icon wow icon wow 0%
icon inlove icon inlove 36%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުންޕުނި

19 June 2025

އެކަމު އެމްއޭސީއެލުން އަދިވެސް ބަހަނީ ޑޮލަރު

The name is already taken The name is available. Register?

ޑރ ވާންޗޯ

19 June 2025

ސަރުކާރުން ބަލަންޖެހޭނެ މުސާރަދޭ ދިވެހިރުފިޔާ ހޯދިގޮތެއް، ޑޮލަރ މާރުކުރީ ކޮންތާކުންތޯ؟. ބެންކަށް މާރުނުކޮށް ބްލެކްގަ މާރުކޮށްފިއްޔާ ގާނޫނީގޮތުން ކުއްވެރިވާންޖެހޭނެ. ސަރުކާރުގަ ހިއްވަރެއް ހުރެގެން މިކަން ހައްލުކުރެވޭނީ.

The name is already taken The name is available. Register?

އިސްމާލި

19 June 2025

މި ހަދާ ގޮތަކީ މާރު އެ ކުރަނީ މުސާރަދޭ ޑޮލަރުކޮޅު. އެހެން ޑޮލަރުތައް ޖީބަށް އަޅާފައި، ގާތްމީހުންގެ ޕޭމަންޓްތައް ވެސް ދޭނީ ޑޮލަރުން. އާދައިގެ މުވައްޒަފުގެ މުސާރަ ރުފިޔާއިން ދީނީމައި ނޫންތޯ ގިނަ ބަޔަކު ރުޅި އެރުވޭނީ. އަދި ސަރުކާރަށް ޖެއްސުން ކުރެވޭނީ. މިއީ ރާއްޖޭގެ އައިޕަކް.

The name is already taken The name is available. Register?

ޖާރޭ

19 June 2025

ކޮބާ ޑޮލަރުންނޯ މިހާރު ދެނީ. ދެން ލަލަލާ

The name is already taken The name is available. Register?

ހައްގުބަސް.

19 June 2025

ހުސްޑޮލަރުން ވިޔަފާރި ކުރާތަނަކުން ރުފިޔާއިން މަސާރަ ދީގެން ނުވާނެ. ތިއުޅެނީ ނާޖާއިޒްފައިދާ ނަގަން

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

18 June 2025

ތިޔަ ކުންފުންޏަކީ ދައުލަތް ދަރަނިކޮށް 80 މިލިޔަން ޑޮލަރު ނަގައިގެން ވެލާނާ އެއަރޕޯޓްގައި ތަރައްޤީ ކުރި ސީޕްލޭން ޓާމިނަލް މަކަރުވެރި ގޮތަކަށް ދަމައިގަންނާން އުޅުނު ބައެއް. ޓީއެމްއޭ އާއި ގާތް ގުޅުމެއް އޮތް ބަޔަކު އެމްއޭސީއެލްގެ ބޯޑްގައި ތިބެގެން ކުރާން އުޅުނު މިކަންތައް ދިވެހިންނަށް ފަޅާ އަރުވާލީ އޭސީސީގެ ރައީސަކަށް ހުންނެވި ޝިއުނާ. މިހިރީ މިފަދަ ކުންފުނިތަކުން ދިވެހިންގެ ދައުލަތް ކަޅާކޮށްލަން ވިސްނާފައި ހުންނަ ވަރު.

The name is already taken The name is available. Register?

ތިމާވެށި

18 June 2025

ދިވެހީންނަށް ރުފިޔާއިން މުސާރަ ދީފަ ބިދޭސީންނަށް ޑޮލަރުން ފައިސާ ދޭނަމަ ކަމާ ބެހޭ ފަރާތަކަށް ހުށަހަޅާށެވެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

18 June 2025

ރިސޯޓް އޯނަރުންނާއި ރާއްޖޭގައި ޕްރޮޖެކްޓް ހިންގާ ބޭރުގެ ކުންފުނިތަކާއި އަދި Trans Maldivian Airways ފަދަ ބިދޭސި ކުންފުނިތަކަށްވެސް އެމީހުންގެ ވިޔަފާރީގެ ފައިދާއާއި ޑިވިޑެންޓް ފަދަ ފައިދާގެ އާމްދަނީ 1 ލައްކަ ޑޮލަރަށްވުރެން ބޮޑުނަމަ އެފޢިސާ ބޭންކެއް މެދުވެރިވެ ރަމިޓެންސް ހަދައިގެން ނޫންގޮތަކަށް ރާއްޖެއިން ބޭރުނުކުރެވޭގޮތް ހަދާންޖެހޭ. އަދި ރާއްޖޭގެ "ކަޅުބާޒާރުގައި ގަނެވިއްކާ ވަގުޑޮލަރު ބޭންކަށް ވައްދަން ހުރަސް އެޅޭގޮތަށް" ޤަވާއިދު އިސްލާޙް ކުރޭ.

The name is already taken The name is available. Register?

މާންބެ

18 June 2025

20% ޑޮލަރު މާރުކޮއްގެން ކުރިން ލިބުނު ފައިދާ ނުލިބޭތީވެ މި ޖެހި މަޅިއަކީ މުސާރަޔަށްދޭ 40% ޑޮލަރު ބުލެކުގަ މާރުކޮއްލާފަ ސަރުކާރަށާ ވަޒީފާގަ ތިބި މީހުންނަށް ޖެއްސުން ކުރަންފެށީ

The name is already taken The name is available. Register?

އަހްމަދުު

19 June 2025

މާންބެ މެނެކަށް ނޭނގޭނެ ވާނުވާ. ޓމއ އޮވްން ކުރާ ކުންފުއްޏަކީ ބައިނަލް އަގުވާމީ ސްޓޮކް އެކްސްޗޭންޖް ތަކުގަ ލިސްޓު ކޮށްފަވާ ކުންފުއްޏެއް. ތިކަލަ ގޭހެއް މިކަހަލަ ކުންފުނިތަކުން ނާނބުރާނެ.

The name is already taken The name is available. Register?

ޢަލިކޮއެ/ހުޅުމާލެ

18 June 2025

އެބަ ރަނގަޅުވޭ. ދިވެހި ރާއްޖޭގައި ބޭނުން ކުރަން ޖެހޭނީ ދިވެހި ރުފިޔާ. ދިވެހިރާއްޖޭގައި ހުރިހާ މުއާމަލާތެއް ކުރަން ޖެހޭނީ ދިވެހި ރުފިޔާއިން.

The name is already taken The name is available. Register?

ކޮސްގޮވާ

18 June 2025

އާނ އެހެންވީމަ ޓީއެމްއޭޔަށް ލިބޭ ހުރިހާ ޑޮލަރެއްވެސް މާރުކުރަންޖެހޭނީ ބޭންކަށް. އޭގެފަހުން ޓީއެމްއޭގެ އެކައުންޓަށް ވައްދަން ޖެހޭނީ. ޓޫރިސްޓުން އަތުން ޓީއެމްއޭގެ ސީޕުލޭން ދަތުރަށްނެގި ލާރި ރިސޯޓުން ދައްކަން ޖެހޭނީ ދިވެހި ރުފިޔާއިން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454