ކުރުނބާ މޯލްޑިވްސްގެ ގޮނޑުދޮށުގައި ޓޫރިސްޓަކު ކަޓަމަރާނެއް ދުއްވަނީ: އެ ރިސޯޓު ހުޅުވިތާ މިއަދު ވަނީ 44 އަހަރު ފުރިފައި. ފޮޓޯ: ކުރުނބާ
17 ޖޫން 2025 - 12:32
ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ލާޒިމްކޮށް ހަދާފައިވާ ގަވާއިދުގެ ސަބަބުން، ރިސޯޓުތައް ހިންގަން ދަތިވާ ކަމަށް ބުނެ، މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު، ދިވެހި ފައިސާ އިން ދޭން ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ޔުނިވާސަލް ރިސޯޓްސް އިން ނިންމައިފި އެވެ.
ޓޫރިޒަމް ހިދުމަތްދޭ ތަންތަނަށް އެމްއެމްއޭ އިން ޑޮލަރު މާރުކުރުން އެންމެ ފުރަތަމަ ލާޒިމުކުރީ މިދިޔަ އަހަރު ނެރުނު ގަވާއިދަކުންނެވެ. ނަމަވެސް ފަހުން ވަނީ އެކަމާ ގުޅޭ ގާނޫނެއް ފާސްކުރުމަށް ފަހު، އެ އަށް އަމަލުކުރަން ފަށައިފަ އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއް ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުމެވެ. "ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސް ދުވަހުގެ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.
ރާއްޖޭގައި 8 ރިސޯޓު ހިންގާ ޔުނިވާސަލްގެ ޗީފް އޮޕަރޭޓިން އޮފިސަރު ވިޝާ މާހިރު ސޮއިކުރައްވައި، މުވައްޒަފުންނަށް ފޮނުއްވި ސާކިއުލާއެއްގައި ވިދާޅުވީ، މި އަހަރުގެ ޖެނުއަރީ މަހު އަމަލުކުރަން ފެށި ގާނޫނުގެ ދަށުން ދިމާވި ދަތިތަކާ އެކު، މުވައްޒަފުންނަށް އަސަރު ނުކުރާނެ ގޮތަކަށް އަމަލުކުރި ކަމަށެވެ.
އެކަމަކު، މި ބަދަލު ނުގެނެސް، ރިސޯޓުތަކުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދަން މިހާރު ދަތިވެފައިވާ ކަމަށް އެ ސާކިއުލާގައި އޭނާ ވިދާޅުވި އެވެ.
އެހެންކަމުން، އަންނަ މަހުން ފެށިގެން، ޔުނިވާސަލް ރިސޯޓްސްގައި ސާވިސް ޗާޖު ލިބޭ ހުރިހާ މުވައްޒަފުންގެ ސާވިސް ޗާޖު ދޭނީ ދިވެހި ރުފިޔާއިން ކަމަށް އެ ސާކިއުލާގައި ވަނީ އަންގައިފަ އެވެ.
ދިވެހި ރުފިޔާ އެކައުންޓު ނެތް މުވައްޒަފުންނަށް، ރުފިޔާގެ އެކައުންޓެއް ހުޅުވުމުގައި ކުންފުނީގެ އެޗްއާރު ޑިޕާޓްމަންޓުން އެހީތެރިވެދޭނެ ކަމަށް ވެސް ސާކިއުލާގައި ވެ އެވެ.
ޔުނިވާސަލް އިން ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރޭގައި، ކުރުނބާ މޯލްޑިވްސް އާއި ވެލައްސަރު މޯލްޑިވްސް އާއި ބަރޮސް މޯލްޑިވްސް އާއި ހުވަފެންފުށި މޯލްޑިވްސް އާއި ކުރަމަތި މޯލްޑިވްސް އާއި މިލައިދޫ މޯލްޑިވްސް އަދި ދިގަލި މޯލްޑިވްސް ހިމެނެ އެވެ.
ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ލާޒިމްކޮށް ހަދާފައިވާ ގަވާއިދު އޮތީ އަމަލުކުރެވޭ ގޮތަށް ނޫން ކަމަށް، ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުލްބުލްބުލް
17 June 2025
ވަރަށް ހަމަ ނުޖެހޭ ވާހަކައެއް. ނީޑް އެން އެކްސްޕްލެނޭޝަން
އެންމެން ހެޕީ
17 June 2025
އިބޫ ނޫން ގޮތެއް ފެނިއްޖެ ދޯ މިހާރު
ސޭޓްބޭ
17 June 2025
ބޭރުމީހުންއަތުން ޑޮލަރުގެ ބަދަލުގައި ދިވެހިރުފިޔާނަގަންފެނޭ. ކޮބާ ކޮބާގާނޫނު ކީކޭއޮންނަނީ؟؟ މާދަމާބުނާނެ ސާވިސްޗާޖްގެ ބަދަލުގަދެވޭނީ 5ކިލޯގެފުށާ. 2ކާއްޓާއޭ،
ގޮހޮޑާ
17 June 2025
ރަނގަޅު ނިންމުމެއް. ކަޅު ބާޒާރުގައި ދައުރުވާ ޑޮލަރު މަދުކުރުމަކީ މުހިއްމު ކަމެއް.
ސާބަހެ
17 June 2025
ވަޙީދު މިއޮތީ ޤައުމަށް އަންނަ ކުރި އެރުން ފެންނަން! މުވައްޒަފުންނަށް ޑޮލަރު ކޮޅު ލިބުންވެސް އެ ނިމުނީ! އިޤްތިސާދު ހަރު ދަނގަޑަށް ވުރެ ހަރު ވެފަ މިއޮތީ
އަހްމަދުު
17 June 2025
2 ދުވަސް ކުރިން ދިމާވި ކަމެއް. އަހަރެން ދިޔައީ ޑޮލަރު ކޮޅެއް މާރުކޮށްލަން ލައިސަންސް އޮތް ތަނަކަށް. ގޮސް ހުއްޓާ އެތަނަށް ދިޔަ މީހަކު މިބުނަނީ މެޑިކަލް ކަމެއްގަ އިންޑިއާއަށް ދާން ޑޮލަރު ކޮޅެއް ގަންނާށޯ މިއައީ، ކިހާވަރަކަށްތޯ އެއްމެ ހެޔޮކޮށް ދެވޭނީ. އެތަނުން ބުނީ 19.40 ށޭ. އެމީހާ ބުނި ކީއްހޭކުރާނީ. ދެއްވާށޭ. 4000 ޑޮލަރު އެމީހާ ގަތީ ހަމައަގަށް ވުރެން 15920.00ރ އިތުރަށް ދީގެން. ހާލަތު. ޕޯޑިއަމް ތަކުން އިވެނީ ބްލެކް މާރކެޓް ގަ ރޭޓް ދަށްވަނީޔޯ
ާއާދަންފުޅު
17 June 2025
ދިވެހިރާއްޖެ އަށް ބޭރުގެ ހޮޓެލް ޗެއިންތަށް ނައި ނަމަ އަދިވެސް ދިވެހިން ނަށް ލިބޭނީ ގަރުދިޔާ އާއި ބަތް ، އަދި ސާވިސްޗާޖްއަށް 250ރުފިޔާ ..
އެޗް އެމް
17 June 2025
ޔުނިވަރސަލް ނަމޫނާ އަކަށް ބަލައި، ޗަމްޕާ، އުއްޗު، ގާސިމް، އަދި ޝީޔާމް ވަރަށް އަވަހަށް މި ބަދަލު ގެންނާނެ. މި ވެރިންނަކީ އަބަދުވެސް މިވެރިންގެ މުވައްޒަފުންނަށް ވަރަށް އޯގާތެރި ބައެއް.
ރާވެރިބެ
17 June 2025
އެންމެ ބޮޑު މައްސަލައަކީ ދިވެހި ގައުމުގަ ދޮވެހި ސަރުކާރުން ދިވެހި ފައިސާ ރުފިޔާ ގަބޫލް ނުކުރާ މައްސަލަ. ބޭރު ފައިސާ ލިބޭ މީހުން ޖެހޭނީ އެފައިސާ ބޭންކަށް މާރުކުރަން. ކޮށްފަ ޓެކްސް ދައްކަން ހަދަންވީ ރުފިޔާ އިން. އޭރުން ރިސޯޓުތަކަށް ވަންނަ ހުރޮހާ ފައިސާ އެއް ބޭންކަށް ޖަމާވާނެ. މިހާރު ސަރުކާރުން ބޭރުފައިސާގެ ބޮޑުބައި ވިޔަފާރި ތަކުން ނާ ބޭންކު ތަކުން ނަގާތީ ވަންނަ ފައިސާގެ %90 ނަގަނީ ސަރުކާރުން.
މުކޭމ
17 June 2025
ކޮންމެ ރައްޔިތަކަައް ރޯދަމަހު ކާއްަޓަކަާ ކަރައެއް ދީފަ ހައްދާލެވޭނެ