ޒަމްއަތު.-
18 ޖޫން 2025 - 15:55
ރައީސް ޑރ. މުހައްމަދު މުއިއްޒު، ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވި ގޮނޑިއަށް ޒަމްއަތު އަހުމަދު ވަހީދު މިއަދު އައްޔަންކުރައްވައިފި އެވެ.
އެ ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާ (އަނާ) ގެ ދައުރު ހަމަވުމުން، ކޮމިޝަންގެ މެންބަރު ކަމަށް ހުޅުވައިލުމުން ހަ ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ހަ ބޭފުޅުންނާ ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިންޓަވިއުކޮށް 75 މާކްސް އަށް ވުރެ މަތިން ތިން ބޭފުޅަކަށް ލިބިވަޑައިގެންނެވި އެވެ.
އޭގެ ތެރެއިން، 56 މެމްބަރުންގެ ވޯޓާ އެކު، ގދ. ތިނަދޫ، މަލަ، ޒަމްއަތުގެ ނަން މަޖިލީހުން ފާސްކުރީ މިދިޔަ ހޯމަ ދުވަހެވެ.
ނޫސްވެރިކަމުގައި 2006 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރަމުން އަންނަ ޒަމްއަތު ވަނީ އިސްލާމިކް ޔުނިވާސިޓީން ނޫސްވެރިކަމުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސި ލްކުރައްވައިފަ އެވެ. އޭނާ ވަނީ ދިވެހިރާއްޖޭގެ އަޑުގެ އިތުރުން ވީޓީވީގައި ވެސް ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.
ބްރޯޑްކޮމްގައި ހަތް މެމްބަރުން ތިއްބަ އެވެ. އޭގެ ތެރެއިން ފަސް މެމްބަރުންނަކީ އަންހެނުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތޫބާ ނާޒިމް
19 June 2025
ފަހުގެ ތާރީހެއްގައި ބްރޯޑްކޮމްއަށް އައްޔަން ކުރި އެއްމެ ގާބިލް މީހާއަށް ވާނެ. އެކުގެ އުޅުނު އިރުވެސް އެހާމަ ކަމާ ވެގެން އުޅުނީ.
ލިހާޒް މުހުސިން
19 June 2025
ދާއިރާގެ ގާބިލްކަމާ ތަޖުރިބާ ހުރި ކަނބަލެއް މިއީ.
ޗަކްބެރީ
18 June 2025
މިތަނަށް ޝަރުތު ހަމަވަނީ މޫނުގައި ގަދަޔަށް ޗޯކު ހާކައިގެން ޓީވީތަކަށް އަރައި ޚަބަރުކިޔާ ކުދިން އެކަނިތާ!
ރުމާލު 1
18 June 2025
އަނެއް ޕަޕެޓު
ވިލްސަ
18 June 2025
ތިތަން މާ ޑުރާމާ ބޮޑުވެގެން އުޅޭ ސަބަބަކީ އަންހެނުން ގިނަވީމައެެވެ. އަންހެނުންމީ ހަމަ ޑުރާމާ ބޮޑު ބައެކެވެ. އިތުރު އެހެން ކަމެއް އަނެއްހެން ނެތް.
ޔއގއ
18 June 2025
މާދަން ކަނޑައިނުލާނެކަމަށް އުއްމީދުކުރަން