ފުލުހުންގެ މައި އިދާރާ: ކުދިންނަށް ޖިންސީ ގޯނާކުރި މީހުންގެ މައްޗަށް އިންޓަޕޮލް ގްްރީން ނޯޓިސް ވަނީ ނެރެފައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
19 ޖޫން 2025 - 15:12
ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ތެރެއިން ތެރެއިން ހުކުމް ތަންފީޒުކޮށް ނިމިގެން މުޖުތަމައަށް ދޫކޮށްލާފައިވާ މީހުންގެ މައުލޫމާތު އިންޓަޕޯލްގެ ގައުމުތަކަށް ލިބޭ ގޮތަށް ގްރީން ނޯޓިސް ނެރެން ފަށައިފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުން، ކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ރާއްޖޭގައި އާންމުކޮށްފައިވާ ކަމަށެެވެ.
އޭގެ ތެރެއިން ހުކުމް ތަންފީޒުކޮށް ނިިމި، މުޖްތަމައުއަށް ދޫވެފައިވާ މީހުންގެ މައްޗަށް އިންޓަޕޮލް ގްރީން ނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ ޖުމްލަ 43 މީހެކެވެ. އެއީ 25 ދިވެހިންނާއި 18 ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ.
އިންޓަޕޮލް ގްރީން ނޯޓިސްއަކީ އާންމު ސަލާމަތަށް ނުރައްކާވެދާނެ ފަރާތްތަކާ ބެހޭގޮތުން އިންޓަޕޯލްގެ މެމްބަރު ގައުމުތަކަށް އިންޒާރު ދިނުމަށް ބޭނުންކުރާ ނިޒާމެކެވެ.
ފުލުހުން ބުނީ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެފަދަ ކުށްކުށަށް އަރައިގަންނަ މީހުންގެ މައުލޫމާތު ކަމާ ގުޅޭ ފަރާތްތަކާ ހިއްސާކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި އެ މައުލޫމާތު ބައިނަލްއަގްވާމީ ފެންވަރުގައި ހިއްސާ ކުރުމުން އެފަދަ މީހުންގެ ހަރަކާތްތައް އެހެން ގައުމުތަކުން ވެސް ބަލައި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެފަދަ މީހުންނަށް ވަޒީފާ ދިނުމުގައި ރިއާޔަތްކުރަންޖެހޭ ހާއްސަ ކަންތައްތަކާ ގުޅޭ މައުލޫމާތު ވެސް އޭގެ ސަބަބުން އެހެން ގައުމުތަކަށް ލިބޭނެ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ބިދޭސީ މަސައްކަތު މީހުންނަކީ ވަޒީފާ ހޯދުމަށް އެކި ގައުމުތަކަށް ބަދަލުވާ މީހުން ކަމަށް ވާއިރު، އެހެން ގައުމަކަށް ގޮސް ވަޒީފާއަށް އެދޭއިރު ގްރީން ނޯޓިސްއެއް ނެރެފައިވާ ނަމަ، ކުޑަކުދިންނާ ގުޅުން އޮންނަ ދާއިރާތަކުގެ ވަޒީފާ އެ މީހަކަށް ދިނުން ހުއްޓުވައި މޮނިޓާކުރަން ފުރުސަތު ލިބޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮނުއަނގަ
20 June 2025
ކީއްވެތަ ވަގުންނާ ފޭރޭ މީހުންނާ ރޭޕް ކުރާމީހުން ތިޔަތަނަކަށް ނުވައްދަނީ. މިބައި މީ ޑިކޮކުރެސީގެ ރަނގަޅު ބަޔަކީތަ
ހުޅަނގު ގޭސް އަނބުރަން ހަދައިގެން އުޅޭ މުއައްސަސާތަށް
19 June 2025
ނަތަންޔާހޫ ފަހަތުން ދުވެބަލަ ފުރަތަމަ
ދދފދްދއ
19 June 2025
ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް އަދަބު ދެވިފައިވާ މީހުންނަށް މިހާރު އަދަބު ލިބެމުންދާ ގިނަ މީހުން (މިބުނަނީ ގިނަ މީހުންގެ ވާހަކަ) ނަކީ ހަސަދައެއް ފިލުވައިލަން ތުހުމަތުކޮށް ދޮގު ބަޔާން ދީގެން ހައްޔަރުކޮށް އަދަބު ދެވޭ މީހުން. ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުވާ މީހުންގެ ދިފާޢީ ވަކީލުންގެ ގޮތުގައި ވެސް މީހަކަށް ނުކެރޭ ދާކަށް. އެމީހަކަށް ވެސް ގޯސްކޮށް ކަންކަން ހުންނަނީ...
ޢަބްޑޫޅް +
19 June 2025
ކަލޭމެންގެ ތެރޭ ވަރަށް ގިނައިން އުޅޭކަމަށް ވަނީ ގާތްގަނޑަކަށް 9 އަހަރުގެ އަންހެންކުދީންނާ ބެހެން ބޭނުންވާ، ފަސްދޮޅަހަކަށް އަހަރުން މަތީގެ ފިރިހެނުން. ކޮންމެއަކަސް، އުސޫލެއްގެ ގޮތުން، ފެހި ނޯޓިސް ފޮނުވަން އެބަ ޖެހޭ، މިހާރުން މިހާރަށް.
ގްރީންނޯޓިސް
19 June 2025
ގްރީންވީމާ މި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން އޯކޭވަނީތަ؟ ދާށޭތަ އެ ބުނަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރަން؟
ބޮއިހަލާކު
19 June 2025
ހަބަރު ކިޔާފަ ކޮމެންޓް ކޮށްބެލަ.. އެއޮތީ ގްރީން ނޯޓިސްގެ ބޭނުން ލިޔެފަ
އަހުމިއްޓެ
19 June 2025
ޚަބަރު އެއްކޮށް ކިޔާލާފަ ކޮމެންޓް ކޮށްލަބަލަ. ނޫނީ ގަމާރުކަންމަތީ އަބަދަށް ހުރެބަލަ.