21 ޖޫން 2025 - 09:31
މި އަހަރުގެ މިހާތަނަށް ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދަރަނި ދެއްކުމަށް ފަހު ވެސް ބަޖެޓު ސާޕްލަސް 1.3 ބިލިއަން ރުފިޔާގައި ހިފެހެއްޓިފައިވާ ކަން ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް، ފާއިތުވި އަހަރުތަކުގައި ދައުލަތުން ނަގާފައިވާ ދަރަންޏަށް ފައިސާ ދައްކާފައިވާ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ 1.8 ބިލިއަން ރުފިޔާ އިން އިތުރުވެފަ އެވެ.
ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، މިދިޔަ ހަފުތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، މި އަހަރުގެ މިހާތަނަށް 5.1 ބިލިއަން ރުފިޔާ ދަރަނި އަދާކުރުމަށް ހޭދަކޮށްފަ އެވެ.
ދައުލަތުން ތަންފީޒު ކުރަމުންދާ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތަކުގެ ދަށުން، މިދިޔަ ހަފުތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ހަރަދުތައް ވަނީ ކުޑަކޮށްފަ އެވެ.
މިދިޔަ ހަފުތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 20.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅާބަލާއިރު 8.7 ޕަސެންޓު ދަށް އަދަދެކެވެ.
މިއާ އެކު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް ލިބިފައިވާ 17 ބިލިއަން ރުފިޔާ އަކީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ހަ ޕަސެންޓުގެ އިތުރުވުމެކެވެ.
ދައުލަތުގެ ހަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުން، ކުރިން ނަގާފައިވާ ދަރަނި އަދާކުރުމަށް ކުރަންޖެހުނު ހޭދަ ބޮޑުވިކަމުގައި ވިޔަސް، ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް ވަނީ 1.3 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދުހު
29 June 2025
ދަރަނި ކިޔަނީ ބޭންކަކުން ލާރިނެގީމަ އެކަނިތޯ. ކޮބައިތޯ އާއްމު ރައްޔިތުންނަށް ދައުލަތުން ދޭންހުރި ޕޭމަންޓްތައް. އެކޮނީ ފުނޑި ވިޔަފާރިވެރިން ބަނގުރޫޓްވަނީ މިއޮށް. ދައުލަތުން މީސްމީހުންނަށް ނުދެވިހުރި ލާރީގެ ލިސްޓެއް ފިނޭސްމިނިސްޓްރީއިން ހޯދަބަލަ.
ނޫރުﷲ
22 June 2025
ވަރަށް އުފާވެރި ހަބަރެއް. މީގެ ސަބަބުން ހަމަ ގައިމުވެސް ގައުމުގެ ކަންކަން ހަމަޔަކަށް އެޅި އިންވެސްޓަރުން އިތުބާރު ލިބިގެން ދާނެ.
ހުސޭނުބެބުނި
29 June 2025
ސާޕްލަސްވީ ކިހިނެއްތޯ ބަލާބަލަ. އެތައްބަޔަކަށް ދައުލަތް ދަރާފަ އޮތީ. ދައުލަތުން ޕޭމަންޓެއް ނުދޭ ދިވެހި ކުންފުނި ތަކަކަށް
ބަޑިތަކުރު
22 June 2025
ގެއްލުމުގައި ހިންގަންޖެހޭ އެއާރޕޯޓްތައް އެޅުމަށް ލޯނު ނެގުމުގެ ބަދަލުގައި ލޯނުނަގައިގެންވެސް ދައުލަތުގެ އޮފީސްތަކާއި ދައުލަތް ހިއްސާވާ ކުންފުނިތަކާއި ބޭންކުތައް ހިންގާނެ ޢިމާރާތްތަކެއް އަޅައިފިނަމަ ހަމަގައިމުވެސް މިހާރު ދައުލަތުން އިސްރާފްވަމުންދާ އެތައް މިލިޔަން ރުފިޔާ ސަލާމަތް ކުރުމުގެ އިތުރަށް އަމިއްލަ މީސްމީހުންގެ ގޭގެއިން ތަންތަން ކުއްޔަށް ހިފުމުގައި ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރު ބަންދުވާނެއެވެ. މިކަން އެއްވެސް ބަޔަކު ނުކުރަނީ ބަޔަކަށް ލިބޭ
ޓިނު
21 June 2025
ހުރިހާ މަަސައްކަތެއް ހުއްޓީމަ ތިކަންވާނެ،
ވަގުތީީ
21 June 2025
ޕޮންޒީ ސްކީމް ސާޕްލަސްވާގޮތައް ސާޕްލަސްވެފަ ތިއޮތީ
ރުފީނާ
21 June 2025
އަހަރެން ބޭބެއަތުން 2 މިލިއަންގެ ލޯނެއް 5 އަހަރު ކުރިން ނަގައި ފިހާރައެއް ހުޅުވިން. ފާއިތުވެދިޔަ ދޮޅުއަހަރު އަހަރެންގެ ހިސާބު ފޮތް: 1.ދަރަނި ކުރިންވެސް ދެއްކިވަރަށް އެބަދައްކަން. 2. ފިހާރައިގެ އިންވެންޓްރީއަށް ކުރިން ޚަރަދުކުރިވަރު 2ގުނަ ދަށްކޮށްފިން. 3. މަސައްކަތު ކުރީގަތިބި 2 މީހުންގެ ބަދަލުގައި މިހާރު 5 މީހުނަށް މުސާރަ ދެން. 4. ސަޕްލަޔަރުންނަށް ޕޭކުރުން ހުއްޓާލައިފިން. ފިހާރައިގެ މަރާމާތު އެއްކޮށް ހުއްޓާލައިފިން. މިހާރު ހުސް ފައިދާ. މާދަމަޔޯ؟
އަނީލް
21 June 2025
އެއްވެސް ޕްރޮޖެލްޓެއް ނުހިގާ ތިބެގެން ތިހެން ސާޕްލަސް ކުރެވިދާނެ 100 ބިލިއަންވެސް
ޖުޑީ
21 June 2025
ޕުރޮޖެކްޓެއް ހިންގުމަށް ވުރެން ކަލޭމެންނާ ދަރިންގެ ދަރިންނަށް ދާންދެން ބޮލުގަ އަޅުވާފަ ދިޔަ ދަރަނި ދެއްކުން މާ މުހިންމެން ނޫންތަ.
ބިލޭ
21 June 2025
1.3 ބިލިޔަން ސާޕްލަސް ދޯ؟ ކޮންޓްރެކްޓަރުންނާއި ސަރުކާރަށް ހިދުމަތް ފޯރުކޮށްދީފަ ތިބި ވެންޑަރުންނަށް ކިހާވަރެެއް ނުދެވި އެބޮތް؟ 2-3 ބިލިޔަން ރުފިޔާ ދޫނުކޮށް ހިފަހައްޓައިގެން ތިބީމަ އަރަނި ވެދާނެ 5 ބިލިޔަން ވެސް
ބޮޑު އަލީ
21 June 2025
ކުރީގެ ކުންފިނިތަކުގެ ބޮޑުންނަށް ބައި އަޅައިގެން މުދަލާ ހިދުމަތުގެ އަގަށްވުރެން އެތައްގުނައެއް އަގުބޮޑުކޮށް މަސައްކަތް ކުރުވާފަ އެ ލާރި ނުދައްކާ ދިޔައީމަ ދެން މިހާރު އެ ލާރި ދެއްކޭނީ ވައްކަން ކުރި މައްސަލަތަ ނިމުނު ދުވަހަކުން.