ފިނޭންސް މިނިސްޓްރީގެ އޮފީސް. އެސްޑީއެފް ބިލްގައި ވަނީ އެ ފަންޑުގެ ކަންކަން ބަލަހައްޓަން ހާއްސަ ގަވާނިން ކައުންސިލަކާއި އޮފީހެއް އެކުލަވާލަން ޖެހޭނެ ކަމަށް ބުނެފައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
21 ޖޫން 2025 - 09:21
ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ އިގުތިސާދީ ދަތިކަމާ ހެދި ސަރުކާރުން އަޅަން ފަށާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން، މި އަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދުތައް 23 ޕަސެންޓު ކުޑަކޮށްފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 20.6 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅާބަލާއިރު 8.7 ޕަސެންޓު ދަށް އަދަދެކެވެ.
ދައުލަތުގެ ރިކަރަންޓް ހަރަދު 5.3 ޕސެންޓުން ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 72.1 ޕަސެންޓުން ދަށްވެފަ އެވެ. މި އަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު އެއް ވަރެއްގައި ދަމަހައްޓައިފަ އެވެ.
މި އަހަރަށް ފާސްކުރި ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށް ބަލާއިރު، އިދާރީ އަދި ހިންގުމުގެ ހަރަދުތަކުގެ ގޮތުގައި ފާސްކުރި 20.8 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހަރަދުވެފައިވަނީ 8.2 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 1.1 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ. އެގޮތުން 2024 ވަނަ އަހަރުގެ މި މުއްދަތުގައި ހޭދަކޮށްފައިވަނީ 9.3 ބިލިއަން ރުފިޔާ އެވެ.
މިބައިގެ ހަރަދުތަކުގެ ތެރޭގައި ހިމެނޭ އިދާރީ ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމުގެ ހަރަދު ވަނީ 71.5 ޕަސެންޓުން ދަށްވެފަ އެވެ. ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ ވަނީ، ނިމުނު އަހަރާ އަޅާބަލާއިރު 17.2 ޕަސެންޓު ދަށްވެފަ އެވެ.
ދައުލަތުގެ އާމްދަނީ އާއި ހިލޭ އެހީއަށް ބަލާއިރު، މިދިޔަ ހަފްތާގެ ނިޔަލަށް ލިބުނު 17 ބިލިއަން ރުފިޔާ އަކީ، މިދިޔަ އަހަރު އެ މުއްދަތާ އަޅާބަލާއިރު ހަ ޕަސެންޓު އިތުރު އަދަދެކެވެ.
ޓެކްސް ރޭޓްތަކަށް ގެނައި ބަދަލާ ގުޅިގެން، ޖުމްލަ 13.2 ބިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި ލިބިފައިވާއިރު، މީގެ ތެރެއިން ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 88.5 ޕަސެންޓު ވަނީ އިތުރުވެފަ އެވެ. އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ 46.9 ޕަސެންޓު އިތުރުވި އެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ލިބުނު އާމްދަނީ 44.5 ޕަސެންޓު އިތުރުވެފައިވަނީ ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް ނުވަ ޕަސެންޓުން އިތުރުވެފައިވާތީ އެވެ.
މި އިތުރުވުމާ އެކު، މި އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީ ވަނީ ނިމުނު އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ހަ ޕަސެންޓުން އިތުރުވެފަ އެވެ.
އާމްދަނީގެ އިތުރުވުމާ އެކު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް ވަނީ 42.9 ޕަސެންޓުން އިތުރުވެފަ އެވެ.
މި އަހަރުގެ މިހާތަނަށް ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދަރަނި ދެއްކުމަށް ފަހު ވެސް، ބަޖެޓު ސާޕްލަސް 1.3 ބިލިއަން ރުފިޔާގައި ހިފެހެއްޓިފައިވާ ކަން ދައުލަތުގެ މާލީ ހިސާބުތަކުން ދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައިސާމް
21 June 2025
ކޯއްޗަކާ އަޅާ ބަލާތަ 23 ޕަސެންޓް ދަށްވީ؟ މިސާލަކަށް މިދިޔަ އަހަރު ހަރަދުތައް 80 ޕަސެންޓް މައްޗަށް ޖައްސާފަ މިއަހަރު 23 ޕަސެންޓް ދަށް ކުރީމާ އޭގެ މާނަ އަކީ ސަރުކާރާ ހަވާލުވިފަހުން އަދިވެސް ޖުމްލަކޮށް ހަރަދު މަތީގައޭ އުޅެނީ. ޖާނަލިސްޓުން ސަރުކާރުގެ ޕްރެސް އޮތްގޮތަށް ލިޔުނީމަ ވާގޮތް މީ.
މެލޭސިޔާ ހުސޭނު
21 June 2025
ކޮންހާ މޮޅުވާހަކައެއް. ބަލަ ކޮންޓްރެކްޓް ކުންފުނިތަކަށާ ސަރުކާރުގެ ކުންފުނިތަކަށް ބިލިޔައުން ދައްކަންޖެހޭ ފައިސާ ނުދައްކާ، ތިޔަގޮތަށް ސާޕްލަސް ވާނެ ދޯ. ފުރަތަމަ އިންވޮއިސް ތަކަށް ފައިސާ ދައްކާފަ ދެން ބަލާބަލަ. މިހާރުވެސް ކުންފުނިތައް ލައްވާ ގިއްކިޔާފަ ޕްރިޖެކްޓްސް ހިންގާފަ ލޯލާރިއެއްވެސް ނުދޭ. ކޮބާތަ ލަދު.
ބަޖެޓް
21 June 2025
ބަޖެޓާއި އަޅާ ކިޔާފަ ފައިދާ ގެއްލުން ކިޔާގެން ރައްޔިތުން ވާ ވައްދަދީ.
ގފ
21 June 2025
ގަލަން ދޮގު ހެދިޔަސް ތިޖޫރީ ދޮގެއް ނުހަދާނެ.
ދޮންކަރާ
21 June 2025
ޚަރަދު ދައްވާނެތާ މަސައްކަތް ކުރުވާފަ ލާރި ނުދެންޏާ
ފައިސާ
21 June 2025
އެކަމަކު ސަރުކާރުން ބިލްތަކަށް ލާރި ނުލިބިގެން ވިޔަފާރިތައް ބަނގުރޫޓުވެގެން ދަނީ. ޖީ.އެސް.ޓީ ދައްކަންޖެހޭ. ޕެންޑިން ބިލަށް ފައިސާ ދައްކާށޭ
ކިނާރީ
21 June 2025
އެހެންވީމަ ލިޔަން ޖެހެނީ ގައްޑާ ސަރުކާރެކޭ ކިޔާ. ފެންމަތީގަ އޮވޮވެނީ ސަރުކާރުން ހަރަދު ކުޑަކުރާތީ . އެހެންބަޔަކު ސަރުކާރުގަ ތިބިނަމަ ފައިސާ ޗާޕް ކޮއްލާ ކޮއްލާ ތިބޭނީ . މުޅި އާއްމު ރައްޔިތުންނަށް ވާނެ ފައިދާ އެއް ނޯއްނާނެ . އަންބޮޑިއަށް ޖަހާނެ .ސިޔާސިވަޒީފާ ތަކުން އެތަށް ބަޔަކަށް ބައިއަޅާވާހަކަ މިއަދު ދައްކާއިރު ދިވެހި ރައްޔިތުންގެ ބަނޑުފުރާނަ މުއްޗިކޮއްދެމުން ސަރުކާރުގެ ހަރަދުކުޑަ ކުރާވަހަކަ ލިޔުން އެއީ ސެލިއުޓް ނަގަން ޖެހޭ ވަރު ކަމެއް
ފަލޫދާ
21 June 2025
ދިވެހިރާއްޖެއަށް އޭރުވެސް މިހާރުވެސް ލިބޭއެއްޗެއް ލިބެނީ ޓޫރިޒަމް ތެރެއިން. އެބައި ލިބޭމިހާރުވެސް. އެއީ އިންކަމް ދެންއޮތީ އެކްސްޕެންޑިޗަރ. ދައުލަތުން އެއްވެސް މަޝްރޫއެއް ނުފަށާ ތިބެ ފާރުގައި ހުރިކުލަ ބަދަލުކުރުމަކުން ލިބޭ އެއްޗަކަށްވުރެ ޚަރަދު ބޮޑުވާނެތޯ؟ ފައިނޭންޝަލް ބެކްބޯން އަށް ލޮޅުން އަރާނީ ގައުމުގައި ހިންގޭ މަޝްރޫއުތަކުން. އެކަމެއް މިތާކުނުހިނގާ ތިބެ ގްރޭޑް 1ގެ ކުއްޖާވެސް ތިހިސާބު ހަދާނެ ނޫންތޯ.
ކިނާރީ
21 June 2025
ދަރަނިބޮޑު ކަމުން ނޭވާނުލެވިފަ ތިބި އިރު ފަށާނުނިއްމާ އެތަށް ކަމެއް މަސައްކަތް ނިއްމާފަ އެހެން ކަމެއް ކުރަންޖެހޭނީ .
އަޖާބު
21 June 2025
ދައުލަތުން އިތުރުވިޔަސް އާންމުންނަކަށް އެއްޗެއް އިތުރެއްނުވޭ