ތާޖު ރިސޯޓުގައި މިއަދު ޔޯގާ ހަރަކާތް ބާއްވަނީ.---ފޮޓޯ: އިންޑިއަން ހައި ކޮމިޝަން
22 ޖޫން 2025 - 18:38
މި އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަން ސަރުކާރުން އެއްބާރުލުން ދިން ކަމަށް ބުނެ އިލްމުވެރިންގެ ޖަމިއްޔާއިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިންޑިއާ ހައި ކޮމިޝަނުން މި ފަހަރުގެ ޔޯގާ ދުވަސް އިއްޔެ ފާހަގަކުރީ އެ ގައުމުގެ ކުންފުންޏަކުން ރާއްޖޭގައި ހިންގާ ތާޖު މޯލްޑިވްސް ރިސޯޓުގަ އެވެ.
ފައްސަތޭކައަށް ވުރެ ގިނަ މީހުން ބައިވެރިވި ހަރަކާތް ޝަރަފުވެރި ކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރެވެ. އަދި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ޖީ. ބަލަސުބްރަމަނިއަމް ވެސް ބައިވެރިވެވަޑައިގަތެވެ.
އެކަމާ ގުޅިގެން އިލްމުވެރިންގެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ސަރުކާރުގެ އެއްބާރުލުމާ އެކު، ރާއްޖޭގައި ޔޯގާ ދުވަސް ފާހަގަކުރުން ކުށްވެރިކޮށްފަ އެވެ.
އެ ޖަމިއްޔާއިން ބުނީ، ޔޯގާގައި ހިމެނެނީ ޝިރުކުގެ އަމަލުތަކެއްކަން ބަޔާންކޮށް 104 އިލްމުވެރިން ހިމެނޭގޮތަށް އިލްމުވެރިންގެ ގުޅުމުން މީގެ ކުރިން އެކަމުގެ ނުރައްކާތެރިކަމާއި ހުކުމް ބަޔާންކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން 2022 ވަނަ އަހަރުގެ ޔޯގާ ދުވަހު ހިނގައިދިޔަ ކަންކަމަކީ، ޔޯގާއަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާ ކަމެއްކަން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ އެއްވެސް މީހަކަށް އޮޅިފައި އޮންނާނެ ކަމަށް ބަލާނެ ޖާގައެއް ނެތް ކަމަށް ވެސް ބުންޏެވެ.
އެ އަހަރުގެ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ގަދަކަމުން ބަޔަކު ވަދެ، ހަމަނުޖެހުން ހިންގި އެވެ. އެ މައްސަލައާ ގުޅިގެން ޓެރަރިޒަމާއި އެފަދަ އަމަލަކަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާތަކެއް ކުރި އެވެ. ނަމަވެސް، އެ މައްސަލަ ރިވިއުކުރުމަށްފަހު އެ ދައުވާތައް އަނބުރާ ނަގަން ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ.
ތާޖު ރިސޯޓުގައި ބޭއްވި ޔޯގާ ދުވަހުގެ ހަރަކާތްތަކުގައި އިންޑިއާ ހައި ކޮމިޝަނަރު ޖީ. ބަލަސުބްރަމަނިއަމް އަދި އެ ހަރަކާތުގެ ޝަރަފުވެރި މެހުމާން ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިރު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އިންޑިއަން ހައި ކޮމިޝަން
"ޔޯގާގެ އަމަލު ހުއްޓުވުމަށްޓަކައި އެ ދުވަހު އެންމެ އިސް ސަފުގައި ހަރަކާތްތެރިވި ފަރާތްތަކުގެ ތެރޭގައި އޭރު އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިއްބެވި މިހާރު ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން މަސައްކަތް ކުރައްވާފައިވާކަން ފެންނަން ވެސް އެބައޮތެވެ،" ބަޔާނުގައި ބުންޏެވެ.
"އެހެންކަމުން، ޝިރުކުގެ ނުބައިވެގެންވާ މި އަމަލާ ގުޅުވައިގެން ޔޯގާ ދުވަސް ފާހަގަކުރިއިރު ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ސަރުކާރުގެ ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރު ބައިވެރިވުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ."
ޖަމިއްޔާއިން ވަނީ ސަރުކާރުގެ އިސްވެރިއެއްގެ ފުށުން ދީނާ ހިލާފު މުންކަރާތެއްގައި ބައިވެރިވުމުގެ އަމަލެއް ފެނިއްޖެ ނަމަ އެފަދަ ކަމެއް އެހެން މީހަކު ތަކުރާރު ނުކުރާނެ ފަދަ ފިޔަވަޅު އަޅަން ދައުލަތުގެ އިސްވެރިންނަށް ގޮވާލައްވައިފަ އެވެ.
އެހެންވެ، އިލްމުވެރިންގެ ޖަމިއްޔާއިން ވަނީ ރާއްޖޭގެ އިމުގެ ތެރޭގައި ހިމެނޭ އެއްވެސް ތަނެއްގައި ޝިރުކުގެ އަމަލުތައް ހިންގުމަށް ފުރުސަތު ނުދިނުމަށް ރައީސާއި ދައުލަތުގެ އިސްވެރިންނަށް ގޮވާލައިފަ އެވެ. ޝިރުކުގެ އަމަލުތަކުން ގައުމު ތާހިރުކޮށް އެ ގޮތުގައި ދެމެހެއްޓުމަށް ރައްޔިތުންގެ ދައުރު ފުރިހަމަ އަށް އަދާކުރުމަށް ވެސް އިލްތިމާސްކުރި އެވެ.
ޔޯގާއަކީ ބައެއް ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތު ކަމަކަށް ވާއިރު، ރާއްޖޭގެ ގިނަ ބަޔަކު ގަބޫލުކުރާ ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައި ވަނީ ޔޯގާ ހެދުމުގެ ތެރޭގައި ޝިރުކުގެ އަމަލެއް ނުހިމެނޭ ނަމަ އެ ކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެއީ އާދައިގެ ކަސްރަތެއް ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި ޔޯގޯ އާއި އިސްލާމްދީނާ ގުޅުވައިގެން ދެއްކޭނެ ވާހަކައެއް ނެތެވެ. ސަބަބަކީ އިސްލާމްދީން ބިނާވެފައި ވަނީ ގުރުއާނާއި ސުންނަތުގެ މައްޗަށް ކަމަށް ވާއިރު ޔޯގާގެ ވާހަކަތައް އައިސްފައި ނެތުމެވެ.
"ހަރާން ވާނީ މާތް ﷲ ހަރާން ކުރެއްވި ކަންތައްތަކެއް. ހަރާން ކުރެއްވުމުގެ އިހުތިޔާރަކީ ހަމައެކަނި މާތް ﷲ އަށް އޮންނަ އިހުތިޔާރެކޭ. [ﷲ] ނާންގަވާ ކޮންމެ ކަމަކީ ހަލާލު ކަމެއް،" ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2022 ގައި ވެސް ޔޯގާ ދުވަސް ފާހަގަކުރަން އިންޑިއަން ހައި ކޮމިޝަނާއި އޭރުގެ ސަރުކާރު ގުޅިގެން ކުރި މަސައްކަތާ އެކު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި މައުމޫން "މިހާރު" އަށް ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭނަ
23 June 2025
އަޅުގަނޑުގެ ހަމައެކަނި މައްސަލައަކީ ދިވެހި ރާއްޖޭގެ މުސްލިމަކު ބައިވެރިވީނަމަ އެކަން
ލުބްލާ2025
23 June 2025
މިމީހުން "އިލްމުވެރިން"ނަށް ވާގޮތް ބަލަންޖެހޭ. އިސްލާމިކް ސްޓަޑީސް އިން ޑިގްރީ ނަގާއިރަށް "އިލްމުވެރި"ޔަކަށް ވަނީތޯ؟ މިފަދަ "އިލްމުވެރިން" ދައްކާ ވާހަކަތަކާމެދު ސުވާލެއް ކޮއްލިޔަސް އެމީހަކު ވަނީ ކާފަރަކަށް. މިކަން އޮންނަންޖެހެނީ ހަމަ މިހެންތޯ؟
ހިޔާލެއް
23 June 2025
ޢިލްމުވެރިން މުންކަރާތެއް ހުއްޓުވުމަށްް މިވެނި ކަމަކީ ހަރާމް ކަމެކޭ ބުނެފި ނަމަ އެވެނި ކަމަކާއި ގުޅޭގޮތުން އެހެން ނުބުނީ ކީއްވެތޯ އެވެނި މިވެނި ކަމެއް ނުހުއްޓުވީ ކީއްވެތޯ ސުވާލު ކުރުމުގެ ބަދަލުގައި މުސްލިމެއްގެ ހައިސިއްޔަތުން ހެޔޮކަންތަކަށް ގޮވާލައި ނުބައި ކަންކަން ނަހީކުރާ ބައެއް ކަމުގައި ވުމަށް އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަމާތޯ. ހަލާލު ހަރާމަކީ އެކަން ދެނެގަންނަން މަސައްކަތް ކުރާ މީހުންނަށް ވަރަށް ފަސޭހަ ކަމާއެކު އެނގޭނެ ކަންކަން.
ލުބްލާ2025
23 June 2025
ތިބުނަނީ ބޭސިކަލީ ތިޔަބުނާ "އިލްމުވެރިން" ބުނާހާ ގޮތަކަށް ހަދާށޭ އެއްވެސް ސުވާލެއް ނުކޮށް. ހޮޅިވާހަކަ ނުދައްކާ. މިއީ ސިކުނޑި އޮފް ކޮއްލައިގެން އުޅޭ ޒަމާނެއް ނޫން.
ރޯނުއެދުރޭ
23 June 2025
ހަގީގީ އިލްމްވެރިންނަކީ އެމީހުން އެބުނާ އެއްޗެއް ސާބިތުކުރުމަށްޓަކާ ޤުރުއާން އަދި ސުންނަތުން ދަލީލުދައްކާބައެެއް، އެމީހުންގެ ހިޔާލާ ފަތުވާ ވަކިމީހަކަށް/ވަކިކަމަކަށް ވަކިގޮތަކަށް ފަތުރާބަޔަކަށްވެގެންނުވާނެ.
ފެންނަނީ
23 June 2025
މިވަރުން ރާއްޖޭގަ ޔޯގާޑޭ ފާހަގަ ކުރަން އިންޑިޔާ އެމްބަސީން މަސައްކަތް މިކުރަނީ މީގެ ފުރަގަހުގަ ކޮންމެވެސް ކަމެއް އޮތީމަ ކަމަށް ފެންނަނީ.
ލުބްލާ2025
23 June 2025
ބޮޑީ ބިލްޑިންގ ވެސް ހުއްޓާލަންޖެހޭ އެހެންވިއްޔާ. އޮރިޔާމާތިބެ ވިއްޔާ އެކަންކުރަނީ؟ "އިލްމުވެރިން" ކީއްވެ އިހުތިޖާޖު ނުކުރަނީ؟
ސަޅި ގައުމެއް
22 June 2025
ރައީސް ނަޝީދު ބައިވެރިވާ ސަރުކާރެއް ނަމަ ތި ބައިގަނޑު ހުރީސް ކަމެއް.. ބައި އެޅޭ ސަރުކާރެއްވީމަ ނޫސް ބަޔާނަކުން ފުއްދާލަން ޖެހޭނި
ރާބެބުރި
22 June 2025
އިލްމުވެރިން ކަންބޮޑެއް ނުވޭތޯ ރިސޯޓުތަކުގަ ބަނގުރަލާ އޫރުމަސް ލިބެންހުރެގެން. އަދި ކްރިސްމަސްވެސް ފާހަގަކުރާ ރިސޯޓެއްގަ އިނގޭތޯ ޔޯގާދުވަސްވެސް ފާހަގަކުރީ.
ގައުމިއްޔަތު
22 June 2025
ނޯ ކޮމެންޓް
ހަސަނު
22 June 2025
މި ތާކު ނެތް ބޯ ހަމަ ޖެހޭ އެއްވެސް އިލްމުވެރިއެއް...
ޑެބީ
22 June 2025
މި 100 އިލްމުވެރިން ތާއީދުކުރާ ސަރުކާރަކުން ދީނާ ހިލާފުކަމެއް ކޮށްފިއްޔާ ބޮޑުވަރަކަށްވެސް ނެރެލާނީ ނޫސް ބަޔާނެއް މިއިލްމުވެރިންގެ ނަމުގަ. އެމްޑީޕީ ވެރިކަމެއްގައި މި 100 އިލްމުވެރިން ގަޔާނުވާ ކަމެއް ސަރުކާރުން ކޮށްލިޔަސް ނިކުންނާނީ ސީދާ ހަރަކާތައް ދިދަ ހިފައިގެން. މިހަގީގަތް ބުނެލީތީ މިއިލްމުވެރިން ރުޅުއަންނާނީ ޑެބީދެކެ.
ގެދާނޯމޮސް
22 June 2025
ހަމަސަރުކާރުން ދޯ އޮލިޕަސް ދެނީ މިއުޒިކާއި ލަވަޝޯތަށް ބާއްވަން ! ތިބުނާ އިލްމުވެރިން މަދުން ނަމަވެސް ފެނޭ ކަނުދީގެން މަޖާވެފަ ތިބޭތަން !؟ މިވާ ގޮތަކީ ބޭނުމީ ނޫހުން ހެޑިންގް އެޅޭނެ ގޮތެކެވެ! ނޫނީ މީހުންނަށް އެނގިލަން މަޖިލިސް އަށް ކުރިމަތި ލިޔަސް ލިބެނީ އެއްވޯޓް ގަނޑެވެ! ބަހާއި އަމަލާ ދިމާވެގެން ބަލައި ގަނެވޭނީ! އިލްމްވެރިންނަކީ އެބަޔަކާމެދު ގިޔާމަތް ދުވަހުން ސުވާލުކުރެވޭނެ ބަޔެކެވެ! ކީއްވެ ކަމެއް ވެސްއެނގޭނީ އެބަޔަކަށެވެ!