ވިނަރެސް ފްލެޓުގެ އެޕާޓްމަންޓެއް އަނދާފައި.
23 ޖޫން 2025 - 09:19
ހުޅުމާލެ 2 ގެ ވިނަރެސް ފްލެޓުގެ އެޕާޓްމަންޓެއްގައި މިއަދު ހެނދުނު ރޯވެ، ވަރަށް ބޮޑަށް އަނދައިފި އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއެންޑީއެފް ފަޔާ ސާވިސް އިން ބުންޏެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި އަލިފާން ރޯވީ ވިނަރެސް ފްލެޓް ނުވައެއްގެ 13 ވަނަ ފަންގިފިލާގެ ހަ ވަނަ އެޕާޓްމަންޓުގަ އެވެ.
އެތަނަށް އެމްއެންޑީއެފުން ދިޔައީ ހެނދުނު 7:41 ހާއިރު އެޕާޓްމަންޓުން ދުން އަރާކަމުގެ މައުލޫމާތު ލިބިގެން ކަމަށް ވެސް ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ހުޅުމާލޭ ފަޔާ ސްޓޭޝަނުން އެ ތަނަށް ގޮސް، ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯގައިވާ ގޮތުން ކޮޓަރީގައި ހުރި ބަންކް ބެޑުގައި ރޯވެ އެއްކޮށް އޮތީ އަނދައިފަ އެވެ. އަދި ކުޑަދޮރުގެ ފޮތިގަނޑު ވެސް އެއްކޮށް އަނދައިގެން ގޮސް އޮތީ ބިންމަތީގަ އެވެ.
އަލިފާން ރޯވީ ގޮދަޑީގައި ކަމަށް ބުންޏަސް އަލިފާން ރޯވީ ކީއްވެ ކަމެއް ސާފެއް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސޮ
23 June 2025
އެގެ ރޯވީ ގޭމީހުން ކުރިކަމަކުން ނެތް ނޫން. ބައެއް މީހުން އުފުލަމުންދާ ތަކްލީފް ތަކެއް ނޭނގޭނެ.
ހަސަންބެ މީން
23 June 2025
ކީއްވެ އަލިފާން އަލާމު ނޭޅީ؟؟ އަޅުގަނޑު އޮފީހައް ދިޔައިރު ދުންއަރާ
އެލާރމް
23 June 2025
އެއީ ނަމެއްގަ ރީއްޗަކަށް ހަރު ކޮށްލާފަ އިން އެއްޗަކަށް ވީމަ
މަނަވަރު
23 June 2025
ވަރަަށް ހިތާމަވެރި ކަމެއް…މީހުންގިނަ މިފަދަ އިމާރާތްތަކުގައި އުޅޭ މީހުން މިފަދަ ކަންކަމަށް ސަމާލުވެ، މިފަދަ ކަންކަން ނުހޮގާނެ ގޮތައް ޢަމަލުތައް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް.
ސަލީމާ އަލީ
23 June 2025
ދިވެހިން ފެގެއްބޯލީ ކަމަށްވާނީ
ވޯލް
23 June 2025
ތިޔަ އަންނަނީ މަ ބުނިތަން. ދިވހެިންގެ ދިރިއުޅުން ހުރިކީ މަތިމަށްޗަށް ގެ ހަދާގެން އުޅޭކަށް ނޫން. ޖަޒީރާވަންތަ ދިރިއުޅުމަކަށް. ރަށްރަށް ތޮށްޖެހުސުން ހުއްޓާލަވޭނެ. އެއީ ނުކުރެވޭނެ ކަމެއް ނޫން. ރައްޔިތުންގެ ވިސްނުން ބަދލަު ކުރަންޖަހޭ.