އިރާނުގެ އެންމެ އިސް ލީޑަރު އަލީ ހާމަނަޢީ: އޭނާ ވިދާޅުވީ ޒަޔަނިސްޓް ދުޝްމަނުންނާ ދެކޮޅަށް ބަދަލު ހިފުން ކުރިއަށްދާނެ ކަމަށް --- ފޮޓޯ: އޭއެފްޕީ
23 ޖޫން 2025 - 10:42
އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ދޭން ފެށި ހަމަލާތަކަށް އަދަބު ދިނުން ކުރިއަށް ގެންދާނެ ކަމަށް އިރާނުގެ އެންމެ އިސް ލީޑަރު އަލީ ހާމަނާއީ ވިދާޅުވެއްޖެ އެވެ.
އިރާނުގެ ނިއުކްލިއާ ތިން މަރުކަޒަކަށް އެމެރިކާ އިން އިއްޔެ ހަމަލާ ދިން ފަހުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ހާމަނާއީ ވިދަޅުވީ "ޒަޔަނިސްޓް ދުޝްމަނުންނާ" ދެކޮޅަށް ބަދަލު ހިފުން ކުރިއަށް ގެންދާނެ ކަމަށެވެ.
އެކަމަކު، އެމެރިކާއިން ދިން ހަމަލާގެ ވާހަކަ އޭނާގެ ސޯޝަލް މީޑިއާގައި ޕޯސްޓުގައި ހިމަނުއްވައިފައެއް ނުވެ އެވެ. ވިދާޅުވީ "ޒަޔަނިސްޓް ދުޝްމަނުން" ކުރީ ބޮޑު ކުށެއް ކަމަށެވެ.
"ޒަޔަނިސްޓް ދުޝްމަނުން ކުރީ ބޮޑު ކުށެއް. ހިންގީ ބޮޑު ޖަރީމާއެއް. އެކަމަށް އަދަބު ލިބެން ޖެހޭނެ. އެކަމަށް އަދަބު ދީފައި ވާނީ ވެސް. މިހާރު ވެސް އަދަބު ދެމުން ދަނީ ވެސް،" ހާމަނާއީ ވިދާޅުވި އެވެ.
އިއްޔެ ހެނދުނު އިރާނަށް ހަމަލާ ދިނުމަށް ފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެމެރިކާގެ އަސްކަރިއްޔާއިން ދިން ހަމަލާތައް ކާމިޔާބު ކަމަށެވެ.
އެމެރިކާއިން ހަމަލާ ދިނީ އިސްފަހާން، ނަތަންޒް ފޯދޯގައި ހުންނަ ނިއުކްލިއަ ސައިޓްތަކަށެވެ.
ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި އެމެރިކާއިން ހަމަލާ ދިނީ އިޒްރޭލާ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޗް އެމް
23 June 2025
އުދަގޫ ކަމަކަށް ވިޔަސް އީރާނުގަ މިހާރު އޮތް ވެރިކަން ދަމަހައްޓަން ބޭނުންވާނަމަ އީރާނުންޖެހޭނީ މިވަގުތު އެމެރިކާ ބުނާ ބަސްއަހަން. އެހެންނޫނީ އިޒްރޭލަށް ލިބިފައިވާ މިފުރުސަތު ބޭނުންކޮށްގެން އެމީހުންއީރާނުގެ ބާރުތަށް ހަފުސްކޮށް ވެރިކަން ބަލިކަށި ކުރާނެ.
މިދާ
23 June 2025
ހާމަނާއީއަށް ހުރިހާ ކޮންޓްރޯލެއް އޮވެމެ ގައުމެއް ނުހިންގުނު. އިޒްރޭލްއިން ބޭނުން އިރަކު ބޭނުން ކޮމާންޑަރެއް މަރާލަމުން އައި އިރުވެސް ހުރީ ތިކިޔާ އެތި ކިޔަކިޔާ. އިސްތިއުފާދީފަ ޒުވާން ވަރުގަދަ ލީޑަޝިޕްއަކާއި ގައުމު ހަވާލުކުރޭ.
ގެދާނޯމޮސް
23 June 2025
ކޮންތާކު މިޖެހެނީ! އީރާނަށް ހަމަލާދީފަ އެވަނީ އިޒްރޭލާ ގުޅިގެން ކަމަށް ވާނަމަ ، އެހެން ގައުމު ތަކުން އީރާނާ ގުޅުން ބައިނަލްއަގްވާމީ ކުށެއް : ދެބޯގެރި ސިޔާސަތަށް ހެއްލި ދޮންކުދިން ލައިގެން ބިލިގާގައި ތިބޭސީރިޔާ ޖޯޑްން ސައުދީ ގައި ގިނަވާނީ އާޚިރަތަށް ނުވިސްނާ މަހުޖަނުންނެވެ.