އެމެރިކާގެ ރައީސް ޓްރަމްޕް: އިރާނާ ދެކޮޅަށް އޭނާ އަސްކަރީ އިތުރު ފިޔަވަޅުތައް އަޅުއްވާފާނެކަމަށް ވައިޓް ހައުސްއިން ބުނޭ --- ފައިލް ފޮޓޯ: އޭއެފްޕީ
24 ޖޫން 2025 - 06:29
އެމެރިކާގެ އަސްކަރީ ދެ މަރުކަޒަކަށް އިރާނުން މިރޭ ދިން ހަމަލާތަކާ ގުޅިގެން އެ ގައުމަށް އަމާޒުކޮށް އަސްކަރީ އިތުރު ފިޔަވަޅުތަކެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަޅުއްވަފާނެކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.
އިރާނުން ރޭ ވަނީ ގަތަރާއި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ ދެ މަރުކަޒަކަށް ހަމަލާ ދީފަ އެވެ. އެ ހަމަލާ އަކީ އާދިއްތަ ދުވަހު އިރާނުގެ ނިއުކްލިއާ ތިން މަރުކަޒަކަށް އަމާޒުކޮށް އެމެރިކާއިން ދިން ހަމަލާތަކަށް ދިން ރައްދެއް ކަމަށް އިރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުންޏެވެ.
އިރާނުން ދިން ހަމަލާއާ ގުޅިގެން ވައިޓް ހައުސްގެ އޮފިޝަލަކާ ހަވާލާދީ ސީއެންއެންއިން ބުނީ އެ ހަމަލާތައް އިރާނުން ދޭނެކަން ޓްރަމްޕްގެ ސަރުކާރުން ލަފާކުރި ކަމަށެވެ.
ވައިޓް ހައުސްގެ އޮފިޝަލް ވިދާޅުވި ގޮތުގައި ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ޖެނުއަރީ 2020 ގައި އިރާނުގެ ރިވޮލިއުޝަނަރީ ގާޑްގެ އިސް ކޮމާންޑަރު ގާސިމް ސުލައިމާނީ އެމެރިކާއިން އިރާގުގައި އަވަހާރަކޮށްލުމުން ވެސް އިރާނުން ރައްދު ދިނީ ހަމަ މިފަހަރު ވެސް ދިން ގޮތަށެވެ.
"މިފަހަރު ވެސް އެކަހަލަ ގޮތަކަށް އިރާނުގެ ހަމަލާއެއް އަތުވެދާނެދާނެ ކަމަށް ލަފާކޮށްގެން ތިބީ،" ވައިޓް ހައުސްގެ އޮފިޝަލް ވިދާޅުވި އެވެ.
"އެހެންވެ އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން އެމެރިކާއިން ތިބީ. ހާއްސަކޮށް ގަތަރުގެ އަސްކަރީ ވައިގެ މަރުކަޒުގައި."
"އަސްކަރީ ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ އެކަން ރައީސް ޓްރަމްޕް ކުރައްވަފާނެ،" އިރާނުން ރޭ ދިން ހަމަލާއާ ގުޅިގެން އެމެރިކާއިން އަމަލުކުރާނީ ކިހިނެއްތޯ ސީއެންއެންއިން ސުވާލު ކުރުމުން ވައިޓް ހައުސްގެ އޮފިޝަލް ބުންޏެވެ.
އިޒްރޭލުން މި މަހުގެ 13 ވަނަ ދުވަހު އިރާނަށް އިސްވެ ދޭން ފެށި ހަމަލާތަކުގައި އެމެރިކާ ބައިވެރިވުމާ މެދު ދެ ހަފުތާތެރޭ ގޮތެއް ނިންމާނެ ކަމަށް ޓްރަމްޕް ވަނީ ކުރިން އިއުލާން ކުރައްވައިފަ އެވެ. އެހެން ވިދާޅުވިތާ ތިން ދުވަސް ނުވަނީސް އެމެރިކައިން އިރާނުގެ ނިއުކްލިއަ މަރުކަޒުތަކަށް ހަމަލާ ދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިލޯޕް
24 June 2025
ކިހާބޮޑު ކަމެއް މި އެމެރިކާއާހުރެ! ހީވަނީ މިދުނިޔޭގެ ވެރިޔަކީ އެމެރިކާހެން!
ައަންނިރަންޕު
24 June 2025
ޓްރަމްޕާ އެންމެ އެއްގޮތް މީހަކަށް ފެނުނީ ކުރީގެ ރައީސް ނަސީދު
raajje
24 June 2025
ކޮންފިޔަވަޅެއްއެޅޭނީ އެމެރިކާގެގިނަސިޓީތަކުގައި ޓުރަންޕާދެކޮޅަށް އެތައްހާސްމީހުންދަނީ މަގުތަކަށްނިކުމެ އިހުތިޖާޖުކުރަމުން، ޓުރަންޕަކީ ހަމަސީދާމޮޔައެއް، މީއަޅުގަނޑު އެކަނިބުނާއެއްޗެއްނޫން، އެމެރިކާގެ ގިނަރައްޔިތުންގެބަސް، ޓިކްޓޮކްފަދަ ފުލަޓުފޯމުތަކުގައި ޓުރަންޕަށް އެންމެގިނައިން މޮޔައަށް އިޑިޔޮޓަށް ސައިކޯއަށް ގޮވާފައިވަނީ އަދި ގޮވަމުންދަނީ ސީދާއެމެރިކާގެރައްޔިތުން، ޓުރަންޕަކީ ހަމަސީދާ ސައިކޯއެއް ދައުރުހަމަކުރަން ނުބަހައްޓާބޭރުކުރާނެކަމަށްފެނޭ
1828
24 June 2025
އީރާނުން ޖެހޭނެ މެދުއިރުމަތީގައި ހުރި އެމެރިކާގެ މިލިޓަަރީ 03 މަރުކަޒަށް ހަމަލާދޭން. އެއީ އީރާންގެ ނިއުކުލިއަރ ތިން މަރުކަޒަށް ހަމަލާ ދިނުމުން.