24 ޖޫން 2025 - 08:57
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް ބަލައި އެކަމުން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރުތައް ގާތުން ބަލަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޒަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތެލުގެ އަގުތަކާއި ރާއްޖޭގެ ފުޑް ސެކިއުރިޓީ އާއި މާލީ ގޮތުން ގެންނަން ޖެހޭ ހަމަޖެހުންތައް ގެނައުމަށްޓަކައި ހާލަތު ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށެވެ.
އިރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް އަމަލީ ގޮތުން އެމެރިކާއިން ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެމެރިކާއިން އީރާނަށް ދިން ހަމަލާގެ ބަދަލުގައި އެގައުމުން ވަނީ ގަތަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ރޭ ހަމަލާ ދީފަ އެވެ. އެއާ އެކު ގަތަރާއި ޔޫއޭއީ އާއި ސައުދީ ފަދަ ގައުމުތަކުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށް ވައިގެ ދަތުރުތައް ހުއްޓާލި އެވެ. ނަމަވެސް، ހާލަތު ބެލުމަށް ފަހު އަނެއްކާ ވެސް ވަނީ ގަތަރާއި ޔޫއޭއީން ވައިގެ ދަތުރުތައް އަލުން ފަށައިފަ އެވެ.
The Government, under the leadership of President Dr @MMuizzu, is actively assessing the impact of the situation in Middle East on our economy, including energy markets, food security, and overall financial stability.
— Moosa Zameer (@MoosaZameer) June 24, 2025
We are working with relevant institutions to closely monitor…
މިނިސްޓަރު ޒަމީރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލިޑަޝިޕްގެ ދަށުން ކަމާ ގުޅޭ އިދާރާތަކާ އެކު ބޭރުގެ ތެލާއި ވިޔަފާރީގެ މުއާމަލާތްތަކަށް އަންނަ އަގުތައް ބަލައި، ދިރާސާކުރަމުން އަންނަ ކަމަށެވެ. އަދި ހާލަތު ބެލުމަށް ފަހު، ގެއްލުން ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒަމީރުގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ތޯރިގް ވެސް ވަނީ ހާލަތު ދިރާސާކޮށް ޓޫރިޒަމް ދާއިރާއަށް ކުރިމަތިވެދާނެ ގެއްލުމެއް ދެނެގަންނަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
ރޭ ކުޑަ ވަގުތުކޮޅަކަށް ގަތަރާއި ޔޫއޭއީ ފަދަ ގައުމުތަކުގެ ވައިގެ ދަތުރުތައް ހުއްޓާލި އިރު އެ ސަރަހައްދަކީ ރާއްޖެއަށް އެންމެ ގިނަ އިން ޓޫރިސްޓުން އުފުލާ އެއާލައިންތައް އޮތް ސަރަހައްދެ އެވެ. ހާއްސަކޮށް ޔޫރަޕްގެ މަންޒިލްތަކުން އެންމެ ގިނަ ޓޫރިސްޓުން އަންނަމުން ދަނީ ގަތަރު އެއާލައިނާއި އެމިރޭޓްސް އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަޓަނިކު
24 June 2025
ބަލާފާވެސް އެނގޭ މީހަކު ބުނާ އެއްޗެއް ޤަބޫލުކުރިއްޔާތާ.
ސަމްރޫހް
24 June 2025
މީ ސުމެއްގެ މީހެއް.
އޮނަރަބްލް އަފީފު ދީދީ
24 June 2025
ވަޒީރު ކޮންމެހެން ތިކަހަލަ ކަނޑުކޮސް ވާހަކަ ދައްކައިގެން މީހުންގެ ސަމާލުކަން ހޯދަން އުޅުއްވާނެ ކަމެއްނެތް. ޖަޒީރާ މިރާއްޖެއަށް ތެލާއި ނުލާ ނޫޅެވޭނެކަން އިގޭއިރު "ޤައުމީ ތެޔޮތާނގީ ކ.މާލޭގައި އަދި ޤައުމީ ޖެޓް ފިއުލް ފާމް ކ.މާލޭ އެއަރޕޯޓްގައި ހަދައިގެން ތިބުމުގެ ބަދަލުގައި" ހަނިމާދޫ އާއި އައްޑޫ GAN International Airport ގައި ވެސް ޖެޓްފިއުލް ރައްކާކުރެވޭނެގޮތް ހަދާފައި ހުރިނަމަ ގައިމް އެތެރޭގެ އުދުހުންތަކަށް ބޭނުންވާނެ ތެޔޮ ރައްކާކުރެވިފައި ހުންނާނެ.
ނިދިގޮމާ
24 June 2025
އަނހާ. ފިނޭންސް މިނިސްޓަރ ނިދިން ހޭލިވިއްޖެ؟ ކާކުބާ އެހާ ބާރުގަދަ ޓަތްކެތް ޖެހީ؟
ހާސަރު
24 June 2025
ތިޔަކަންތައް ބަލަން ނުތިބެ މިހާރުންމިހާރަށް ވެސް ޚަރަދު ކުޑަކޮށްބަލަ. އާކުންފުނިތަކާ ސިޔާސީ މަގާމުތައް އުފެއްދުން ހުއްޓާލަބަލަ. ޓްއަރިޒަމްއަށް އަސަރުކުރާގޮތަށް މިހާރުހިގަމުންދާކަންތައް އެސެކްޓަރާމަސްވަރާކޮށް އަވަސް ހައްލެއް ހޯދާބަލަ.
އެތެރެހޮއެ
24 June 2025
މިސަރުކާރަށް ކަންކަން ފަހުމްވަނީ ވަރަށްލަހުން. ހަނގުރާމަ ނިމުނީމަ ހަނގުރާމަކުރާކަންއިނގުނީއަދި!
ނާޤާބިލް
24 June 2025
ޤާބިލް ކަން އެބަހުރި ބާ މިކަން ބަލާލުމުގެ؟
މައްކުބޭ
24 June 2025
އަސަރު ތައް އަންނާނެ، އެކަމަކު އަމިއްލަ ކޮންޓްރޯލް ގަ ހުންނަ ކަންކަމަށް އިސްކަން ދޭންޖެހޭ، ޑޮލަރަށް އަންނަ ބާރު ކުޑަ ކުރެވޭނީ އެމްޑީޕީ އިން ވޯޓް ހޯދުމަށް އިބްރާހީމް ބޮޑުކުރި މުސާރަ އެކަށީގެންވާ މިންވަރަށް ތިރިކޮށް ދައުލަތުން އެކިއެކި ނަންނަމުގަ ލިބޭ ފައިސާ ގެ ބެނެފިޓްސް ތައް ވެސް ގިނަ ވެގެން 35000 އަށް ކެޕްކޮށް، ޓެކްސް ހާމަނައިޒްކޮށް ސިފައިންނާ ފުލުހުންގެ މުސާރަވެސް ކުޑަކޮށް ދައުލަތުގެ އައުޓްފްލޯސް ބޮޑުތަނުން ދަށްކޮށް ޑޮލަރ ޑިމާންޑް ދަށްކުރައްވާ!
ޗޫޤީ
24 June 2025
ބަލާނެ ކަމެއްނެތް. އަހަރެމެންގެ މޮޓޯއަކީ "އަރަބިން ކައިގެން ތިބިއްޔާ ދިވެހިންވެސް ތިބޭނީ ކައިގެން." ވީމާ އެގޮތަށް ސަރުކާރަށް އިތުބާރުކޮށްގެން މިތިބީ.
ތޮމްޔުމް
24 June 2025
އަދި އަވަސް ތިކަމާއުޅެން