17 ޑިސެމްބަރ 2025 - 10:50
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މުހިންމު ސާޖަރީއެއް ސިންގަޕޫރުގައި މިއަދު ކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ ޒަމީރު ކުރަން ޖެހޭ މުހިންމު މެޑިކަލް ސާޖަރީއެއް މިއަދު ކޮށްފައިވާ ކަމަށެވެ. އެއީ ދުރާލައި ތައްޔާރުވެގެން، މި ވަގުތަށް ކޮންމެހެން ކުރަން ޖެހުނު ސާޖަރީއެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ޒަމީރުގެ ސާޖަރީ ކާމިޔާބު ކަމަށާއި ރިކަވަރީ އަށް މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި އޮތްއިރު ހާލު ރަނގަޅު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ޒަމީރު އޮފީހަށް ނުކުމެވަޑައިގަންނަވަނީ އަންނަ ހަފުތާގައި ކަމަށެވެ.
ޒަމީރު ސާޖަރީއެއް ކުރެއްވި އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ޒަމީރު ވަޑައިގެން ނެތުމުން އާންމުންގެ މީހަކު ވަނީ އެ ސުވާލު އުފައްދައިފަ އެވެ. ރައީސް މުއިއްޒު ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް މިރޭ ޖަލްސާއެއް ބާއްވަން ވެސް ވަނީ ހަމަޖައްސަވައިފަ އެވެ.
މިނިސްޓަރު ޒަމީރު ވަނީ ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު ޖުލައި 2016 ގައި އެންޖީއޯޕްލާސްޓީއެއް ވެސް ހަދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިފްރާޒް
17 December 2025
މުހިންމު ނޫން ސާޖަރީ ހުރޭތަ؟
ރަދީފްއޮފިޝަލް /
17 December 2025
ގެޓް ވެލް ސޫން.