ޗައިނާ އިން ރާއްޖެ އަށް ހަދިޔާކުރި ތަކެތި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ކޮން ޝިއަންވާ އެހީގެ އެއްބަސްވުމުގައި ސޮއި ކުރަނީ.-- ފޮޓޯ: ފިނޭންސް މިނިސްޓްރީ
11 ޑިސެމްބަރ 2025 - 14:02
ހައުސިން މިނިސްޓްރީގައި މިދިޔަ އަހަރު ރޯވެ، ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ލިބު ގެއްލުންތަކާ ގުޅިގެން ޗައިނާ ސަރުކާރުން 2.8 މިލިއަން ޑޮލަރުގެ އެހީގެ ސާމާނު މިއަދު ހަދިޔާކޮށްފި އެވެ.
އަމީނީ މަގުން ހާބަރު ކެފޭތައް ކައިރީގައި ހިންގަމުން އައި ހައުސިން މިނިސްޓްރީގެ އިމާރާތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހު ރޯވެ، އެ އިމާރާތުގައި އޭރު ދެން ހިންގި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ޖެހިގެން ހުރި ގްރީން ބިލްޑިންގްގައި ހިންގި އެންވަޔަރުމެންޓް މިނިސްޓްރީގެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ.
އެހެންވެ، އެ ތިން މިނިސްޓްރީގެ މަސައްކަތްތައް ދަރުބާރުގެ އަށް ބަދަލުކޮށް މަސައްކަތް ކުރަމުން އަންނަނީ އެ ތަނުގަ އެވެ.
Today I joined Ambassador Kong Xianhua and officials from the Government of China for the handover of emergency assistance provided after the recent fire incident.
— Moosa Zameer (@MoosaZameer) December 11, 2025
My sincere appreciation to the Government and people of China for this timely support that will assist our recovery… pic.twitter.com/PAHuxMr7qN
އެ އަލިފާނުގައި ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަންނަން ޗައިނާ ސަރުކާރުން މިއަދު ރާއްޖެ އަށް ހަދިޔާކުރި އެހީގެ ޕެކޭޖުގެ ތެރޭގައި ހިމެނެނީ ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އޮފީސްތަކަށް ކޮންމެހެން ބޭނުންވާ ސާމާނާއި ފަރުނީޗަރު ފަދަ ތަކެއްޗެވެ.
ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެހީގެ ލިޔުމުގައި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ސަފީރު ކޮން ޝިއަންވާ އެވެ. ދިވެހި ސަރުކާރުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިއައު
11 December 2025
ކޮބައިތޯ ޕޮލިސް ރިޕޯޓު. އޭރުން ދޯ އިންޝުއަރަންސް ލާރިވެސް ލިބޭނީ. މިހާރު ހަމަ ގަބޫލު ކުރެވޭ ރޯވުމުގަ އެހެން ކަންކަން އެކުލެވޭ ކަމަށް
ޑޮކްޓާރ. ބަނާނާ
11 December 2025
އުފާ ވެރި ހަބަރެއް! މިފައިސާ ކޮޅަށް ހުޅުމާލޭ ގައި ރަގަޅު ފެންވަރެއް ސަރުކާރުގެ އޮފީސް ބިލްޑިންގ އެއް އިމާރާތް ކުރެވިއްޖެ ނަމަ ދެންއޮންނަ އަވަށު ބައްދަލުވުމެއްގައި ރައީސް މުއިއްޒު އަށް ޝުކުރު ދަންނަވާލަން ދާނަން! ވ ވެދުން.