އީރާނުން އެންމެ ފަހުން ދިން ހަމަލާތަކުގައި ބީރްޝަބައުގެ އިމާރާތްތަކެއް ހަލާކުވެފައި
24 ޖޫން 2025 - 08:50
އިޒްރޭލާއި އީރާނުން އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވެ އެކަން ތަންފީޒުކުރަން ފަށާނެ ކަމަށް އެމެރިކާއިން ބުނެފައިވާ ވަގުތު ޖެހުމުގެ އިރުކޮޅެއް ކުރިން އީރާނުން އިޒްރޭލަށް ފުލުފުލުގައި މިސައިލް ހަމަލާތައް ދީ ބަޔަކު މަރާލައިފި އެވެ.
އީރާނުން މީގެ ގަޑިއެއްހާއިރު ކުރިން އިޒްރޭލަށް މިސައިލް ހަމަލާތަކެއް ފޮނުވާލި އެވެ. އިޒްރޭލުން ބުނީ އެއީ މަދު އަދަދެއް ކަމަށާއި އޭގެ ނުރައްކަލެއް ނެތް ކަމަށެވެ. އެހެންވެ ބަންކަރުތަކުން މީހުން ނުކުމެ އުޅުނަސް އެންމެ ރަނގަޅު ކަމަށް އެންގި އެވެ.
⚡️Be’er Sheba pic.twitter.com/ajHQBpGaDK
— War Monitor (@WarMonitors) June 24, 2025
އިޒްރޭލަށް އީރާނުން މިއަދު ދިން ހަމަލާތަކުގައި އިމާރާތްތަކެއް ހަލާކުވެފައި
އެކަމަކު އޭގެ އިރުކޮޅެއް ފަހުން އަނެއްކާވެސް ވަނީ އީރާނުން މިސައިލްތަކެއް ފޮނުވާލިކަން އަންގައި އެންމެން އަލުން ބަންކަރަށް ވަންނަން އަންގައިފަ އެވެ.
އިޒްރޭލުން ބުނި ގޮތުގައި މި ވަގުތު ވެސް އީރާންގެ މިސައިލްތަކެއް އިޒްރޭލަށް ވަނީ ފޮނުވާލައިފަ އެވެ. އަދި އެންމެ ފަހުން ދިން ހަމަލާތަކުގައި ބީރްޝަބައު އިން އަށް މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އީރާނުން މިއަދު އިޒްރޭލަށް ހަމަލާތައް ފޮނުވާލުމާ އެކު އިޒްރޭލުގެ އާންމުން ބަންކަރުތަކަށް ވަދެ ހިމާޔަތް ހޯދަނީ. -- ފޮޓޯ: އޭއެފްޕީ
މިފަހަރު ފޮނުވާލީ ކިތައް މިސައިލް ކަމެއް އަދި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނެެތެވެ. މިހާތަނަށް މިއަދު އިޒްރޭލަށް އީރާނުން ހަތަރު ބުރެއްގެ މަތިން ވަނީ ހަމަލާތައް އަމާޒުކޮށްފަ އެވެ.
މި ހަމަލާތައް ދީފައި މި ވަނީ ޖީއެމްޓީ ގަޑިން ފަތިހު 3:00 އިން ފެށިގެން ހަމަލާތައް ހުއްޓާލަން އިޒްރޭލާއި އީރާނުން އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާނުކުރައްވާފައި ވަނިކޮށެވެ. ނަމަވެސް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގާޗީ ވިދާޅުވީ އެއްބަސްވުމެއް ނެތް ކަމަށާއި އެކަމަކު އެ ވަގުތުގެ ފަހުން އިޒްރޭލުން ހަމަލާ ނުދޭ ނަމަ އީރާނުން ވެސް ހަމަލާ ނުދޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިއީ އިޒްރޭލުން އިސްވެ ފެށި އުދުވާނެއް ކަމަށާއި އެހެންވެ އިޒްރޭލުން ހަމަލާ ނުދޭ ނަމަ އީރާނުން ވެސް ރައްދު ނުދޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާހޫރު
24 June 2025
ވަށައިގެން ފުލުފުލުން އޮޅިގެން ޙަމަލާތަކެއްނުދީ ތިޔާހޫ މަތައެއްނުކުރެވޭނެ. ވަރަށްވެސް ދެކޮޅުނުޖެހޭ ބައެއް.
687 ޔަހޫޒާ
24 June 2025
ވީ ގޮތަކީ އިޒްރޭލަށް ލިބޭ ގެއްލުން ބޮޑުވެގެން ނަތަންޔާހޫހަށް، އިޒްރޭލްގެ އެތެރޭން މާ ފިއްތުންތައް އިތުރުވީ ދެންގޮތެއް ނެތިގެން ހަމަލާތައް ދިނުން ހުއްޓާލީ އިޒްރޭލުން ހީކުރީ އެމީހުން ހަމަލާ ދިނީ އަދައިގެ ޖަމާއަތަކަށްކަން އެކަމަކު އެއީ މެދު އިރުމަތީގެ އެންމެ އަސްކަރީ ގޮތުން ބާރުގަދަ އެއްޤައުމު، އަސްލު ވީގޮތަކީ އިޒްރޭލަށް ލިބޭ ގެއްލުންތައް ބޮޑުވީމަ ބިރުގަތީ.
ފަތަންވާހޫ
24 June 2025
ރަނގަޅަށް ހިމޫން ކުރޭ. 1 ގަޑިއިރުން ވެސް އެކަން ވެދާނެ.
އުފާވެރިކަމާއެވެ.
24 June 2025
ބަރާބަރ. ފުނޑާ ވެއްޔަށް ހަދާލާ. ސުންނާފަތި އަރުވާލާ.
ސަލީމު އިދުރީސް
24 June 2025
އިޒުރޭލައް ހަލާދީގެން އިރާނަ ހަމަޖެހުމެއްނެއް! އެމެރިކާ ފަހަތުގަ ނެތި އިޒުރާއީލައް އަރަބިންނާ ކުޅޭކަން ނުކެތޭނެ! އެމެރިކާއައް ފައިސާދޭ ސައުދީގެ ހުރިހާސަހަރެއް ބިމާހަމަ ކޮއްލާ! ސައުދީދަނީ ފާޅޫގަ އަރަބިން ބޮލައް ބޮންއަޅައް އެމެރިކާއާ އެހީތެރި ވަމުން! އެމެރިކާއިން ހަމަލާތައް ހުންޓާލަނީ އިރާނުގެ ސަރުކާރު ވައްޓާލަން ރައްޔިތުން މަގުމައްޗައް ނެރެން!
އަފްރާސިޔާބު
25 June 2025
ބަލަ ސަލީމޫ. އަރަބީން ބައިވެރިވީ އިސްރާއީލާއޭ. އެމީހުންތިބީ އެމީހުންގެ އެބައި މީހުންގެ ޖާހު ކަމުގައިވާ އުސްއިމާރާތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނީ އިސްރާއީލާ ގުޅުން ބަދަހިކޮށް ފައިސާ އޮއްސައިގެން ކަމަށް. ކޮންމެހެން އިސްލާމީ އުންމަތަށް ހެވެއް އެދިގެނެއްނޫން. އަރަބީން ޕާކިސްތާނަށް އެހީތެރިވެ ދިނުމަށްވުރެ ބޮޑަށް އިންޑިއާ އަށްވެސް އެހީތެރިވޭ. އަހަރަކު 16- 17 ބިލިއަން ޑޮލަރު އިންޑިޔާގައި އިންވެސްޓްކުރޭ. ޕާކިސްތާނަށް އަހަރަކު ބިލިއަނެއްވެސް ނުދޭ.
ރަދީފްއޮފިޝަލް / .
24 June 2025
ބަރާބަރު ، ވަރަށް ރަނގަޅު ނިންމުމެއް.