ހަމަލާތައް ހުއްޓާލުމުގެ ކުރިން އީރާނުން އިޒްރޭލަށް އޮއްސާލި މިސައިލްތަކުން ބޮޑެތި ގެއްލުންތަކެއްވެ، މަދުވެގެން ހަތަރު މީހަކު މަރުވި. ޓްރަމްޕު ވަނީ އަލުން އެއްވެސް ބަޔަކު ހަމަލާ ނުދޭން އެދިވަޑައިގެންފައި.
އިޒްރޭލަށް އީރާނުން މިއަދު ދިން ހަމަލާތަކުގައި ހަލާކުވި އިމާރާތެއްގެ ކައިރީގައި ސިފައިން ހަރަކާތްތެރިވަނީ. -- ފޮޓޯ: އޭއެފްޕީ
24 ޖޫން 2025 - 11:05
އިޒްރޭލާއި އީރާނުން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ "އެއްބަސްވުން" މިހާރު ތަންފީޒުވާން ފަށާފައިވާ ކަމަށާއި އެހެންވެ ދެ ފަރާތުން ވެސް އެގޮތުގައި ތިބުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ގޮވާލައްވައިފި އެވެ.
ޓްރަމްޕު ސޯޝަލް މީޑިއާގައި މިހެން ވިދާޅުވީ ޖީއެމްޓީ ގަޑިން ރޭ ފަތިހު 3:00 އިން ފެށިގެން ހަމަލާތައް ހުއްޓާލުމަށް އީރާނާއި އިޒްރޭލުން ވެސް އެއްބަސްވިކަން އޭނާ އިއުލާނުކުރެއްވިތާ އިރުކޮޅެއް ފަހުން އީރާނުން ފަސް ވަރަކަށް ފަހަރު އިޒްރޭލަށް ހަމަލާތައް ފޮނުވާލި ފަހުންނެވެ.
އެންމެ ފަހުން ދިން ހަމަލާތަކުގައި އިޒްރޭލުން މަދުވެގެން ހަތަރު މީހަކު މަރުވެފައިވާކަން ވަނީ ކަށަވަރުވެފަ އެވެ.
ޓްރަމްޕް އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ވިދާޅުވީ "ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން މިހާރު ތަންފީޒުވާން ފަށައިފި" ކަމަށެވެ. އަދި އިޒްރޭލާއި އީރާނުން ވެސް އެއްބަސްވުމަށް އަމަލުކުރުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
އިޒްރޭލަށް އީރާނުން ހަމަލާދޭން ފެށުމުން މިއަދު އާންމުން ބަންކަރުތަކަށް ވަދެ ހިމާޔަތް ހޯދަނީ. -- ފޮޓޯ: އޭއެފްޕީ
އީރާންގެ ދައުލަތުގެ މީޑިއާއިން ވެސް ބުނި ގޮތުގައި މިއަދު ހެނދުނު ފޮނުވާލި މިސައިލްތަކަކީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ކަނޑައަޅާފައިވާ ވަގުތުގެ ކުރިން ފޮނުވާލާނެ ފަހު މިސައިލްތެކެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގާޗީ ވިދާޅުވެފައިވަނީ އެއްބަސްވުމެއް ނެތް ކަމަށާއި އެކަމަކު އިޒްރޭލުން ހަމަލާ ނުދޭ ނަމަ އީރާނުން ވެސް ހަމަލާ ނުދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އިސްވެ ހަމަލާދޭން ފެށީ ވެސް އިޒްރޭލުން ކަމަށާއި އެހެންވެ އިޒްރޭލުން އެކަން ހުއްޓާލާ ނަމަ އީރާނުން ހަމަލާ ދިނުމުގެ ނިޔަތެއް ނެތް ކަމަށެވެ.
އިޒްރޭލުން އީރާންގެ ނިއުކްލިއާ އަދި އަސްކަރީ މަރުކަޒުތަކަށް ހަފުތާއެއް ވަންދެން ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައި ވަނިކޮށް އެމެރިކާ ވެސް އިޒްރޭލާ ބައިވެރިވެރިވެ ނިއުކްލިއާ ތިން މަރުކަޒަކަށް ވަނީ ބޮން އަޅައިފަ އެވެ. އެއާ އެކު އީރާނުން ވަނީ އެކަމުގެ ބަދަލުހިފުމަށް، ގަތަރުގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ރޭ ހަމަލާ ދީފަ އެވެ. އެ ހަމަލާއާ އެކު މަސްރަހު ވަރަށް ބޮޑަށް ނާމާންވެ ގައުމުތަކުން ވަނީ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް ގޮވާލައިފަ އެވެ.
އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގައި 400 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު އީރާނުން އިޒްރޭލަށް ހަމަލާ ދިނުމުން ވެސް ވިއްސަކަށް މީހުންނަށް ވުރެ ގިނައިން މަރުވެފައިވާ ކަމަށް ވަނީ ބެލެވިފަ އެވެ. އިޒްރޭލުން ވަނީ އީރާންގެ ހަމަލާތަކުގައި ލިބޭ ގެއްލުމާއި މަރުވާ މީހުންގެ އަދަދު ފަދަ މައުލޫމާތު ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަދަސ
24 June 2025
ޔަހޫދީންގެ ނަމުގައި މިއުޅޭ ޒައިނިސްޓުންގެ ކިބައިން ދީނީ ކަންފުޅެއް ވެސް ނެތް.
ފޫހި
24 June 2025
ރަނގަޅު އިޒްރާއީލް ހަމަ ގާޒާ އަށް ހަދާލާތި. ނަތަންޔާހޫ ހީކުރީ އީރާނުގެ ސައިންޓިސްޓުން ޝަހީދުކޮށްލާފަ ކުރީފަހަރުތައް ފަދައިން އީރާނުން މިސައިލެއް ފޮނުވާލާފަ ނިންމާލާނީކަމަށް. އޭނަ ބިރުގަތީ. ދޫނުދޭތި
ޕްލޭ ގްރައުންޑް
24 June 2025
މިކަންތަކުގެ ކުރު ހުލާސާ: ކުޅެން އުޅެފަ އެތަނުން އެންމެ ބޮޑު، ފަލަ ކުއްޖާ އޭނާގެ ފޫބުޑުގަ އުޅޭ ޕާރޓްނަރ ލައްވާ އެހެން ކުއްޖެއްގައިގަ ތަޅުވާ، މަންޒަރު ބަލާފަ ހޭން ހުރެފަ، ފައިން އެތިފަހަރެއް ޖަހާފަ އެބުނީ އާނދެން ނިމުނީއޭ. އަނިޔާ ލިބުނު ކުއްޖާ ރޮމުންރޮމުން ގެޔަށް ދަމުން ބަލަން ތިބި ކުދިން ތެރެއިން ބޮޑު ކުއްޖާގެ ރައްޓެއްސަކާ ދިމާލަށް އަތް ހޫރުވާ ލައްވައިވެސް ނުލާ އެ ދިޔައީ.
ދަ އެނަލިސްޓް
24 June 2025
ހަމަލާތަކުން އެއްވެސް ފަރާތަކަށް ކާމިޔާބެއް ނުލިބޭ. ދެފަރާތަށްވެސް ލިބުނީ ގެއްލުން. އެކަމަކު ކޮންމެ ފަރާތަކުންވެސް ބުނާނީ ކާމިޔާބު ލިބުނީ ތިމަންމެންނަށޭ. އީރާނުގެ ސައިންޓިސްޓުންނާ އިންޖިނިއަރުންނާ އަސްކަރީ ކޮމާންޑަރުން ޝަހީދުވިއިރު އިޒްރޭލުގެ ހަމަލާތަކުން އީރާނުގެ ނިއުކްލިއަރ މަރުކަޒުތައް ހަލާކު ނުކުރެވުނު ތަނުގަ އީރާނާ މެދު އިޒްރޭލުގައި ބިރުވެރިކަން އުފެދި އިޒްރޭލަށް ސަލާމަތެއް ނެތްކަން އެނގިގެން މިދިޔައީ.
ސަދﷲ
24 June 2025
މިކޮމެންޓުން ވެސް އެނގެނީ ލިޔުންތެރިޔާ ވެސް ޤަބޫލު ކުރާ ގޮތުގައި ކާމިޔާބު ލިބުނީ އީރާނަށްކަން.
އަސަރު68
24 June 2025
މަށެއް ތިކަމަކާ އެއްބަހެއް ނުވާނަން. އެކަމަކު އެނގޭ މަ އެއްބަސް ނުވިޔަސް ތިމީހުން ކުރާކަމެއް ކުރާނެކަން. އެއްވުރެ މާ ޖައްބާރު ނުބައިނުލަފާ ބައެއްކަންވެސް އެނގޭ. އެކަމަކުވެސް އެބަބޭނުންވޭ އިސްވެ ހަމަލާދިން އިޒްރޭލަށާ އެމެރިކާއަށް ވަރުގަދަ، ހިތުން ނުފިލާވަރުގެ ހަމަލާއެއް ދޭންޖެހޭ. މުޅިއުމުރަށް އެހަނދާނުގާ ތިބޭވަރުކުރަން ޖެހޭ. ފަލަސްތީނުން ޝަހީދުކުރި ފަސްދޮޅަސްހާސްމީހުންގެ ބަދަލުގާ ހަމައެވަރަށް އިޒްރޭލުން މީހުންމަރަންޖެހޭ. އޭގެ ފަހުގާ އެއްބަސް.
ތައްޕަޅޭ
24 June 2025
ސާބަހޭ މުސްލިމުންގެ ލީޑަރ އާޔަތުﷲ ހާމަނާއި މަނިކުފާނައް ސެލިއުޓްކުރަން ޓުރަންޕް ހީކުރީ އީރާނައް ހަމަލާދިނީމަ ފަހަތައްޖެހޭނެކަމައް އީރާނުން ރައްދު ހަމަލާ ދިނީނަ ލާގެން ހުރި އެއްޗައް ރެވުނީ ދޯ. އީރާނުން މުސްލިމުންގެ ދިފާއުގަ ކުރާ ހަންގުރާމާގައި ނަސްރުދެއްވައި ކާމިޔާބު މިންވަރުކުރައްވާށި އާމީން.
ފިނޑި ޓްރަމްޕް
24 June 2025
ބޮޑާ ކަމާއެކުވެސް ފިނޑި ގާހަކައެއް ޓްރަމްޕަކީ. އިއްޔެ އޭނާ ޕްލެއިންކުރީ އިރާނުގެ ވެރިކަމަށް ގެންނާނެ މީހަކާމެދު. މިއަދު ރާގު ބަދަލުވީ ޕާކިސްތާނުން ހޯދައިދޭން އުޅޭ ފާޑެއްގެ ނޯބެލް އިނާމެކޭކިޔާއެއްޗަކަށް ދަހިވެތިވީވަރުންކަމަށް ބެލެވެނީ. އެކަމަކު ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކަށް ކުޑަވެސް ހުއްޓުމެއްނާދޭ. އެބަމީހުންގެ އެއްވެސް އާރެއްބާރެއް ނެތަތީ ހިތުހުރިގޮތެއް ހަދަމުންދާއިރު ދުނިޔެއޮތީ އެއް ލޮލުގައި އަތްއަޅާ އަނެއްލޮލުން ބަލަން.
567 ފަނާރު
24 June 2025
ނިންމާނެކަމެއް ނެތް އިޒްރޭލާ، އެމެރިކާއިން އިސްވެ އިރާނަށް ހަމަލާދިނީ މިހާރު ނިންމުމުގެ ބާރު އޮންނާނީ އީރާނު އަތުގައި، މިފަހަރު ޖެހޭނެ އިޒްރޭލް ފުނޑާލަން ގާޒާއަށް ހަދާގޮތެއް އީރާނަކަށް ނުހެދޭނެ، ހަމަ ފުނޑާލާ އެއުޅެނީ ބަލިވާތީ އަވަހަށް ހަނގުރާމައިން ރެކެން ވެގެން އެއްގޮތަކަށްވެސް ދޫނުދޭތި.
އަންޏަސް
24 June 2025
ހަނގުރާމައިން އެއްވެސް ބަޔަކަށް ފައިދާ އެއްނުވާނެ
ޗޫޤީ
24 June 2025
ހޫނ، ދެން މީނަ ބުނީމަތަ ހަނގުރާމަތައް ފައްޓާފައި ނިންމަންވީ؟ ކިހާދެރަކަމެއްތަ ޓުރަމްޕޫ. ނޯބެލް ސުލްހައިގެ އިނާމު ހޯދަންވެސް މިއުޅެނީ ތަންތާ ފިތުނައިގެ ހުޅު ރޯކޮށްފައި އެފިތުނައިގެ އަލިފާން ނިއްވައިގެންދޯ. ދުނިޔޭގައި އުޅެން އެބައެނގޭ ޓުރަމްޕަށް.