ދުނިޔެ / ރައީސް ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕު ރުޅިގަދަވުމުން އިޒްރޭލުން އީރާނަށް ރަމްޒީ ހަމަލާއެއް ދީ މައިތިރިވެއްޖެ

އީރާނުން އެއްބަސްވުމާ ހިލާފުވުމުން ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނުމަށް ފަހު އިޒްރޭލުން ރަމްޒީ ހަމަލާއެއްދީ އެއްބަސްވުމަށް ރުޖޫއަވީ ކަމަށް ވަނީ ބުނެފައި

ހަމަލާ ބަދަލުކުރުން ހުއްޓާލަން އީރާނާއި އިޒްރޭލުން ވީ އެއްބަސްވުމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ

24 ޖޫން 2025 - 17:46

10 comments

ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އިޒްރޭލާއި އީރާން ވެސް ހިލާފުވި ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ރުޅިވެރިކަމާ އެކު ވާހަކަ ދެއްކެވުމަށް ފަހު އިޒްރޭލުން އީރާނަށް އަލުން ވަރުގަދަ ހަމަލާއެއް ދިނުމަށް ހުރަސްއަޅުއްވައި މައިތިރިކޮށްފި އެވެ.

ނޭޓޯގެ ސަމިޓަކަށް ދަތުރުކުރައްވަމުން ގެންދަވާ އުމުރުން 79 އަހަރުގެ ޓްރަމްޕު އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި މީގެ އިރުކޮޅެއް ކުރިން ލިޔުއްވާފައިވާ ގޮތުގައި "ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މިހާރު އަންނަނީ ތަންފީޒު ކުރަމުން" ނެވެ.

"އިޒްރޭލުން އީރާނަށް ހަމަލާއެއް ނުދޭނެ. ހުރިހާ ބޯޓުތަކެއް، އީރާނަށް އެކުވެރިކަމުގެ ސަލާމަކަށް ފަހު އަނބުރާ ދާނެ. އެއްވެސް މީހަކަށް އަނިޔާއެއް ނުވާނެ،" ޓްރަމްޕު ލިޔުއްވާފައިވެ އެވެ.

ޓްރަމްޕު މިހެން ލިޔުއްވުމުގެ ކުޑައިރުކޮޅެއް ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އިޒްރޭލާއި އީރާން ވެސް އެއްބަސްވުމާ ހިލާފުވި ކަމަށެވެ. ވައިޓް ހައުސްގެ ގޯތިތެރޭގައި ހުންނަވައި ޓްރަމްޕް ވިދާޅުވީ އީރާނާއި އިޒްރޭލު ކުރިމަތިލުންތައް ވަރުގަދަ ކަމަށާއި އެ ކުރިމަތިލުންތަކަށް މާ ގިނަ ދުވަސް ވެއްޖެ ކަމަށެވެ. އަދި ވިދާޅުވީ އެ ދެ ގައުމަށް މި ކުރެވެނީ ކީއްކަން ވެސް ނޭނގޭ ކަމަށެވެ.

އީރާނުން އެއްބަސްވުމާ ހިލާފުވި އިރު އިޒްރޭލުން ވެސް ހިލާފުވި ކަމަށާއި އެހެންވެ އިޒްރޭލާއި އީރާނާ މެދު ވެސް ހިތްހަމަނުޖެހުން އެބައޮތް ކަމަށް ޓްރަމްޕު ވިދާޅުވި އެވެ.

"... އެކަމަކު އިޒްރޭލުން އަނެއްކާ ނުކުމެ ފަށައިގެންފި ނަމަ އަޅުގަނޑު އިތުރަށް ހިތްހަމަނުޖެހޭނެ."

"އަޅުގަނޑު އެބަ ޖެހޭ އިޒްރޭލު މައިތިރިކުރަން،" އޭނާ ވިދާޅުވި އެވެ. "އެއްބަސްވުމަކާ ހަމަޔަށް އާދެވުމާ އެކު އިޒްރޭލުން ގޮސް މީގެ ކުރިން ނާޅާ ވަރަށް ބޮން އަޅައިފި."

އިޒްރޭލުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓްރަމްޕުގެ އެންގެވުމަށް އިޒްރޭލުން ވަނީ އީރާނުން މިއަދު އެއްބަސްބުމާ ހިލާފަށް ދިން ކަމަށް ބުނާ ހަމަލާތަކުގެ ބަދަލު ހިފުމަށް ދޭން އުޅުނު ވަރުގަދަ ހަމަލާތަކުގެ ބަދަލުގައި ރަމްޒީ އެންމެ ހަމަލާއަކުން ނިންމާލައިފަ އެވެ.

މިގޮތަށް ނިންމީ ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފޯން ކޯލަކަށް ފަހު ކަމަށް ވެސް ބުނެފައިވެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ

މީޑިއާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި އިޒްރޭލުން ރަމްޒީ ހަމަލާއެއް ދިނީ އީރާންގެ ރާޑަ ސްޓޭޝަނަކަށެވެ. އަދި އެ ހަމަލާއަށް ފަހު، ހަމަލާ ބަދަލުކުރުމުގެ އެއްބަސްވުން މިހާރު ތަންފީޒުވަމުން އަންނަ ކަމަށް ވެސް އިޒްރޭލުގެ މީޑިއާއިން ވަނީ ބުނެފަ އެވެ.

އޭގެ ފަހުން ނަތަންޔާހޫގެ އޮފީހުން އެކްސްގައި ކުރި ޕޯސްޓްތަކެއްގައި ވަނީ ރާޑަރު ސްޓޭޝަނަކަށް ހަމަލާދިނުމަށް ފަހު، ހަމަލާތައް މި ހިސާބުން ނިމުނީ ކަމަށް ބުނެފަ އެވެ. އެ ޕޯސްޓްތަކުގައި ބުނެފައިވާ ގޮތުގައި ހަމަލާތައް ހުއްޓާލުމަށް ކަނޑައެޅި ވަގުތުގެ ހަ މިނެޓް ފަހުން އީރާނުން މިސައިލެއް ފޮނުވާލި އެވެ. އަދި އޭގެ ތިން ގަޑިއިރު ފަހުން އިތުރު ދެ މިސައިލް ފޮނުވާލި ކަމަށާއި އެކަމަކު އެ މިސައިލްތައް ވަނީ އިންޓަސެޕްޓްކޮށް ނުވަތަ އޭގެ ޒާތުގައި އަމިއްލައަށް ވެއްޓިފައި ކަމަށް ބުންޏެވެ.

އެހެންވެ އެ މިސައިލްތަކުން އެއްވެސް ގެއްލުމެއް އިޒްރޭލަށް ނުވާ ކަމަށާއި އެކަމަކު އޭގެ ކުރިން އިޒްރޭލަށް އީރާނުން މިއަދު ދިން ހަމަލާތަކުގައި ހަތަރު މީހަކު މަރުވި ކަމަށް ބުންޏެވެ. މީގެ އިތުރުން ހަނގުރާމައިގެ މަގްސަދު ހާސިލްވެއްޖެ ކަމަށާއި ޓްރަމްޕުގެ ފޯންކޯލްގައި އެކަމަށް ޝުކުރު އަދާކުރެއްވި ކަމަށް ވެސް ނަތަންޔާހޫގެ އޮފީހުން ބުންޏެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޓްރަމްޕު ވަނީ އީރާންގެ ވެރިކަން ބަދަލުކުރަން އެމެރިކާއިން މަސައްކަތް ނުކުރާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

10 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 62%
icon sad icon sad 8%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިއްލި

25 June 2025

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޓްރަމްޕު ވަނީ އީރާންގެ ވެރިކަން ބަދަލުކުރަން އެމެރިކާއިން މަސައްކަތް ނުކުރާ ކަމަށް ވެސް ވިދާޅުވެފަ އެވެ. ޓައްޕުގަނޑު ނިކަން ހަނ...!

The name is already taken The name is available. Register?

ސަލީމު އިދުރީސް

24 June 2025

ހަނގުރާމާގަ އިރާނައް ގެއްލުންވީ އިރާނުގެ ގައްދާރުން ހެސްކިއާފަ އިޒުރޭލައް ޖާސޫކޮއްދިނީމަ! ޖެހިޖެ ޖެހިޖެހިގަން ދެކޮމާންޑަރުން މަރާލުމުން އެއީ އީރަނައް އިޒުރޭލައް ހަމަލާދިނުމުގަ އެތައް އުދަގުތަކެއް ކުރިމަތި ވާނެކަމެއް! އެމިހުން އުންމީދު ކުރަނީ ހަމަލާ ބަދަލު ކުރުން ހުއްޓލީމަ އިރާނު ރައްޔިތުން ނިކުމެ ވެރިކަން ވައްޓާލާނެ ކަމައް!ގައްދާރުނައް އެއްގޮތަކައްވެސް އެފުރުސަތު ދީގެއްނުވާނެ!މިކަން އިދިކޮޅައްނިމި އިޒުރޭލުގެ ވެރިކަން ވެއްޓުން އަޅިގަނޑު އުންމީދަކީ

The name is already taken The name is available. Register?

1111111

25 June 2025

ދިވެހި ކުލާހަކަށް ދާންވީނު

The name is already taken The name is available. Register?

ކުކުޅޭ

25 June 2025

ސާބަހޭ ސަލީމުބޭ..

The name is already taken The name is available. Register?

ތިންތިން

24 June 2025

ތުންބައްދައިގެން ހުންނާނެކަމެއްނެތް. ކަލޭމެން ނުދަނެތިއްބައި ހަނދާންހުންނަވަރުގެލަގާއެއް އަދިދޭނެހެން ވަރަށްހީވޭ.

The name is already taken The name is available. Register?

އައިމިނާ

24 June 2025

ގައުމު ނުހިންގި ހަނގުރާމަ ކާމިޔާބުނުވެ ކަތިވަޅި ގެއްލި މަރިޔަނބުވެސް ގެއްލޭނެ.

The name is already taken The name is available. Register?

އައިމިނާ

24 June 2025

ވެރިކަމަށްއައިސް އެމެރިކާ ހަމައަކަށް ނޭޅިގެން އުޅެނިކޮށް ބޮޑު ހަނގުރާމައެއްގެތެރެއަށް މިވަނީ. ރައްޔިތުން ކިހާ ރުޅިގަދަވާނެ.

The name is already taken The name is available. Register?

ށސ11

24 June 2025

ކަލޭމެން ހާދަ މޮޔައޭ. އެމެރިކާ އަޑީގައޮތީ މާ ނޫންކަމަށްހެދިފަ.

The name is already taken The name is available. Register?

ޑައުންޑައުން

24 June 2025

ޓްރަމްޕް އިސްތިއުފާ އެމެރިކާ ޑައުން ޑައުން ޑައުން ޑައުން ޑައުން

The name is already taken The name is available. Register?

އިހްސާސް

24 June 2025

ޓުރަމްޕު ބިރުގަތީތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454