އާރްޓީއެލް ފެރީއެއް. ރ އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް މާދަނީ ފަށަނީ
25 ޖޫން 2025 - 11:02
މުޅި ރާއްޖޭގައި ހައި ސްޕީޑް ފެރީގެ ގޮތުގައި "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް)ގެ ނަމުގައި ފެށި ފެރީ ހިދުމަތް މާދަމާ ރ. އަތޮޅުގައި ފަށަން ނިންމައިފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ، އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ދަށުން މާދަމާއިން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހާ ހަމައަށް އެ އަތޮޅުގެ ރައްޔިތުންނަށް ހިލޭ ދަތުރުތައް ކުރެވޭނެ ކަމަށެވެ.
އެއަށް ފަހު އާރްޓީއެލްގެ ހިދުމަތް ލިބޭނީ ޓިކެޓް ގަނެގެންނެވެ. ޓިކެޓް ނަގަން ޖެހޭނީ އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ.
ޒޯން 2 ގައި ހިމެނޭ ރ. އަތޮޅުގައި ދަތުރު ފަށާއިރު އެ ޒޯނުގައި ހިމެނޭ ޅ. އަދި ނ. އަތޮޅުގައި މިހާރު ވެސް ފެރީގެ ހިދުމަތް އަންނަނީ ދެމުންނެވެ.
ރ. އަތޮޅާ އެކު އާރްޓީއެލް ހިދުމަތް ދޭ އަތޮޅުގެ އަދަދު 10 އަށް އަރާނެ އެވެ.
އާރްޓީއެލްގެ ހިދުމަތް ދޭން ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެ މަޝްރޫއު ގެންދަނީ ތިން ފޭސްއަކަށް ބަހާލައިގެން ހަ ޒޯނެއް ކަނޑައަޅައިގެންނެވެ.
އެ ޕްރޮޖެކްޓަށް 800 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިބްރާހިމް އަލީ ހާލިދު
25 June 2025
ކުރީ ސަރުކާރު މިފަހަރު ބުނެލަންކެރޭނެބާ؟
ފެރީ
25 June 2025
ބ. އަތޮޅުގައި އޮންނަނީ ވިޔާފާރިތަކަށް މުދާއުފުލާ ފެރީއެއް. އެއީ މުދާފެރީ. އެއީ ދަތުރުކުރަން ހެޔޮވާވަރުގެ އެއްޗެއްނޫން. މުދަލާއިގެން އޮންނަނީ ތޮއްޖެހިފަ
އހ
25 June 2025
އާރުޓީއެލް އެހެން އަތޮޅުތަކަށޭ ކިޔާ ފަށާއިރު މި ވެރިކަން އައި ފަހުން ސާރވިސްނުކޮށް އަޑީތެގޮ ބަދަލުނުކުރުމުން 10 އާރުޓީއެލް ފެރީވަނީ ގުރައުންޑް ކޮށްފާ ނަތީޖާއެއްގެ ގޮތުން ކުރިން ކޮންމެ ދުވަހަކު ބޭއްވި ފެރީ ހަފްތާއަކު ތިންދުވަހަށް ބަދަލުވެ އެއަށް ބަރޯސާ ނުވެވޭވަރަށް ޓެކްނިކަލް މައްސަލައެކޭ ކިޔާ ފެރީތައް އޮންނަ ދުވަސް ދުވަހުވެސް ކެންސަލް ކުަރަނީ. މީޑިއާ ރަންގަޅަށް މިބަލާބަލަ. މިއަދުވެސް އެތައް ފެރީއެއް ކެންސަލް
އަހާ
26 June 2025
ބަލާބަލަ ތިޔަ ރަށުގައި އަމިއްލަ ބަޔަކު ފެރީ ކުރޭތޯ. އަދި ކައުންސިލާ ގުޅުމެއް އޮންނަ ބައެއްތޯ އެކަން ކުރަނީ. އެހެންވިއްޔާ އަބަދުވެސް ޓެކްނިކަލް މައްސަލަ ދިމާވާނެ.