މިނިވަން ދުވަހުގެ މުނާސަބަތުގައި މިދިޔަ އަހަރު ސިފައިންގެ ޕެރޭޑެއް ބާއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
25 ޖޫން 2025 - 10:44
މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން އިތުރު އެއް ދުވަހަށް ސަރުކާރު ބަންދުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
މިނިވަން ދުވަސް ކަމަށްވާ ޖުލައި 26 މި ފަހަރު ދިމާވަނީ ހޮނިހިރު ދުވަހާ ކަމަށް ވާއިރު އެ ދުވަހުގެ މުނާސަބަތުގައި ބަންދު ދުވަހެއްގެ ގޮތުގައި ލިބެނީ މިހާރު ކަލަންޑަރުގައިވާ ގޮތުން 27 ވާ އާދިއްތަ ދުވަސް އެކަންޏެވެ.
އެކަމަކު، ރައީސް އޮފީހުން މިއަދު ބުނީ، މި ފަހަރުގެ ޖުލައި 26 ވަނަ ދުވަހަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ ދުވަސް ކަމަށް ވާތީ އިތުރު ކަންކަން ކުރިއަށް ގެންދާތީ ޖުލައި 28 ވާ ހޯމަ ދުވަސް ވެސް ބަންދުކުރަން ރައީސް ނިންމެވީ ކަމަށެވެ.
އެހެންވެ، އެ ނިންމެވުމާ އެކު މި ފަހަރުގެ މިނިވަންދުވަހާ ގުޅިގެން ހަތަރު ދުވަހަށް ސަރުކާރު ބަންދު ވާނެ އެވެ.
ރައީސް އޮފީހުން ބުނީ، މިނިވަންކަމަށް 60 އަހަރު ފުރޭތީ ގިނަ ހަރަކާތްތަކެއް ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ.
މިނިވަން ދުވަހުގެ ބަންދަށް ފަހު ސަރުކާރުގެ އޮފީސްތައް ހުޅުވާނީ ޖުލައި 29 ވަނަ ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިޝާފުޅު
26 June 2025
ސްކޫލް ގެ ފުރަތަމަ ޓާރމް ގެ ޗުއްޓީ ދުވަހެއް އެއީ. އެހެންވެ ބަންދު ކުރީ
ޔާސީން.
25 June 2025
ޝުކުރިއްޔާ ރައީސް. އާއިލާ އާއެކު ވަގުތު ކޮޅެއް ހޭދަކޮށްލަން އަދި މިނިވަމްދުވަހުގެ ހަރަކާތްތައް ބަލާލަން ވަގުތުކޮޅެއް އިތުރަށް މި ލިބުނީ
ރީމާ.
25 June 2025
ރަނގަޅު ދުވަހެއް މި ބަންދު ކުރީ
ހުސެން ފަރީދު
25 June 2025
ސަޅި އިނގޭ ރައީސް
ހެހެހަހަ
25 June 2025
މޯދީ އަށްޓަކައި..
އަޒީބެ
25 June 2025
ކޮބާ މީރާއިން ޓެކްސް މުއްދަތު ލަސްނުކުރޭ ތޯ؟ ޗުއްޓީއަށް ދާން ޖެހެނީ ހަމަ ވަކި ބަޔަކުތޯ؟
ރާނީނޫރު
25 June 2025
މިއީ ޒިންމާދާރު ގޮތެއްބާ؟؟
ރާނީ އަލި
25 June 2025
ވަރަށް ޣައިރުޒިންމާދާރު ނިންމުމެއް..
އާލިމްބެ
25 June 2025
މާދަމާ މީ ޖުލައި26 އެއީ ބުރާސްފަތި ދުވަސް ނުބައި ކަލަންޑަރެއް ތޯ ތި ބަލަނީ
ދަންބި
25 June 2025
މީ ޖޫން މަސް އިގޭތޯ
ސުހާނާ
25 June 2025
މާދަމާއަކީ ޖުލައި 26 ދުވަހެއް ނޫން. މާދަމާގެ 1 މަސްދުވަސް ފަހުން ޖުލައި 26 ވަނަ ދުވަސް މިއަހަރު އަންނާނީ. މާދަމާއަކީ ޖޫންމަހުގެ 26 ވަނަ ދުވަސް. ހަމަހޭގައިތަ ތިޔަ ހުރީ؟
މީމާ
27 June 2025
މާ އަވަހަކަށް ސަރުކާރު ބަންދު ނުކުރެވިގެން އުޅޭތީވެ މަސް ވެސް އޮޅުނީ ދެއްތޯ
ހޭޖެހޭ ދިވެހިންގެފަރާތުން
25 June 2025
ޝުކުރިއްޔާ ރައީސް. ޝުކުރިއްޔާ
މުރާސިލް
25 June 2025
ރައީސް މުއިއްޒުގެ ތިޔަ ހުންނަނީ ކޮން ކަހަލަ ވިސްނުންގުޅެއް ހެއްޔެވެ؟ ޤައުމުގެ އިޤްތިސާދު ދައްވެ ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެފައިވާ މިދަނޑިވަޅުގައިވެސް ރައީސް ތިޔަ ބޭނުންފުޅުވަނީ ސައުކާރުގެ މުއައްޒަފުންނަށް ޗުއްޓީދީ، އިޤްތިސާދީ މަސައްކަތްކުރަން ލިބޭދުވަސްތައް މަދުކޮށް މަޖާނަގާށެވެ. މިނިވަންދުވަހާއިއެކު 3 ދުވަސް ބަންދުވީމާވެސް އަދިވެސް މަދީ ތޯއެވެ. މިކަހަލަ ވެރިންނަށް ޤައުމެއް ނުހިންގޭނެއެވެ.