ދަރިފުޅަށް ބުލީކޮށް، އަނިޔާ ކޮށްފައި-- ފޮޓޯ: ކުއްޖާގެ ބައްޕަ
25 ޖޫން 2025 - 11:08
ސްކޫލެއްގައި ދަރިވަރަކަށް ބުލީ ކުރި މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި އެވެ.
އެ ހާދިސާ ހިނގާފައި ވަނީ އަތޮޅުތެރޭގެ ސްކޫލެއްގައި ފިރިހެން ދަރިވަރުންތަކެއްގެ މެދުގަ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ވިދާޅުވީ ދަރިވަރުންތަކެއް އެހެން ދަރިވަރަކަށް ބުލީކުރި މައްސަލައެއް މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އަދި ފުލުހުން ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.
ބުލީގެ ޝިކާރައަކަށްވީ ކުއްޖާގެ ބައްޕަ ސޯޝަލް މީޑިއާގައި ވަނީ އޭނާގެ ދަރިފުޅަށް ސްކޫލުގައި ދިމާވި ކަންތައް ހިއްސާކޮށް ޕޯސްޓެއް ލިޔެފަ އެވެ.
ކުއްޖާގެ ބައްޕަ ބުނީ ދަރިފުޅަށް ސްކޫލުގައި އަނިޔާކޮށް ބުލީކޮށްފައިވާ ކަމަށް ބުނެ ފޯނު ކޯލެއް ލިބުމާ އެކު ސްކޫލަށް ދިޔަ ކަމަށެވެ. އޭރު ގޮސް ބެލި އިރު ދަރިފުޅުގެ ގައިގެ އެކި ތަންތަނުގައި ވަކި އަޅައި، ލޭ އައިސްފައި ހުރި މަންޒަރު ފެންނަ ފޮޓޯ ކުއްޖާގެ ބައްޕަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.
އޭނާ ބުނީ ދަރިފުޅަށް އަނިޔާކުރީ ދަރިފުޅުގެ ކްލާހުގައި އިންނަ އެހެން ކުއްޖަކު ކަމަށެވެ.
"އެންމެ ހައިރާންވީ ސްކޫލުން އަމަލުކުރި ގޮތުން. ސްކޫލުން ގަބޫލުކުރި، ދަރިފުޅަށް ބުލީކުރާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް. އެކަމަކު ބުނީ ދަރިފުޅު އެކަން ސްކޫލަށް ރަސްމީކޮށް އަންގާފައި ނުވާ ކަމަށް،" ޕޯސްޓުގައިވެ އެވެ.
ސްކޫލުން ދިން ޖަވާބާމެދު ހިތްހަމަނުޖެހުން ފާޅުކުރަމުން ކުއްޖާގެ ބައްޕަ ބުނެފައި ވަނީ ސްކޫލުތަކުގައި ހިނގާ އެފަދަ ކަންކަން ހުއްޓުވުމާއި ކުދިން ރައްކާތެރި ކުރުމަކީ ސްކޫލުގެ ޒިންމާއެއް ކަމަށެވެ.
ދަރިފުޅަށް އިންސާފު ލިބެންދެން މަސައްކަތްކުރާނެ ކަމަށާއި އެއްވެސް އިދާރާއަކުން އިންސާފު ނުލިބިއްޖެ ނަމަ "އަމިއްލައަށް ވެސް އިންސާފު ހޯދާނެ" ކަމަށް ކުއްޖާގެ ބައްޕަ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސާމ
27 June 2025
ނުލަފާވެގެން އުޅޭ ކުދިންނަށް ވަކިން ކިޔަވާދީ މަސައްކަތް ދަސްކޮއްދޭން އިސްލާހިއްޔާއެއް އަލުން ހުޅުވަންވީ. އޭރުން ވިޔާނުދާވެގެން މަގުމަތީ ބިއްޖެހިފަ ތިބޭކުދިން ވެސް މަދުކުރެވޭނެ
ކިހާބޮޑުކަމެއް
25 June 2025
ހޯމް ސްކޫލިންގ އަށް ފުރުސަތު ދޭން ޖެހޭ އެއް ސަބަބު! މިކަހަލަ ...... ކުދިންނާ މެދަކު ފިޔަވަޅެއް ނާޅާ. ދެން ކުލާސް ބަދަލު ކުރީމަ އަނެއްކާ އެހެން ކުއްޖެއްގެ ގައިގަ ވަޅިއަޅަންވީ! އެޓް ލީސް ތިކަހަލަ މީހުންގެ ދަރިން ސްކޫލުން ކަނޑާލަން އަލުން ވެއްޖެ! ކިޔަވައިދެންޏާ އިންސާނުންހެން އުޅެން ދަސްކޮށްދީފަ ސްކޫލަށް ފޮނުވާ! ތި ކުލާހުގެ ހުރިހާ ބެލެނިވެރިންވެސް އެކުއްޖާއާ މެދު ފިޔަވަޅު ނާޅަނީސް ތިމާގެ އަމިއްލަ ދަރިން ސްކޫލަށް ފޮނުވުން ހުއްޓާލަން ޖެހޭ!!
ހަސަންދީ(ލ)
25 June 2025
އަމިއްލައަށް އިންސާފު ހޯދަންޖެހޭ ހާލަތައް ގައުމުގެ ކަންކަން ދާނީ ވަރަށް ގޯސްވީމަ. ރަސްމީކޮށް ސްލޫލަށް އަންގާކަށް ނުޖެހޭނެ ސްލޫކުތެރޭ ހިނގާ ކަންކަމެއް. ކުލާހުގަ އެވަގުތަކު ހުރި ޓީޗަަރަކު ނުވަތަ ކަމުވޮށިގެންވާ މީހަކު ގާތު ބުނީމަ، ނޫނީ އެފަދަ މީހަކަށް ފެނުނީމަ އެއޮތީ ރަސްމީވެފަ! ބޮޑުވަރު ކަމެއްމީދޯ! މިމީހުންގެ މުސާރަ ބޮޑުކުރިކުރީނުން ވަނީ އިތުރަށް ގޯސް!
ޢަނީގާ
25 June 2025
ހަމަެކަނި ރާއްޖެއަކު ނޫން. ރާއްޖެއިން ބޭރުގައި އުޅޭ ދިވެހި ދަރިވަރުން ވެސް އެތަނެއްގައި އުޅޭ ދިވެހި ކުދިންނަށް ބުލީކުރޭ
ޘޘާށޝ
25 June 2025
ސްކޫލުން ދިން ޖަވާބާމެދު އަހަރުމެން ވެސް ހިތް ހަމަ ނުޖެހޭ. އެހެން ނަމަވެސް ދައުލަތުގައި ބައިވަރު މުއައްސަސާތައް ހުރީމަ، ތިކަން ކޮންމެވެސް އެއްތަނުން ބަލާނެ ކަމަށް ދެކެން ޖެހޭނީ. މުއައްސަސާތަކުން ބަލައި ނިންމާ ގޮތާމެދު ހިތްހަމަ ނުޖެހިގެން އަނެއްކާ މުޖުތަމައުގެ ފޭރާން ވީދޭނެ ކަމަށް ނުކުރުން އެދެން. އެފަދަ ގޮތަކަށް ވާހަކަ ވެސް ނުދެއްކުން އެދެން.
ހަސަންދީ(ލ)
25 June 2025
އާދެން އެކުއްޖާގެ ގައިގަ ވަކިއެޅި ލޭފައިބަންފެށީ ހަމަ ކުލާސްތެރޭ އިންދާ ވީނުވީއެއް ނޭނގި ޖެހުނު ވައިރޯޅިއަކުންނޭ ނިންމައިފިއްޔާ ހަމަބުއްދި ހުރި މީހަކު ގަބޫލުކުރާނެހެނެއް ހިއެއްނުވޭ!
ހުމޭޒު
25 June 2025
ބުލީގެ ޝިކާރައަކަށްވާ ކުދީން ގިނަފަހަރު އެކަން މައިބަފައިން ނުވަތަ ޓީޗަަރުންގެ ގާތުގައި ވެސް ނުބުނާނެ. ސަބަަބަކީ ބުލީކުރާ ކުދިންނާ ދެވަނަ ދުވަހު ވެސް ދިމާވެ ބުލީކުރުން އިތުރުވެދާނެ ކަމުގައި ބިރުގައި. ސްކޫލުތަކުގެ ޓީޗަރުން ތިބެންވާނީ ބުލީގެ ޝިކާރައަކަށްވާ ކުދީން ދެނެގަނެވޭނެފަދަ ތަމްރީނުތަކެއް ދީފައި. މި މައްސަލައިގާ މަޢުލޫމާތު ލިބިހުރެ އަޅާނުލިކަމުގެ ތުހުމަތު އެބަވޭ. ފިޔަވަޅު އަޅަންޖެހޭނެ
ފަހި
25 June 2025
ތަޢުލީމީ ދާއިރާގެ މުސާރަ ބޮޑުކުރުމުގެ ސަބަބުން އުނގަންނައި ދިނުމުގައި އެއްވެސް ކުރިއެރުމެއް ލިބުނުކަމަށް، ތަފާސް ހިސާބުތަކުން ދައްކާތަ؟!
ފުވައްމުލަކުން
25 June 2025
އުއްމީދުކޮށްގެން ހުރީ ތަޢުލީމީ ދާއިރާގެ މުސާރަ ބޮޑުކުރީމަ އުނގަންނައި ދިނުމުގެ ކަންކަން އިންތިހާއަށް ރަނގަޅުވެގެންދާނެކަމަށް. ކުދިންގެ އަޚްލާގާއި ސްލޫކަށް ހެޔޮ ބަދަަލުތަކެއް ގެންނަން މަސައްކަތްކުރެވިގެން ދާނެ ކަމަށް، ސްކޫލަކީ ދަރިވަރުންނަށް އުފާވެރި ރައްކާތެރިތަނަކަށް ހަދާނެކަމަށް. ކުދިންގެ ނަތީޖާވެސް މުސާރައިގެ ކުރިއެރުމާއި އެއް ސައްތައަކުން ރަނގަޅުވެގެންދާނެކަމަށް. މިހެން މިކަން ނުވާނަމަ ، މުސާރަ ބޮޑުކުރުމުގެ އެއްވެސް ނަތީޖާއެއް ނުފެނޭ.
ބެލެނިވެރިން
25 June 2025
މާލޭ ގެ ( އަހްމަދިއްޔާ އިންޓަރނޭސަނަލް ސްކޫލް އަކީ އާއްމު ކޮއް ތިޔަކަހަލަ ކަންތައް ފޮރުވާ ތަނެއް ނިކަމެތި ދަރިން ނައް ނިކަމެތިކޮއް ކަންކުރާތަނެއް
ދަބަރޭ
25 June 2025
ތިއީ ބުލީއެއް ނޫން. މާރާމާރީ. ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ.