މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުން އައްޑޫގައި އުޅޭ ބިދޭސީއަކާ ސުވާލުކުރަނީ.-- ފޮޓޯ: އިމިގްރޭޝަން
25 ޖޫން 2025 - 10:59
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަނުން މި އަހަރު ކުރިއަށް ގެންދާ އެންމެ ބޮޑު ރެއިޑް އޮޕަރޭޝަން "ހަމަ މަގު" އައްޑޫގައި މިއަދު ފަށައިފި އެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އައްޑުއަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ، މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑް "އޮޕަރޭޝަން ހަމަ މަގު" މިއަދު ފަށާފައިވާ ކަމަށެވެ.
އެއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހާއްސަކޮށްގެން ހިންގާ ރެއިޑް އޮޕަރޭޝަންތަކުގައި ހިމެނޭ ރެއިޑެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި، ޓާސްކް ފޯސްއިން އައްޑޫގައި ކުރިއަށް ގެންދާ އެ ރެއިޑް އޮޕަރޭޝަންގައި އިމިގްރޭޝަންގެ ކޮންޓްރޯލަރު އަހްމަދު ފަސީހު އާއި ޑެޕިއުޓީ ކޮންޓްރޯލަރު އަހްމަދު އަޝްފާން ބައިވެރިވެވަޑައިގަންނަވަ އެވެ.
އައްޑޫ ސިޓީއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑް، "އޮޕަރޭޝަން ހަމަމަގު" މިއަދު (25 ޖޫން 2025) ފަށައިގެން ކުރިއަށް ދަނީ. މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ… pic.twitter.com/7lqCyLAbv4
— Maldives Immigration (@ImmigrationMV) June 25, 2025
އެ ރެއިޑުގައި އިމިގްރޭޝަންގެ 35 އޮފިސަރުންނާއި އައްޑޫ ފުލުހުން ބައިވެރިވެ އެވެ. އަދި އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިފެހެއްޓުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެެރެއިން 5،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޑީޕޯޓްކޮށްފަ އެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް ވަނީ 151،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ އެއްކޮށްފަ އެވެ. ސަރުކާރުން ބުނި ގޮތުގައި، އަންނަ މަހުގެ ނިޔަލަށް ބަޔޯމެޓްރިކްސް ނުދީ އުޅޭ ބިދޭސީން ރާއްޖެއިން ޑީޕޯޓްކުުރުމުގެ މަސައްކަތް ފަށާނެ އެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 2027 ވަނަ އަހަރުގެ އެޕްރީލް މަހުގެ ކުރިން އެއްކޮށް ހައްލުކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިޒާރު.
25 June 2025
މޭޔަރު މަސްކައްކާ ތަނަށް ވެސް ވަދެލައްޗޭ.
އެމްސް
25 June 2025
ރާއްޖޭގައި އުޅެންވީ ކިހާ ބިދޭސީންނެއް ބާއެވެެ؟ ކޮންމެ ދިވެއްސަކަށް ބިދޭސީއަކު ބޭނުންވޭބާއެވެ؟ ޑޮލަރުގެ ޑިމާންޑްވެސް ދަށްކުރެވެން އޮތް 1 މަގަކީ އާބާދީގެ %10 އާއި %25 ގެ ނިސްބަތަށް ބިދޭސީންގެ ޢަދަދު ދަށްކުރުމެވެ! މިއަކީ އިންޑަސްޓްރިއަލް ޤައުމެއްވެސް ނޫނެވެ! އަދި ޤައުމަށްވުރެ އިޤްތިސޯދުު ފުޅާވެގެން ވާފައިދާއެއްވެސް ނެތެވެ!
ފަހަތަށް ޖައްސާލައިފި
25 June 2025
އައްޑޫ ސިޓީ ކައުންސިލްވެސް ހަމަމަގަށް އަޅުވަންވީ. މިހާރު ކުރިއަށްދަނީ ކެމްޕެއިން.
ދޮން ހަސަނު
25 June 2025
އެމީހުންތިބީ މަގުފުރެދިފަދަ. ހަމަމަގަށް އަޅުވަނީ