މާލެ ސިޓީ ކައުންސިލްގެ އެސްޖީއަކަށް އަލަށް އައްޔަނު ކުރެވުނު އަބްދުލް މުހައިމިން ނަސީރު، އޭނަ ކުރިން ހުންނެވީ އެ ކައުންސިލްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި.--- ފޮޓޯ: މާލެ ސިޓީ ކައުންސިލް
25 ޖޫން 2025 - 11:21
މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއަކަށް އަބްދުލްމުހައިމިން ނަސީރު ހަމަޖައްސައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ އެސްޖީ ކަމަށް ކުރިމަތިލާފައިވަނީ ހަތަރު ބޭފުޅެކެވެ. އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބިފައިވަނީ މުހައިމިން އަށެވެ. އޭނާ ކުރިން ހުންނެވީ އެ ކައުންސިލްގެ ޑިރެކްޓާ ޖެނެރަލް (ޑީޖީ)ގެ މަގާމުގަ އެވެ.
އެ މަގާމަށް މުހައިމިން އައްޔަން ކުރަން ނިންމީ މިއަދު ބޭއްވި އެ ކައުންސިލް ބައްދަލުވުމުގައި ނެގި ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް މުސާރައިގެ ގޮތުގައި 20،500ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000ރ. އާއެކު ޖުމުލަ 35،500ރ. ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
25 June 2025
ސިޓީކައުންސިލްގެ އެސްޖީ މީކީއްކުރާ މަގާމެއްތޯ؟. ސޫޖީ ކައްކާ ތޯ،؟.
އަޅެދޯ
25 June 2025
ހާދަ ކުޑަ ކުޑަ މުސާރަޔެކޭ ތީ ތިޔަފަދަ ޒިންމާދާރު މަގާމަކަށް. ކަމެެއްނުކޮށް ތިބޭ ޕޮލިޓިކަލް ޑިރެކްޓަރުންނަށްވެސް ދޭ ތިޔަށް ވުރެން ގިނައިން