މެލޭޝިއާގެ މަގެއް: އެ ގައުމުގައި ކިޔަވާ ބޭރު ދަރިވަރުންގެ އަތުން ޓެކްްސްއެއް ނަގަން ވަނީ ނިންމާފައި
26 ޖޫން 2025 - 16:41
މެލޭޝިއާގައި ކިޔަވާ ބޭރު ގައުމުތަކުގެ ދަރިވަރުންގެ ކޮލެޖު ފީ އިން ހަ ޕަސެންޓުގެ ޓެކްސެއް އަންނަ މަހުން ފެށިގެން ނަގަން ނިންމައިފި އެވެ.
މި ޓެކްސް ދައްކަން ޖެހޭނީ ބޭރު ގައުމުތަކުގެ ދަރިވަރުންނަށް ފުރުސަތުދޭ، އަމިއްލަ ޕްރީސްކޫލްތަކާއި ސްކޫލްތަކާއި ކޮލެޖު އަދި ޔުނިވާސިޓީތަކުންނެވެ.
މިއީ މެލޭޝިއާގެ ޓެކްސްގެ ނިޒާމު ހަރުދަނާކޮށް، އާމްދަނީ އިތުރު ކުރާއިރު މެލޭޝިއާގެ ރައްޔިތުންނަށް އަސަރު ނުކުރާ ގޮތަށް ތައާރަފްކުރާ އާ ޓެކުހެކެވެ.
އެގޮތުން، ކޮލެޖު ޓިއުޝަން ފީގެ ގޮތުގައި އަހަރަކު 60،000 ރިންގިޓް ކަނޑައަޅާފައިވާ ތައުލީމީ މަރުކަޒުތަކުން އެ ޓެކުހަށް ރަޖިސްޓްރީކުރަން ވަނީ ލާޒިމުކޮށްފަ އެވެ.
މީގެ އިތުރުން ބޭރުގެ ދަރިވަރުންނަށް ކިޔަވަން ފުރުސަތު ދޭ ހުރިހާ ތައުލީމީ މަަރުކަޒުތަކުން އެ ޓެކުހަށް ރަޖިސްޓްރީކުރަން ލާޒިމުވާނެ އެވެ.
އެ ތަންތަނުގައި ކިޔަވާ މެލޭޝިއާގެ ދަރިވަރުންނަށް އެ ޓެކްސް ދައްކަން ނުޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މެލޭޝިއާއިން 2015 ވަނަ އަހަރު އެކުލަވާލި އެޑިއުކޭޝަން ތަރައްގީ ކުރުމުގެ ގައުމީ ޕްލޭންގެ ދަށުން، މި އަހަރުގެ ނިޔަލަށް ބޭރުގެ 250،000 ދަރިވަރުންނަށް އެ ގައުމުގައި ކިޔެވުމުގެ ފުރުސަތު ދިނުމުގެ އަމާޒެއް ވަނީ ކަނޑައަޅައިފަ އެވެ.
ނަމަވެސް، އެ ޓެކުހާއެކު އެ އަމާޒު ހާސިލުކުރަން ދަތިވާނެ ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.
މެލޭޝިއާގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ކިޔަވަމުން ދާއިރު، އެ ދަރިވަރުންނަށް މި ޓެކުހުގެ ސަބަބުން ކޮލެޖު ފީ ބޮޑުވެގެންދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
27 June 2025
ކުއްލިއަކަށް އަންނަ އެކަހަލަގެ ބަދަލުތަކަށް ވެސް ހަޔައެޑިޔުކޭޝަނުން އަންގަނީ އިޢުލާނު ކުރީމަ އެއަށް ލާށޭ. އިއުލާންކުރޭ އެބަ ބަދަލެއް އައިތާ އެއްއަހަރުފަހުންވެސް.
ށަވާރީ
27 June 2025
ލޯނު ނަގައިގެން ކިޔަވަން ދިޔަކުދިންނަށް މިފައިސާގެ މިންވަރު ލޯނުގެ ތެރެއިން އިތުރަށް ދެވެންވާނެ.
އައިމިނާ
27 June 2025
ސަރުކާރު ޚަރަދުގަ ގޮސްތިބި ކުދިންގެ ކަންކަން ރާއްޖެކޮޅުން ލަސްވާތީ އެއްމެބޮޑު މައްސަލައަކީ. ލަސްވެގެން ބެލެނިވެރިން އެކަމާއުޅެންޖެހޭތީ ނައްސަލައަކީ. ބެލެނިވެރިންގެ އެފަދަ ތަނަވަސްކަމެއް ނެތީމަ ސަރުކާރުގެޚަރަދުގަ މި ފޮނުވަނީ. ދިމާވާކަންކަމުގަ ލަސްވާތީވެ ކުއްޖާއަށް އޭގޭއަސަރުކުރޭ.
ޑެބީ
27 June 2025
6 ޕަސަންޓްއަކީ މާބޮޑު އެއްޗެއްނޫން. 6 ޕަސަންޓް ނުދެއްކޭނަމަ ނޫނީ ދައްކަން ބޭނުންނުވާނަމަ ރާއްޖޭގައި ނޫނީ އެހެން ގައުމެއްގައި ކިޔަވާ. މިކަމާހެދި ރައީސްއަށް ސިޓީލިޔެ އެމްބަސީ ދޮރުމަތީ މުޒާހަރާކުރަން ހަދާނެކަމެއްނެތް.
ހހަހ
27 June 2025
ރާއްޖޭގައި އުޅޭ މެލޭސިއާ މީހުން އަތުންވެސް ޓެކްސް ނަގަންވީ
މަހާތީރު
27 June 2025
ސަރުކާރުން ލޯނު ދީގެން ކިޔަވަންތިބި ކުދިންނަށް ވަރަށް ބޮޑު ތަކުލީފަކަށް ވާނެ.
ޙައްލު
26 June 2025
މަދުވަންޔާ މިރަށުން ބުޅާކޮޅެއް ފޮނުވަދީފާނަން....
އައިމިނާ
26 June 2025
އަގުބޮޑު މިހާރު ކާބޯތަކެތިވެސް ރެންޓްވެސް.
ބަބޫ
26 June 2025
މި ރާއްޖޭގައި ދިވެހިން އަތުން ބޭރު މީހުން %12 ޖީއެސްޓީ ނަގަނީ
ޔޫނުސް22
26 June 2025
މިޤައުމުގަ ބޭރުމީހުންނައް، ވަކިން ޚާއްސަކޮށް ޤަވައިދާ ޚިލާފައް އުޅޭ ބަޔަކައް ޓެކްސް ފްރީ އަދި ސަބްސިޑީ ލިބިގެންދޭ. ކޮންފަދަ ސަޅި ޤައުމެއް.