ބޮލީވުޑްގެ ފިލްމު "ޝޯލޭ"ގެ ކްލައިމެކްސްގެ މަންޒަރެއް.
27 ޖޫން 2025 - 11:21
އަމީތާބު ބައްޗަން އާއި ދަރުމެންދުރަ ބަތަލުގެ ބައި ކުޅެފައިވާ ބޮލީވުޑްގެ އެންމެ ވަރުގަދަ އެއް ފިލްމު ކަމަށްވާ "ޝޯލޭ"ގެ އަސްލު ނިމުން ހިމަނައިގެން އެ ފިލްމު އަނެއްކާވެސް ސްކްރީންގައި އަޅުވަން ނިންމައިފި އެވެ.
ބީބީސީން ރިޕޯޓްކުރި ގޮތުގައި، އިޓަލީގައި މިހާރު ކުރިއަށް ގެންދާ "ސިނެމާ ރިޓްރޯވަޓޯ" ފިލްމު ފެސްޓިވަލުގައި، 1975 ވަނަ އަހަރު ނުކުތް އެ ފިލްމުގެ އަސްލު ނިމުން ހިމަނައިގެން "އަން-ކަޓް ވާޝަން"އެއް ދައްކަން ވަނީ ނިންމައިފަ އެވެ. އެ ފިލްމު މިއަދު ސްކްރީން ކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
އިންޑިއާގައި މިހާތަނަށް އުފެއްދި އެންމެ ރީތި އަދި އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ޝޯލޭ"ގެ ނިމުން އޭރު ބަދަކުރީ އިންޑިއާގެ ސެންސަރު ބޯޑުން ނުފޫޒު ފޯރުވައިގެން މަޖުބޫރުކޮށްގެންނެވެ. އެ ފިލްމުގެ ޑައިރެކްޓަރު ރަމޭޝް ސިއްޕީ އެކަން ހާމަކުރީ 2018 ވަނަ އަހަރު އެވެ.
އަމީތާބާއި ދަރުމެންދުރަ ކުޅުނު ޖެއި އަދި ވީރޫގެ ރޯލަކީ މިހާރު ވެސް ގިނަ ބަޔެއްގެ ހަނދާނުގައި ހަރުލާފައިވާ ކެރެކްޓާތަކެކެވެ.
މިދިޔަ 100 އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގައި އުފެއްދި އެންމެ ރީތި ފިލްމުގެ މަގާމު 2011 ވަނަ އަހަރު "ޝޯލޭ" އަށް ވަނީ ލިބިފަ އެވެ. މި އަހަރު އެ ފިލްމަށް 50 އަހަރު ވާނެ އެވެ. އެ ފިލްމު ރިލީޒްކުރީ އޮގަސްޓް 15، 1975 ގަ އެވެ.
އެ ފިލްމުގެ ނިމޭ މަންޒަރު ޑައިރެކްޓަރު ޝޫޓް ކޮށްފައި ވަނީ ޓާކޫރް (ސަންޖީވް ކުމާރު)ގެ އަތުން ގައްބަރް (އަމްޖަދު ޚާން) މަރުވާ ގޮތަށެވެ. ނަމަވެސް، އެ ނިންމުމާ ސެންސަރު ބޯޑުން ހިތްހަމަނުޖެހިގެން ބަދަލުކުރަން އެންގުމުން ފިލްމުގައި ފެންނަނީ ބަދަލުކޮށްފައިވާ ގޮތަށެވެ. އެ ފިލްމުން ފެންނަނީ ޓާކޫރު ގައްބަރް މަރާލުމުގެ ކުރިން ފުލުހުން އެތަނަށް ދާ ތަނެވެ. އަދި ފުލުހުންނާ ގައްބަރް ހަވާލުކުރާ ތަނެވެ.
"އޭނާގެ ދެ އަތް ނެތީމަ ބަޑި ޖަހާނީ ކިހިނެއް؟ ފިލްމުގައި އަނިޔާވެރި މަންޒަރުތައް ގިނައޭ ކިޔައިފައި ވެސް ސެންސަރު ބޯޑުން މައްސަލަ ޖެއްސި. އެމީހުން އެންމެ ފަހުން ބުނި ނިމޭ ގޮތް ބަދަލުކުރާށޭ ޖެހޭނީ. އެ މަންޒަރު ބަދަލުކުރީ އަހަރެން ހިތްހަމަޖެހިގެނެއް ނޫން، މަޖުބޫރުވެގެން،" އެ ފިލްމުގެ ޑައިރެކްޓަރު ކުރިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުސީ ބުޑިޔާ
27 June 2025
ވެން އައި ޑައި ޕޮލިސް ކަމިންގް، ޕޮލިސް ކަމިންގް، ބުޑިޔާ ގޮއިންގ ޖެއިލް، އިން ޖެއިލް...... ލޮލް
ކިތްނޭ އާދްމީ ތޭ
27 June 2025
މޮޅު ފިލްމަކަށް މޮޅު ސްކްރިޕްޓަކީ ކިހާ މުހިއްމު އެއްޗެއްކަން އެނގޭ މިފިލްމުން. އަނެއްކާ ގައްބަރުމެން ޑައިލޮގް ގެނެސްދިންގޮތް. ސަހާދެއް މިބުނީ. އަދިވެސް ބަލާބަލާ ފޫހިނުވި ފިލްމެއް.
ނުރަބޯ
27 June 2025
ޝޯލޭ އަދި މާރީތިވީސް ޖޭއި( އަމީތާބް ) މަރުނުވެ، ގަދަވިނަމަ. އެފިލްމް ގައި ފެނުނު އެއްމެ އަނިޔާވެރި މަންޒަރަކީ ގައްބަރު ތުއްތު ކުއްޖަކު މަރާލާ މަންޒަރު.