އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދޫ: ކޮމާޝަލް ޑިއުޓީފްރީ ޒޯނެއް ގާއިމުކުރަން ލަންކާއާ އެކު މަޝްވަރާކުރާ ވާހަކަ އަކީ ދޮގެއް ކަމަށް އޭނާ ވިދާޅުވި. -- ފޮޓޯ: މިހާރު
27 ޖޫން 2025 - 20:59
ކޮމާޝަލް ޑިއުޓީފްރީ ޒޯނެއް ގާއިމުކުރަން ރާއްޖެ އާއި ސްރީލަންކާއާ ދެމެދު މަޝްވަރާކުރަމުން އަންނަ ކަމަށް ލަންކާގެ ބައެއް ނޫސްތަކުން ބުނެފައި ވިޔަސް އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ފްރީ އިކޮނޮމިކް އަދި ފްރީ މޫވްމަންޓް ޒޯނެއް ހެދުމަށް ރާއްޖެ އާއި ލަންކާއާ ދެމެދު ކުރަމުން އަންނަ މަޝްވަރާތައް ހަގީގަތަކަށް ވެއްޖެ ނަމަ އެއީ މި ސަރަހައްދުގައި މިހާތަނަށް ދެ ގައުމަކުން ހަދާ އެންމެ ތާރީހީ އިގްތިސާދީ އެއްބަސްވުމަށް ވެގެން ދާނެ އެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށް ވިސާ ނުވަތަ ވޯކް ޕާމިޓް ބޭނުންނުކޮށް އެއްގައުމުން އަނެއް ގައުމަށް ގޮސް ދިރިއުޅުމާއި، މަސައްކަތްކުރުމާއި، ކިޔެވުމާއި، މުދާ މިލްކުކުރުމާއި، ވިޔަފާރި ހިންގުމާއި، އާންމު ހިދުމަތްތައް ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ބުނެ ރިޕޯޓްކޮށްފައިވެ އެވެ.
"ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީފްރީ ޒޯނެއް ގާއިމުކުރަން ދިވެހިސަރުކާރުން މަސައްކަތްކުރާ ވާހަކައަކީ ރަނގަޅުވާހަކައެއްނޫން. އެއީ މިހާތަނަށް ހިޔާލުކުރެވި ނުވަތަ މަޝްވަރާކުރެވިފައިވާކަމެއް ވެސް ނޫން،" މީޑިއާ ރިޕޯޓްތައް ދޮގުކުރައްވައި، އެކްސްގައި ސައީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
ރާއްޖެއާއި ސްރީލަންކާއާއި ދެމެދު ކޮމާޝަލްޑިއުޓީފްރީޒޯނެއްޤާއިމް ކުރަންދިވެހިސަރުކާރުން މަސައްކަތްކުރާވާހަކައަކީ ރަނގަޅުވާހަކައެއްނޫން. އެއީމިހާތަނަށް ހިޔާލުކުރެވި ނުވަތަ މަޝްވަރާކުރެވިފައިވާކަމެއްވެސްނޫން.
— Mohamed Saeed (@em_saeed) June 27, 2025
ލަންކާގެ ރިޕޯޓުތައް ބުނާ ގޮތުން އެއްބަސްވުމާ ގުޅޭ މަޝްވަރާތަކެއް ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ އަންނަ މަހު ރާއްޖެ ވަޑައިގަންނަވާ ދަތުރުގައި ކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.
ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މުދަލުން ނަގާ ހުރިހާ ޑިއުޓީއަކާއި ޓެކްސްއެއް އުވާލައި ބައިލެޓަރަލް ފްރީ އިކޮނޮމިކް ޒޯން (އެފްއީޒެޑް) އާއި ކޮމަން ކަސްޓަމްސް ޔޫނިއަންއެއް ގާއިމުކުރުން ފަދަ ކަންކަމާ މެދު ވެސް މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮރި
28 June 2025
ލަންކާމީހުންނަކީ ފެށުނީސުރެން ދިވެހީންއަށް ދުއްޕާންކުރާބައެއް. ހަރުމަހުންވެސް 300ޕަސަންޓު ޓެކްސްނަގާ
އޮރެންޖްބެރީ
28 June 2025
މިކަން ވެއްޖިއްޔާ މިކަމުގެ ފައިދާ އޮތީ ދިވެހިންނަށް. ލަންކާ މީހުންނަށްވުރެ ބޮޑަށްވެސް ދިވެހިންނަށް ފައިދާއޮތީ.
ޝެލަރީ
28 June 2025
މިވަރުގެ އިކޮނޮމިސްޓެއް ނުހުންނާނެ ދުނިޔެއަކު
ސަވާދު
28 June 2025
ކޮބާ ޑޮލަރުރޭޓް؟؟ މަޖްލިސް މެޖޯރިޓީވެސް ދީފަ ތިއޮތީ…
ދޮން
28 June 2025
ފޮނުއެރުވި އިކޮނޮމިކްމިސްޓަރ ހަބަރެއްނެތް ޑޮލަރު 19.50 އަރަފި ޖެހި ހިސާބު ދިމައެއްނުވޭ ،ހިސާބު ޓީޗަރ ހުރީ އެހެލާފައި ،
ފަލަ މީހާ
27 June 2025
މިހާރުވެސް ރާއްޖޭގެ ރިޒޯޓް ތަކުގަ ވަރަށް ގަދަވެފަ އުޅޭބައެއް ތީ. ތިކަން ތިހެން ވެއްޖެއްޔާ ދުވަސް ދިއައީ
ައަހޫ
28 June 2025
ކޮންމެ ކަމެއްގައި ޕެސިމިސްޓް ވެގެންނެއް ލިބެން އޮތް ފުރުސަތެއް ނުފެންނާނެ. ދިވެހިންނަށް ލަންކާގައި ވިޔަފާރިކުރުމުގެ ފުރުސަތު ފަހިވެގެންދާނެ. މިއޮތް ކުޑަކުޑަ ރާއްޖޭގައި ވާން ނެތް ކިތައްމެ ކަމެއް ދިވެހިންނަށް ލަންކާގައި ކުރެވިދާނެ.
އަހޭ
29 June 2025
ބަޔަކު ލަންކާއިން ސައިފަތް ދަނޑެއްވެސް ގަތް،،