ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވުން: އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން މަޖިލީހުގައި މިންތީގެ ހަމަހަމަ ގާއިމުކުރުމަށް ބާރު އަޅާކަމަށް.
30 ޖޫން 2025 - 09:18
ރައްޔިތުންގެ މަޖިލީހުގައި އަންހެނުން ތަމްސީލުކުރާ އަދަދު ދަށްވުމަކީ ދުނިޔޭގެ ފެންވަރުގައި ކުރިމަތިވެފައިވާ ގޮންޖެހުމަކަށް ވިޔަަސް ރާއްޖެއިން ބާރު އަޅާނީ އެ ދާއިރާގައި ވެސް މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ފެންވަރުގައި މިއަދު ފާހަގަކުރަމުން އަންނަ، ޕާލަމެންޓޭރިޒަމް ދުވަހާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިމޮކްރަސީ ދަމަހައްޓައި ރަނގަޅު ވެރިކަމެއް ކުރުމުގައި ގާނޫނު ހަދާ މަޖިލީހުގެ ދައުރު ބޮޑު ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ދުނިޔެ އާއި ގައުމީ ފެންވަރުގައި ވެސް އަންހެނުން ތަމްސީލުކުރާ އަދަދު ދަށްވުމަކީ ބޮޑު މައްސަލައެއް ކަމަށެެވެ. އެކަމާ ގުޅިގެން ރާއްޖެ އިން ދެމިއޮންނާނީ މިންތީގެ ހަމަހަމަކަން ގާއިމުކުރުމާ އެކު، އެންމެންނަށް ވެސް މަޖިލީހުގައި ބައިވެރިވެވޭނެ މާހައުލެއް ހޯދައިދިނުމުގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"މަޖިލީހުގައި އަންހެނުން ތަމްސީލު ނުކުރެވުމަކީ ދުނިޔެ އާއި ގައުމީ ފެންވަރުގައި ބޮޑު މައްސަލައެއް. އެކަމާ ގުޅިގެން ރާއްޖެއިން ބާރު އަޅާނީ މިންތީގެ ހަމަހަމަ މާހާއުލެއް ގާއިމުކުރުމާއި ހުރިހާ އެންމެނަށް ވެސް ބައިވެރިވޭނެ މާހައުލެއް މަޖިލީހުގެ ތެރެއިން ގާއިމުކުރުމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.
As we mark the #InternationalDayofParliamentarism, we recognize the vital role of parliaments in upholding democracy and promoting good governance. Yet, the underrepresentation of women in parliament remains a pressing issue both globally and nationally. In this regard, the… pic.twitter.com/YVclSOWse6
— Dr Mohamed Muizzu (@MMuizzu) June 30, 2025
ރައީސް ވަނީ ހަރުދަނާ އުސޫލުތައް ހިފަހައްޓައި ނަޒާހާތްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތްކުރާ ތަނަކަށް ރައްޔިތުން މަޖިލިސް ހަދާކަން ކަށަވަރު ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބަވަނީ އަންހެން ތިން މެމްބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުން ވަކި ޕަސެންޓެއް އަންހެނުންނަށް ދިނުމަށް އަދި ގާނޫނުގައި ކަނޑައަޅާފައި ނެތަސް މިހާރު ވެސް ރަށު ކައުންސިލުތަކުގެ ދެ ގޮނޑި އަންހެނުންނަށް ވަނީ ހާއްސަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބައު ކަލޯ
30 June 2025
ކޮންކަމެއްތޯ ހަމހަމަ ވީ ؟؟ ޕާޓީ ބޭބޭ ފުޅުން ބުނާގޮތަށް ގައުމު ހިންގަންޏާ އެވަނީ ގޯސް ބުރަދާރ ނިކަން ބައްލަވާާ! އާރބަން ރަށްތަކަށް ، ދުރު މުސްތަގުބަލެއް އޮތް ރަށްރަށް އިޚުތިޔާރު ކުރިނަމަ ކިހާ ރަނގަޅުވީސް ، ނައިފަރު ، އޭދަފުށި މިއީދެން ބޮދުވަރު ، މި ގައުމަކީ އެންމެންގެ ވެސް ގައުމު ކަލޭމެން އެކަނި ގައުމެއް ވެސް ނޫން ،
ފަސީ 1
30 June 2025
ތީ ރައީސްގެ މަސައްކަތުގެ ހުދޫދުގެ ތެރޭގައި އޮންނަ ކަމެއްބާ؟ ވޯޓުލަނީ ރައްޔަތުން. އަންހެނުންނަށް ވޯޓު ލީމާ އަންހެން ހޮވޭނެ. މައުމޫނުގެ ޒަޢާމަތުގަ މައުމޫނު ތިބޭނެ އައްޔަންކުރައްވާ މެންބަރުން. މުއިއްޒުވެސް އެހެން ހައްދަވާ ރައީސްގެ މެންބަރުގެ ގޮތުގައި މިންތި ހަމަހަމަ ކުރައްވާ.
މުހައްދު އަކުބަރު
30 June 2025
މިންތީގެ ހަމަހަކަށް ގިންތިއަކަށް ބެހެއްޓިޔަކަސް ނުނިމޭނެ ހަންހެނުނަށް ގޮޑި ޚާއްސަ ކުރުމަކީ މިންތީގެ ހަމަހަމަކަން ކަށަވަރު ކޮށްދިނުމެއް ނޫން އޭގެ ބަދަލުގައި ހުރިހާ ފަރާތްތަކަށް އިންތިބާހަށް ކުރިމަތި ލުމުފެ ފުރުސަތު ވަހިވެފައި އޮންނަވާނެ ރަށުކައުން ސިލުތަކަށް އޭރު ގެނައި ބަދަލުން ނެރެވުނު ނަތީޖާއެއް އެބަ އޮތްތޯ
އަލީ އަލީ
30 June 2025
ރައްޔިތުން އިންތިޚާބުކުރާ މަޖްލިސް އެއް އޮތުމުގެ ބޭނުމެއް މިހާރަކު ނުފެނޭ. މަޖްލިސް މެމްބަރުންނާއި ރައްޔިތުން ހަވާލުކުރި ބާރު މިހާރުވަނީ ނުގުޅައިގަނެފައި. ރައީސް ނުރުހޭ ކޮންމެ ފަހަރަކު ރައްޔިތުން އިންތިޚާބުކުރާ މަންދޫބުން ވަކިކުރުމުގެ ބާރުވަނީ ލިބިފައި. މިހާރު ދެން ބޮޑު ޚަރަދުކޮށްގެން އިންތިޚާބެއް ބޭއްވުމުގެ ބޭނުމެއް ނުވިސްނޭ. ޕާރޓީކުދިން ކޮޅެއް އައްުޔަންކޮށްލަންވީނުން. އެކްޓިވިސްޓް އަންހެނުންގެ %50 ވެސް ހިމެނިދާނެ!
ބަޑިއެދުރު.
30 June 2025
ރާއްޖޭގައި މުހިންމީ ރައްޔިތުންގެ ބާރުވެރިކަން ، ރައްޔިތުން ބޭނުންވާ ގޮތަށް ސިޔާސަތުތަކާއި ގާނޫނުތައް ބައްޓަންކުރެވިގެންދާނެ ތައުލީމީ ، ގާބިލު އަދި މިނިވަން މަޖްލިސްއެއް އެކުލަވާލުން. ވަކި ޖިންސެއް ހިމެނުމަށް ބާރުއެޅުމެއް ނޫން. އެންމެ މުހިންމީ ތަޢުލީމީ ފެންވަރެއް ކަނޑައެޅުމާއެކު މަޖްލިސް މެމްބަރުންގެ މުސްތަގިއްލުކަން ދެމެހެއްޓުން.