ސިންގަޕޫރުގައި ބޭއްވި އިންވެސްޓްމަމްޓް ފޯރަމުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
01 ޖުލައި 2025 - 08:50
ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްޕެޝަލް އިކޮނޮމިކް ޒޯންގެ މަޝްރޫއެއްގެ ގޮތުގައި ހިންގާ ސޯލާ ސިޓީ މަޝްރޫއުގެ އެއްބަސްވުމުގައި ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަކްސަސް ކުންފުންޏާއެކު ދިވެހި ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.
ސިންގަޕޫރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި މޯލްޑިވްސް ބިންޒަސް ފޯރަމްގެ ތެރެއިން އެ މަޝްރޫއުގެ އިންވެސްޓްމަންޓް އެގްރިމެންޓްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް އެންޑް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ. އަބްރަކްސަސްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޖޭމްސް ކޯލްޓާ އެޑީ އެވެ.
އެ މަޝްރޫއުއަކީ 2028 ވަނަ އަހަރު ރާއްޖޭގެ ކަރަންޓުގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމަށް ރައީސް ކުރިން އިއުލާން ކުރައްވާފައިވާ މަޝްރޫއުގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެއީ 187 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.
ސިންގަޕޫރުގައި ބޭއްވި ބިޒްނަސް ފޯރަމްގެ ބައިވެރިން: ރާއްޖޭގެ ފުރަތަމަ އެސްއީޒެޑް އިންވެސްޓްމަންޓްގެ މަޝްރޫއުގައި ވަނީ ސޮއިކޮށްފައި --- ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ
އެ މަޝްރޫއުގެ ދަށުން 100 މެގަވޮޓްގެ ސޯލާ ހަކަތަ އުފެއްދި، ތެލަށް ކުރާ ހަރަދުން 42 މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. އަދި އެ މަޝްރޫއު ނިންމާލަން އަމާޒު ކަނޑައަޅާފައިވަނީ 2027 ވަނަ އަހަރަށެވެ.
މީގެ އިތުރުން ރެސިޑެންސް އެންޑް ސިޓިޒެންޝިޕް އިންވެސްމަންޓް ކުންފުންޏެއް ކަމަށްވާ ހެންލޭ އެންޑް ޕާޓްނާސްއާ އެކު ވެސް އިންވެސްމަންޓް ސާވިސް އެގްރިމެންޓެއްގައި ދިވެހި ސަރުކާރުން މިއަދު އެ ފޯރަމްގެ ތެރެއިން ސޮއިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޯ ހުޅުވާ
05 July 2025
"އިތުރުން ރެސިޑެންސް އެންޑް ސިޓިޒެންޝިޕް އިންވެސްމަންޓް ކުންފުންޏެއް ކަމަށްވާ ހެންލޭ އެންޑް ޕާޓްނާސްއާ އެކު ވެސް އިންވެސްމަންޓް ސާވިސް އެގްރިމެންޓެއްގައި ދިވެހި ސަރުކާރުން މިއަދު އެ ފޯރަމްގެ ތެރެއިން ސޮއިކޮށްފަ އެވެ." މިއީ ސަރުކާރު އައުމާާ ދެކޮޅު ވިސްނުމެއް! އިނޑިއާ އައުޓު ކިޔައިގެން އައިސް ކީކޭ މިކިޔަނީ، ކޯޗެއްގަ މި ސޮއިކުރީ! ރައްޔިތުން ސަމާލުވާންޖެހޭ!
ދިވެހިންގެ ރާއްޖެ
01 July 2025
އަނެއްކާ އަނެއް ކަން. ތިޔަ ބުނާ ކުންފުންޏަކީ 2020 ވަނަ އަހަރު އުފަންވި ކަމަށް ބުނާ ކުންފުންޏެއް. ހިންގާ އިތުރު ޕްޖެކްޓެއް ނެތް. 2024 ވަނަ އަހަރު އެސްއީޒެޑްގެ ތިޔަ ބުނާ ޕްރޮޖެކްޓް ދިވެހިރާއްޖެ އިން އެކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް އެ ކުންފުނީގެ ވެބްސައިޓުން ފެނޭ.
މަސްއޫދު ޝަރީފް
01 July 2025
ގައުމަށް ލިބޭ ކޮންމެ ކުރިއެރުމެއްގައި އަހަރުމެން ތިބެންވާނީ އެކަތި ގަޑަކަށް. މިއީ އެކަހަލަ އެއްމެން ސެލެބްރޭޓް ކުރަން ޖެހޭ ވަރުގެ ކަމެއް
ހައުލަތް މުހައްމަދު
01 July 2025
މިދިޔަ ވެރިންނާ ހިލާފަށް ކަންކަން ކުރާތަން އެބަފެނޭ މިއަދުގެ ރައީސް. އެސްއީޒެޑްގެ ވާހަކަ މާ ބޮޑަށް ނުދައްކާ އަމަލުން ނަތީޖާ ނެރޭތަން އެބެފަނޭ
ޒިހުނަތް މުހައްމަދު
01 July 2025
އުފާވެރި ހަބަރެއް. މީގެ ސަބަބުން ތަރައްގީގެ ކަންކަން ބާރަށް ދާނެ.
ލިހާޒް މުހުސިން
01 July 2025
ކަންކަން މިދަނީ ތަރުތީބްވެގެން. ގައުމުގެ އިގްތިސާދު ހަމަޔަކަށް އެޅޭނެ ކަމާމެދު އެއްވެސް ޝައްކެނެތް
ގޮނުއަނގަ
01 July 2025
"ތެލަށް ކުރާ ހަރަދުން 42 މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ." މިވަރުގެ ކަމެއްގައި ފަހަތު ފިޔަބަޅު ހާދަ ބަރޭ.
ހުސް ފުރަތަމަ
01 July 2025
ކޮބާ ތެމޫ ޕްރިންސް ގެ ފުރަތަމަ އެއްބަސްވުން؟
ޓިނު
01 July 2025
ތިކަހަލަ ކިތައްއެއްބަސްވުމުގައި މިހާރު ސޮއިކޮށްފިބާ ،
އެނަލިސިސް
01 July 2025
ތިޔަ ޕްރޮޖެކްޓްއަށް ފަންޑް ކުރާގޮތެއް އަދި ޕްރޮޖެކްޓްގެ އަގު ނުހިމަނާއޮތުމުން ދޭހަވަނީ، ތިޔައީ ސަރުކާރުން ހޭދަކުރާޕްރޮޖެކްޓެއް ނޫން ކަމެވެ. އެހެން ނޫނަސް މާކެޓް ރޭޓް 100 މެގަވޮޓް ސޯލާޕްލާންޓެއް އުޅެނީ:ދަށް ކޮލިޓީ ގެ ސޯލާ 70-90 މިލިއަން ޑޮލަރުމެދުމިން ކޮލިޓީ 90-120 މިލިއަން ޑޮލަރމަތީ ކޮލިޓީ 120ـ150 މިލިއަން ޑޮލަރސޯސް: ސޯލާއެނަޖީ ޕްރައިސް.ދަށް ކޮލިޓީ އަށް ވެސް މިދުވަސްވަރު ނުކުރާނެ!