ޓޫރިސްޓުންތަކެއް މާލޭގެ ބަނދަރު ސަރަހައްދުގައި. ޓީޖީއެސްޓީ މިއަދުން ފެށިގެން އެއް ޕަސެންޓު ބޮޑުވާނެ -- ފޮޓޯ: ނިޝާން އަލީ / މިހާރު
01 ޖުލައި 2025 - 21:56
މިއަދުން ފެށިގެން ޓީޖީއެސްޓީގެ ގޮތުގައި 17 ޕަސެންޓް ނަގަން ފަށާނެ އެވެ.
ޓީޖީއެސްޓީއަށް ކުރިން ނަގަމުން އައީ 16 ޕަސެންޓެވެ. އެއީ 2023 ވަނަ އަހަރުން ފެށިގެން ނަގަމުން އައި ރޭޓެވެ. އޭގެ ކުރިން ޓީޖީއެސްޓީގެ ގޮތުގައި ދައްކަނީ 12 ޕަސެންޓެވެ.
ސަރުކާރުން ޓީޖީއެސްޓީއަށް އެއް ޕަސެންޓު އިތުރުކުރަން އިއުލާނުކުރީ މިިދިޔަ އަހަރު އެވެ. އެ ބަދަލު ގެނެސްފައިވަނީ ފިސްކަލް ހާލަތު ރަނގަޅު ކުރުމުގެ ގޮތުން އާމްދަނީ އިތުރުވާނެ ފިޔަވަޅުތައް އެޅުމުގެ ގޮތުންނެވެ.
ބަޖެޓު ފޮތުގައިވާ ގޮތުން ޓީޖީއެސްޓީއަށް އެއް ޕަސެންޓް އިތުރު ކޮށްގެން މިއަހަރުގެ ބާކީ އޮތް މުއްދަތުގައި އެ ޓެކްސްއަށް އިތުރު 202 މިލިއަން ރުފިޔާ ލިބޭނެ އެވެ. ޓީޖީއެސްޓީގެ އިތުރުން އެއާޕޯޓް ޑިވަލޮޕްމެންޓް ފީ އާއި ޑިޕާޗާ ފީ އިން އިތުރު 1.5 ބިލިއަން ރުފިޔާ އަދި ގްރީން ޓެކްސް ބޮޑުކޮށްގެން އިތުރު 964 މިލިއަން ރުފިޔާ އާމްދަނީއަށް އިތުރުވާނެ ކަމަށް ލަފާކުރެ އެވެ.
ޓީޖީއެސްޓީއަކީ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަ ޓެކްސް އެވެ. މިއަހަރުގެ މިހާތަނަށް ޓީޖީއެސްޓީގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ފިނޭންސްގެ ހިސާބުތަކުން ދައްކާ ގޮތުން އެއީ އަހަރުގެ ބަޖެޓުގައި އަންދާޒާކުރި ވަރަށް ވުރެ 200 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެހެންވެ، އަހަރު ނިމޭ އިރު އެ އަދަދު އިތުރަށް ބޮޑުވުމުގެ ފުރުސަތު އެބަ އޮތެވެ.
ސަރުކާރުން 2011 ވަނަ އަހަރުން ފެށިގެން 3.5 ޕަސެންޓުގެ ޖީއެސްޓީއެއް ތައާރަފްކުރި އެވެ. ޖީއެސްޓީއާ ގުޅޭ ގާނޫނުގެ ތެރެއިން ޓޫރިޒަމަށް ހާއްސަ ޖީއެސްޓީ ނުވަތަ ޓީޖީއެސްޓީ ނަގަން ފެށީ 2013 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ ޓީޖީއެސްޓީގެ ގޮތުގައި ނެގީ އަށް ޕަސެންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިސްޓަރ ވާން
16 July 2025
މީން އެގެނީ ސަރުކާރުގެ ނުކުޅެދުން ތެރިކަން. ކިތައްމެވަރަކަށް ދައުލަތަށް ފައިސާނެގިޔަސް ނޭންގޭ ބަޔަކަށް ނޭންގޭނެ ކަމެއް ކުރާކަށް. ކައި ހުސްވާނީ، އެއްކަމެއްވެސް ނުވާނެ.
އައްސާން މުހައްމަދު
03 July 2025
ބޭރު މީހުންގެ އަތުން ނަގާ އެއްޗެއް. ދިވެހިންނަށް މީގެ ސަބަބުން ގެއްލުމެއް ނެތް. ވާނީ ފައިދާ
މުހައްމަދު ސަނީހް
03 July 2025
ވަރަށް ރަނގަޅު ނިންމުމެއް. އަހަރުމެންނަށް މީގެ ސަބަބުން ޑޮލަރ އިތުރަށް ލިބިގެން ދާނެ ކަމާމެދު އެއްވެސް ޝައްކެއްނެތް.
12091980
02 July 2025
12% އިން %16 އިން %17 އަށް ޓީޖީއެސްޓީ ބޮޑުވިރު ސާވިސްޗާޖުވެސް %12 ބޮޑު ކޮއްލިނަމަ ރައްޔަތުމީހާ ކިހާ ރަނގަޅުވީސް.
ތެފައާސާ.
02 July 2025
މަރުހަބާ. ރައީސްގެ މުއިއްޒުގެ އިސްނެންގެވުމާއި މަޝްވަރާއާއި އިރުޝާދުގެ ދަށުން ޖީއެސްޓީ ބޮޑުކުރެއްވުމަކީ ގައުމަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ކާމިޔާބެއް. އަދި އިތުރަށް ދައުލަތަށް މި ލިބޭ ޓެކްސް ފައިސާ އިސްރާފު ނުވާނޭ ގޮތަކަށް ހަރުދަނާ އުސޫލަކުން، އިތުރު ސިޔާސީ މަގާމުތަކަށް ހޭދަކުރެއްވުމަށް ސަރުކާރަށް އިލްތިމާސް ދަންނަވަން.
ބުނެލީ އިގޭ
02 July 2025
ޓެކުސް 100 ޕަސެންޓަށް ހެދިޔަސް ޓެކުސް ފައިސާއަށް ވެރިން ހިޔާނަތްތެރިވަންޔާ އޭގެން ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނެތް.
ޖާހިލެއްތަ!
02 July 2025
ގައުމެއް އަސްލު ހިނގަނީ ވިޔަފާރިތަކުން ޓެކުސް ދައްކާތީ. ސަރުކާރެއްގެ ބޭނުމަކީ އެފައިސާ މެނޭޖުކޮށް ރައްޔިތުންނަށް ހިދުމަތް ދިނުން. ސުވާލަކީ މުއިއްޒު މެން އެ ޓެކުސް ފައިސާއަށްހަދާ ގޮތް ދިވެހި ރައްޔިތުންނަށް ސާފުވޭހޭ؟ އޭނައަށް މިގައުމު އޮތް ހާލަތު އިހުސާސު ނުވަނީބާ ހަމަ؟
ސަލަފު ޝޭހުން ކޮބާ؟؟؟؟
02 July 2025
މަބުނީ،،،، ހަލާލު ޓުވަރިޒަމް ލޭބަލުގައި އުނގުވިޔަފާރި ރޭޓުގައި އެތައް ރަށެއް އެބަ ވިއްކައޭ. ދީނުގެ ނަމުގައި ހިންގާލާ މާސިންގާ ޖަރީމާއެއް އެއީ… ދީނާ ގައުމާ އިސްތިގުލާލު ދިފާއުކުރާ މީހުން ކޮބާތޭ މިހާރު؟
އައުޓް،،، ނޯ 2028
02 July 2025
ޓެކުސް ބޮޑު ކޮއްގެން ދައުލަތައް އިތުރަށް އެތައް ބިލިއަން ޑޮލަރެއް ވަންނައިރު އޭގެ ކަންފުޅެއް މަމެން އާއްމުންނަކަށް ނުވޭ. މިހާރު އިގި ސާފު ވެއްޖެ މައްސަލައަކީ ސަރުކާރުކަން. ދެން ފައިބާ!
އުންބެ
02 July 2025
ރިއަލިޓީއަކީ ދިވެހިން ތިބީ ބޭސް ގުޅަ ނުލިބި، ބޮޑު ބައްޔެއް ވެއްޖިއްޔާ ފަންޑުފޮށި ބަހައްޓައިގެން. އެއްޗިސް އެހާ އަގުބޮޑު، ޑޮލަރެއް 20 ރުފިޔާއައްތުރެ މަތީގައި، ޓެކްސް ބޮޑުކޮއްގެން ވިޔަފާރިތަކުން ދިޔަ ފެލައިގެން ހަޒާނާއަށް އިތުރަށް ވަންނަ ޑޮލަރު/ރުފިޔާއަށް ހަދާނަހަދާއެއް ނޭގެ. ރިބަން ކަނޑަންވެސް 100 ވަރަކަށް މީހުން ފުލައިޓު ޗާޓަރުކޮއްގެން އެބަދޭ، ބޭރަށް އެވަރަށް ބޭކާރު ދަތުރު އަޅާ، ސިޔާސީ މަގާމުތައް 3000 ކައިރި ކަމަށްވޭ. އެވެސް ސިއްރުކޮއްގެން އެތިބީ