އިއްޔެ ވިލުފުށީގައި ހިނގި އަލިފާނުގެ ހާދިސާގައި އެއް ދޯނީގައި ރޯވެފައި--
02 ޖުލައި 2025 - 12:06
ތ. ވިލުފުށީގެ ދެ ދޯންޏެއްގައި އިއްޔެ ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން މާލެ ގެނައި އެ ދޯނީގެ ވެރިމީހާ އަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
ވިލުފުށީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ފިހުނީ ދޯނީގެ ވެރިމީހާ، މަހުމޫދު މުހައްމަދު އިތުރުން ބިދޭސީއެކެވެ.
ވިލުފުށީ ކައުންސިލްގެ ރައީސް ހަސަން ޖަބީން ވިދާޅުވީ ބިދޭސީ މީހާއަށް އެހާ ބޮޑުވަރު ނުވި ނަމަވެސް، އުމުރުން 50 އިން މަތީގެ މަހުމޫދު އޮތީ ވަރަށް ބޮޑަށް ފިހިފައި ކަމަށެވެ. އެހެންވެ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު، އިއްޔެ އޭނާ މާލެ ފޮނުވާލީ ކަމަށް ވިދާޅުވި އެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ހާދިސާގައި މާލެ ގެނައި މީހާއަށް ފަރުވާ ދެނީ އައިސީޔޫގައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ފުރަތަމަ ދޯނީގައި ރޯވީ ޕެޓްރޯލް ފުލްކޮށް ހުއްޓައި ޕަމްޕު ޖެއްސުމުން ކަމަށާއި ދެ ވަނަ ދޯނީގައި ރޯވި ކަމަށް ލަފާކުރެވެނީ، ފުރަތަމަ ދޯނީގައި ރޯވި އަލިފާނުގެ އަސަރުކޮށްގެން ކަމަށް ކައުންސިލުން އިއްޔެ ބުންޏެވެ.
އެނގިފައިވާ ގޮތުގައި، އެ މީހާގެ ތެޔޮ ދޯންޏެއްގައި މީގެ ދެ އަހަރު ކުރިން ވެސް ރޯވެ ގެއްލުން ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖިމޯ
02 July 2025
ޖުމުލައިގައި އެއްވެސް މައްސަލައެއް ނެތް. ކޮމާގެ ސަބަބުން މާނަ އޮޅުމެއް ނާރާ.
ސަލީމު އިދުރީސް
02 July 2025
މަދާ އުފުއްލުމާ މުދާ ބަރުކުމާ އެއީވެސް އެ ދާއިރާއިން ކިއެވެން ހުރި ދާއިރާތައް އެމަކު ސަރުކާރުން އިސްކަންދެނީ އަރަބި ތާރީހު ކިއަވާގެން ތިބި މީހުނާ ހާފިޒުންގެ އަދަދު އިތުރުކުރަން! ދިރިއުޅުމުގަ ބޭނުން ހިފޭ އިލުމެއް އުނގެނެން ބާރުނާޅާ
އަޙްމަދު596
02 July 2025
ޢަރަބި ކިޔެވުމާއި، ހާފިޒުންނަށް ވުމަކީ ދިރިއުޅުމުގައި ބޭނުމެއް ހިފޭ ޢިލްމެއް ނޫނޭ ބޭފުޅާ ތިޔަ ވިދާޅުވަނީ ކިހާވަރަކަށް ދިރާސާކޮށްފައިތޯ؟
ރަދީފްއޮފިޝަލް / .
02 July 2025
އާޙިރަތް ގެއްލުވާލުމަށްވުރެ ނުބައި ކަމެއް އޮންނާނެބާ؟؟ ހާފިޒެއްގެ ގޮތުގަ ހުރެ މަރުވެގެން ދިޔައީމަ ލިބޭނީ ކޮންފަދަ މަތީ ދަރަޖައެއްތޯ.
ސަލީމު އިދުރީސް
03 July 2025
އޭއީ ބޭނުން ހިފޭއެއްޗެއްކަން ދިރާސާއަކުން ދެއްކިތޯ؟
ރަދީފްއޮފިޝަލް / ފިއުލް
02 July 2025
އަވަސް ޝިފާއެއް މިންވަރުކުރައްވާށި. ދިވެހި ކޮންމެ ރައްޔިތަކަށް ލިބޭ ގެއްލުމެއް / ހިތާމައެއް އެއީ ހުރިހާ ރައްޔަތުން އެކަމުގެ ވޭން އިހްސާސްކުރާނެ ކަމެއްކަން ޔަގީން.ރަށްރަށުގެ ފަޅުތެރޭގަ ކުދި ބޮއްކުރާތަކުގަ ވެސް ޕެޓްރޯލް އުފުލައި ވިޔަފާރިކުރަންވީ.ބަލާނެ ބަޔަކު ނެތް.މިއީ ވަރަށް ރަނގަޅަށް ކައުންސިލްތަކުން ރެގިއުލޭޓްކޮށް ބަލަހައްޓަން ޖެހޭކަމެއް.ނަމެއްގަ ޓައި އަޅައިގެން ކޮފީ ބޮއެފަ ދުވަހުގެ ގަޑި ނިންމާ ބަޔަކަށް ނުވަމާ.ޒިންމާދާރު ބަޔަކަށްވަމާ.ވ.ވެދުން
ޒިމާން
02 July 2025
ފެނިގެން މިދަނީ، ޕެޓްރޯލްގެ ވިޔަފާރި ކުރާ މީހުންނަށް ޕެޓްރޯލާއި އަލިފާނާއި ހުރި ގުޅުމުގެ ނުރައްކާތެރިކަން ދަސްނުކޮށް މިތަކެތި ގެންގުޅުމުގެ ހިތި ނަތީޖާއެވެ. މިކަމުގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއެއް ދެއްވާނދޭވެ.
ހުސްވައުދު
02 July 2025
ވިލުފުށިން ފިހުނު، ދޯނީގެ ވެރިމީހާ އައިސީޔޫގައި މީގެ ދިވެހި ރަނގަޅުބާ؟
ކަމަނަ ގޯތީ އާދަނުތާ އާގޮތަކަށް ދޭހަވީ
02 July 2025
ދިވެހި ބަހަކީ އިޝާރާތެކޭ ބުނާ އަޑު އެހީމުތަ؟
ޕެޓްރޯލް.......
02 July 2025
ބ. އަތޮޅުގެ ރިސޯޓްތަކަށް ތެޔޮއަޅާ ފާޑެއްގެ "ބާޒެއް" ގެ ބޯޓްތައް އަބަދު އޮންނަނީ ދޮންފަނު ފަޅަށްވަދެ. ވެރިންނަށް ބެހޭކަމެއްނޫންހެން ހީވަނީ. މިކަހަލަ ހާދިސާއެއް ހިންގައިފިއްޔާ ފަޅުގަހުރި ހުރިހާ އުޅަނދުތަކާ ފުޓްސަލްދަނޑާ އަދި ސޯލާ ހަޓްތައް އަނދާނެ. ވެރިން ތިބީ ނިދާފަ
ޚަބަރުގެ ތަފުސީލު ސުރުޚީގައި
02 July 2025
ވިލުފުށިން ފިހުނު ދޯންޏެއް ނޫން ވިލުފުށިން ފިހުނު މީހާ އައިސީޔޫގައި ވިލުފުށިން އެނދި ދޯނީގެ ވެރިމީހާ އައިސީޔޫގައި ވިލުފުށީ ދޯނީގައި ރޯވެގެން ފިހުނު މީހާ އައިސީޔޫގައި. ވިލުފުށިން ރޯވި ދޯނީގެ ވެރިމީހާ ފިހިގެން އައިސީޔޫގައި ފަރުވާދެނީ
ޗަންގީޒް
02 July 2025
ޢެކޮއި. ބޮޑު ކޮމާއެއް އެބައޮތޭ އެތަނުގައި.
ރަދީފްއޮފިޝަލް / ދިވެހި ކިލާސް
02 July 2025
ބްރޯގެ ޕޮއިންޓް ވެލިޑް ބާ؟؟!! (ވިލުފުށިން ފިހުނު) މިހެން ލިޔެފަ ކޮމާއެއް އެބައިން ދޯ. ކޮމާގެ ސަބަބުން ބްރޯގެ ތަރުޖަމާ ފުށުއަރާކަމަށް ބެލެވޭ. ދިވެހި ގަޑީގަ ކޮމާ ، ފުލްސްޓޮޕް ، ކޮމާކޯޅި ކިޔަވައިދިން ދުވަހު އެބްޒެންޓް ތަ؟؟ ވ.ވެދުން
ދިވެހި މުދައްރިސް
02 July 2025
ބްރޯގެ ޕޮއިންޓް ވެލިޑް. ހަމައެކަނި ކޮމާ އޮތަސް ނުފުދޭ. ކޮމާ ކިޔަވައިދިން ކުލާހަށް ދިޔަޔަސް އެހެން ކުލާސްތައް ކަޓުވާލީމައި މިހެން ވެދާނެ
ޢަފޫރު
02 July 2025
މަވެސް ހީކުރީ ވެރިމީހާ ގައިގައި ރޯވެގެން ދޯނި ފިހުނީކަމަށް.
މުޙައްމަދު123
02 July 2025
ދިވެހި ކުލާހެއްގައި އުޅުނަސް އެހާ ރަނގަޅަށް ދިވެހި ނޭނގޭ ހެން ހީވަނީ. ކޮމާ ޖަހަން ނުޖެހޭ ތަނެއްގައި ކޮންމެހެން ކޮމާ ޖަހާކަށް ނުޖެހޭ. ކޮމާއާ ނުލައި އެ ޖުމްލަ މާނަ އޮޅުން ނާރާ ގޮތަށް ލިޔެވޭނެ ކިތަންމެ ގޮތެއް އެބައޮތް... "ވިލުފުށިން، ވެރިމީހާ، ދޯނީގެ، އައިސީޔޫގައި، ފިހުނު" މިހުރީ ކޮމާ ޖަހާފައި. ދެން ބުނެބަލަ މި ވެސް ބަލާޣާތްތެރި ދިވެހި ޖުމުލައެކޭ