ސިޔާސީ ދާއިރާއަށް އަންހެނުން ވަަނުމަށް ބާރުއެޅުމަށް ހިންގާ ކެމްޕެއިން ފެށުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ބޭފުޅުން.-- ފޮޓޯ: މަޖިލިސް
05 ޖުލައި 2025 - 21:26
ސިޔާސީ ދާއިރާއަށް އަންހެނުން ވަނުމަށް ހިތްވަރު ދިނުމަށް ރައްޔިތުންގެ މަޖިލީހުން ހިންގާ ކެމްޕެއިން މިއަދު ފަށައިފި އެވެ.
އެ އިދާރާއިން ކުރި ޕޯސްޓެއްގައި ބުނީ، އޮސްޓްރޭލިއާ ސަރުކާރާއި ޔޫއެންޑީޕީގެ އެހީގައި ކުރިއަށް ގެންދާ ކެމްޕެއިންގެ ބޭނުމަކީ އަންހެނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރު ދިނުމާއި އެހީތެރިވެ އަދި ކުރިމަގުގައި ސިޔާސީ މަގާމުތަކަށް ކުރިމަތިލުމަށް ބާރު އެޅުން ކަމަށެވެ.
މިިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށް ގެންދާ "ޕްރެކްޓިސް ޕާލިމަންޓް ޕްރޮގްރާމް" ގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 39 އަންހެނުން ބައިވެރިވެ އެވެ.
އެ ތަމްރީނު ޕްރޮގްރާމުގައި ކިޔައިދޭ ދާއިރާތަކުގެ ތެރޭގައި ގުޑް ގަވަނެންސް، ޑިމޮކްރަސީ، ކޮރަޕްޝަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު، ލާމަރުކަޒީ ނިޒާމު އަދި ޖެންޑާގެ މައްސަލަތައް ހިމެނެ އެވެ.
އަންހެނުންނަށް ހާއްސަ ކޮށްގެން ޕްރެކްޓިސް ޕާލިމަންޓް ހިންގަމުން އަންނަނީ 2021 ވަނަ އަހަރުން ފެށިގެންނެވެ. މިއީ، އެގޮތަށް ހިންގާ ހަތް ވަނަ އިވެންޓެވެ.
މިހާތަނަށް ހިންގި ޕްރޮގްރާމްތަކުން 225 އަންހެން ވަނީ ބައިވެރިވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހީހީ ސުލީހް
28 July 2025
އެތައް އަންހެނުންނަކާ ކުޑަކުދިން މަރާއިރު މިމީހުން ކޮބާތަ.
ތީނި
24 July 2025
އ.މ.ޖަށް ހިތްވަރުދީބަލަ، ދަރިން ހެޔޮގޮތުގައި ބަލާ ބޮޑުކުރަން އަންހެނުން ތިބެންވާނީ ގޭގަ، ފިރިހެނުން ޒިންމާތަކުން ރެކި އަންހެނުން މަގުމަތިކުރުވުން ހުއްޓާލަން ވެއްޖެ
މައްކުބޭ
06 July 2025
ކްލާސްތަކުގަ 80% އަންހެނުން، އޮފީސް ތަކުގެ މުވައްޒަފުންގެ ޢަދަދު 75% އަންހެނުން، ޕޮލިޓިކްސްގަ އަންހެނުން 33%، ސިއްހީ ދާއިރާގެ 70 އަންހެނުން. ދެން ހުރިހާ ފިރިހެނުން އަންހެނުންގެ މަޤާމަށް އައިސް ދަރިންކޮޅު ބެލުމަށް ގޭގަ މާޔޫސްވެފަ، އަންހެނުން 12 ގަޑިއިރު އޯޓީ ހަދާލަ ހަދާލަ އޮފީހުގަ ނޫނީ ރައްޓޭހިންނާއެކު ކޮފީ މޭޒުގަ، ދަރިން ލިބޭ ރޭޓް އާއިލާއަކަށް 2 ކުދިން ވެސް ހަމައެއް ނުވޭ. އަހަރެމެންގެ މިސްރާބު މިހިރަގޮތަކާ މެދު ވިސްނާލަންޖެހޭ.
މުޙައްމަދު 2025
06 July 2025
ތިޔަ ސިޔާސީ މަގާމެއް ލިބޭނީ ދޮގުހަދައި، ލަދުޙަޔާތް ކަނޑާލައި، ޕޯޑިއަމްތަކަށް އަރައި ކޮޅުނެތްކޮޅަށް ހަޅޭ ލަވަން އެނގޭމީހުންނަށް. ރާއްޖޭގެ މާހައުލު އޮތީ ކަންބަލުންނަށް ޢިއްފަތްތެރިކަމާއި އަމާންކަމާއި ރައްކާތެރިކަމާއެކު މަސައްކަތްކުރެވޭނެ ގޮތަކަށް ނޫން. އެންމެ ފުރަތަމަ ރަނގަޅު މާޙައުލެއް އުފެއްދިގެން ވާނީ. އަނެއްކޮޅުން އުފަންވާ ރޭޓް ދައްވެ، ދަރިންގެ އުޅުމާއި ގުޅުން ހަލާކުވަމުންދާއިރު އިތުރަށް ވިސްނަންޖެހޭ
އުސްމާނުބެ
06 July 2025
އަނެއް ބޯހަލާކު
ދަނޑުން
06 July 2025
އަންހެނުން ތިބެންޖެހޭނީ ގޭގައި، އެއީ އެނކަބަލުންނަށްވެސް އެންމެ ރަނގަޅުގޮތް
ސިންޕަލް
05 July 2025
ބަނގަލާދޭޝްގެ ބޮޑެތި އަންހެން ރައީސުން، ޝޭހު ހަސީނާމެން ގެންނަންވީނު. ނުޅި ޤައުމު ހަލާކުވަނިއަޔޭ ކުދިންނަށް އަލާނުލެވި ދެމަފިރިން އަބަދު މަސައްކަތުގައި ދެކޮޅަށް ދުވެދުވެ ތިއްބާ.
ބަވަވަނ
05 July 2025
ތިނަމުގައި މުޅި ދިރިއުޅުންތައް ފަސާދަ. ސިޔާސީ ބޮޑެތިންވެސް ގަބޫލުކުރޭ މިކަން.