ހަ ރަށެއްގައި ޕޮލިސް ސްޓޭޝަން ހަދާނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
06 ޖުލައި 2025 - 09:59
ހަ ރަށެއްގައި ޕޮލިސް ސްޓޭޝަން އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީންގެ އިއުލާނުގައިވާ ގޮތުން ފުލުހުންގެ މަރުކަޒު އަޅަން ނިންމާފައި ވަނީ، ލ. މާވަށާއި މ. މުއްޔާއި ރ. މަޑުއްވަރި އާއި ށ. ފީވަކާއި ތ. ތިމަރަފުށީގެ އިތުރުން އެ އަތޮޅު ވޭމަންޑޫގަ އެވެ. މި ތަންތަން އިމާރާތްކޮށްދިނުމުގެ އިތުރުން ހދ. ދިއްދު އާއި ހދ. ކުޅުދުއްފުށީގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތް ކުރާނެ ބަޔަކު ހޯދަމުން އަންނަ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
އެ ބީލަންތަކުގެ ބިޑު ސެކިއުރިޓީގެ އަގު އުޅެނީ 72،250ރ. އާއި 212،500ރ. އާ ދެމެދުގަ އެވެ. ކޮންމެ ބީލަމެއްގައި ބައިވެރިވާން 500ރ. ގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެ އެވެ. އެ ފައިސާ ބަލައިގަންނާނީ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.
ބީލަން ކުރިއަށް ގެންދާނީ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާއި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުން ކަމަށް މިނިސްޓްރީން ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއުތަކުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް މިމަހުގެ 29 ވާ އަންގާރަ ދުވަހުގެ 1:00 ގެ ކުރިންނެވެ. ބިޑް ހުޅުވުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގެ 10:00 ގަ އެވެ.
ހަ ރަށެއްގައި ޕޮލިސް ސްޓޭޝަން އަޅާނެ ބަޔަކު ހޯދަން އިއުލާނުކުރި އިރު މިދިޔަ މާޗު މަހު ވަނީ މީހުން ދިރިއުޅޭ 70 އަށްވުރެ ގިނަ ރަށުގައި ޕޮލިސް ސްޓޭޝަންތައް އަޅަން ތިން ކުންފުންޏަކާ ވެސް ހަވާލުކޮށްފަ އެވެ. އެއީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި 40 ޕޮލިސް ސްޓޭޝަނާއި އާރުޑީސީއާ ހަވާލުކުރި 20 ޕޮލިސް ސްޓޭޝަނުގެ އިތުރުން އެމްޓީސީސީއާ ހަވާލުކޮށްގެން ތަރައްގީކުރަން އެއްބަސްވި 15 ޕޮލިސް ސްޓޭޝަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެކޮއި
06 July 2025
ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިނދަޖެއްސުމުގައި މިސަރުކާރު ވަރެއްނެތް. ފިނޭންސް މިނިސްޓްރީން އިޢުލާންކުރާ ބިޑުތަކަކީ ރާއްޖޭގެ ހައެއްކަ ކުންފުންޏަކަށް ކުރިމަތިލެވޭގޮތަށް ފަރުމާކޮށްފައި ހުންނަ ބިޑުތަކެއް. އެހެންކަމުން އެހިތްގައިމު މަންޒަރުބަލަން، ހިތްދަތިކަމާއެކު ތިބުންނޫންގޮތެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރާ ފަރާތްތަކަށްނެތް. މިނިސްޓްރީއަކުން މަސައްކަތެއް އިޢުލާނުކުރިއަސް އެއިން ފައިސާހޯދަން އުޅެގެން މީހާ ވަނީ ބަލި.
މުޙައްމަދު އަލީ ބެ
06 July 2025
ކިހާވަރުގަދަ ކަމެއްތީ؟؟؟ ފައިސާނެތީސް ކިހިނެއްވެގެން ތިއުޅެނީ
ާއަބްދުއްލަތީފް އާދަމް
06 July 2025
ހއ.ދިއްދޫ
ކުށްވެރިން
06 July 2025
ޅ. ހިންނަވަރެއްވެސް ނުހިމެނޭ ދޯ؟ މިހާރުވެސް ސްޓޭޝަން ހިންގަނީ މީހެއްގެ ގެއެއްގައި ، ނުވިތާކަށް ސްޓޭޝަނަށް މީހަކު ގެނަސްފިނަމަ ކުރިމަތީ ހުރި ޖޯލިތަކުން މީހުން ހުސްނުވާނެ، އެތަނަށް މީހަކުވަނަސް އެވަރު