އަލިފާން ރޯވި ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ --- ފޮޓޯ/މިހާރު
10 ޖުލައި 2025 - 19:40
ހުޅުމާލޭގެ ފޭސް އެކެއްގައި ހުންނަ ގުދަނެއްގައި އަލިފާން ރޯވެއްޖެ އެވެ.
އެމްއެންޑީއެފްއިން ބުނީ އަލިފާން ރޯވެފައިވަނީ އެންސިސް ކުންފުނީގެ ގުދަނެއްގައި ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް ލިބުނީ މިރޭ 6:48 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ.
އެ ހާދިސާގައި މީހަކަށް އަނިޔާވިކަމެއް އަދި ސާފެއް ނުވެ އެވެ.
އަލިފާާން ނިއްވުމުގެ މަސައްކަތް ހިނގަމުންދާ ގޮތް ބެއްލެވުމަށް ޑިފެންސް މިނިސްޓަރު ޤައްސާން މައުމޫނާއި ސިފައިންގެ އިސްވެރިން ވެސް އެ ސަރަހައްދަށް ވަނީ ވަޑައިގެންފަ އެވެ.
ފުލުހުން ބުނީ އެ ހާދިސާގެ ސަބަބުން އެ ސަރަހައްދުގައި ދުން ބޯވެ، ފެތުރެމުންދާތީ ދުރު ފެންނަ މިންވަރު ދަށްވެފައިވާ ކަމަށެވެ. އަދި ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް އޭގެ ސަބަބުން ކޮށްފާނެތީ އެ ސަރަހައްދާ ކައިރި ގެތަކުގައި ދިރިއުޅޭ މީހުންނާއި އެ ސަރަހައްދުން ދަތުރުކުރާ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދޭ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ަެއެމް. އެން. ޑީ އެޕް
10 July 2025
އަދިވެސް ފެން ޖަހަން ނުފެށޭ
މުލޭ
10 July 2025
ކައިރިވެވޭ ގޮތަކަށް ވެސް ހުރި ތަނެއް ނޫން. ކިހިނެއް ފެން ޖަހާނީ ވެސް.
އެނގޭތީ ބުނެލީ
10 July 2025
ދާ ގޮތަށް ގޮސް އަލިފާނަށް ފެން ޖެހުމަކީ ރައްކާތެރިކަމެއްނޫން... އަލިފާނުގެ ބާވަތާއި ފެތުރިދާނެ ގޮތާއި އެހެންވެސް ގޮތްގޮތަށް ބަލާފައި ފެން ޖަހާނީ.