އެންސިސްގެ ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވަން އެމްއެންޑީއެފް ފަޔާމަނުން ހަރަކާތްތެރިވަނީ. އަލިފާނުގެ އަސަރުކުރި ތިން ފުލުހަކަށް އަންނަނީ ފަރުވާދެމުން. ---ފޮޓޯ: ނިޝާން އަލީ| މިހާރު
11 ޖުލައި 2025 - 12:41
ހުޅުމާލޭގައި ހުންނަ އެންސިސް ކުންފުނީގެ ގުދަނެއްގައި ރޭ ރޯވި އަލިފާން ނިއްވަން އުޅުނު ތިން ފުލުހަކަށް ދުމުގެ އަސަރުކޮށް ފަރުވާދެމުން އަންނަ ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ތިން މީހުންގެ ހާލު ވެސް މިހާރު ރަނގަޅު ވަމުން އަންނަ ކަމަށެވެ.
އެންސިސްގެ ގުދަނުގައި ރޯވެގެން ސިފައިންނަށް ރިޕޯޓްކުރީ ރޭ އިރާކޮޅެވެ. އޭރު ގުދަނުގައި ވަނީ ވަރަށް ބޮޑަށް ރޯވެފަ އެވެ. އެމްއެންޑީއެފްގެ ފަޔާމަނުންގެ މަސައްކަތުން އަލިފާން އެއްކޮށް ނިއްވާލެވުނީ ރޭ 11 ވެސް ޖެހި ފަހުންނެވެ.
އެ ގުދަނުގައި ރޯވި އަލިފާން ކޮންޓްރޯލްކުރެވުނު އިރު އެ ސަރަހައްދުގައި ވަނީ ދުން ބޯވެފަ އެވެ. އެހެންވެ, އެ ސަރަހައްދުގައި ދިރިއުޅޭ މީހުން މާސްކް އަޅައިގެން ނޫނީ ނުނުކުތުމަށާއި ދުމުން ރައްކާތެރިވާން ފިޔަވަޅު އަޅަން އެޗްޕީއޭ އިން ރޭ އިލްތިމާސްކުރި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ރޯވި ގުދަންބަރީގައި ހުރީ ޕެލެޓާއި ލަކުޑި ފަދަ ތަކެއްޗެވެ. މިތަނުގައި ރޯވި ސަބަބެއް އަދި ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖަގޭ
11 July 2025
ފުލުހުންނަކީ ފަޔާފައިޓަރުންނެއްނޫން އެމީހުން އެސަހައްދުގައި ކުރާން އޮނާނެކަމަކީ ޓުރެފިކު ބެލެެއްޓުން
ޑރ ވާންޗޯ
11 July 2025
އެދުމުގެ އަސަރުނުކުރާ އެކަކުވެސް އެތަނަށް ދިޔަބާ؟.