އަބްދުއްރަހުމާން އާދަމް މަރާލާފައި އޮއްވައި ފެނުނު ގެ ތަހުގީގަށް ބަންދުކޮށްފައި. -- ފޮޓޯ: މިހާރު
13 ޖުލައި 2025 - 09:58
އއ. މާޅޮހުގައި ބޮޑެތި އަނިޔާތަކެއް ދިނުމުގެ ސަބަބުން ރޭ މަރުވި އަބްދުއްރަހަހުމާން އާދަމަށް ހަމަލާދީފައި ވަނީ ބޮލަށް ކަމަށާއި ހަމަލާ ދީފައިވަނީ ލަކުޑި ނުވަތަ ދަގަނޑުބުރިއަކުން ކަމަށް ބެލެވޭ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ބުނެފި އެވެ.
ގޭގައި ނިދާފައި އޮއްވައި ޒަހަމްތަކަކާ އެކު ފެނިގެން ރޭ ދަންވަރު އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެނިކޮށް ރޭ ފަތިހު މަރުވީ އެ ރަށު އޯކިޑްމާގޭ އަބްދުއްރަހަހުމާން އާދަމް، 65 އެވެ.
އަބްދުއްރަހުމާނަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮތްތަން ފެނިގެން އެކަން ސިއްހީ މަރުކަޒަކަށް އެންގީ އޭނާގެ އަންހެނުންނެވެ. ހަތަރު ސަތޭކައެއްހާ މީހުން ދިރިއުޅޭ މާޅޮހުން ވާހަކަ ދެއްކި މީހަކު ބުނީ މަރުވި މީހާގެ އަނބިމީހާ އަކީ ކައުންސިލް އިދާރާގެ ކައުންސިލް އެސިސްޓެންޓަކަށް އުޅޭ މީހެއް ކަމަށާއި ގޭގައި ދިރިއުޅެނީ އެ ދެމަފިރިން ކަމަށެވެ. މި ދެމަފިރިންގެ ދެ ކުދިން ވެސް އުޅެނީ މާލޭގަ އެވެ.
ފުލުހުން ބުނި ގޮތުގައި މައްސަލަ ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 1:50 ހާއިރު އެވެ.
އއ. މާޅޮހުގައި ނިދާފައި އޮއްވައި ހަމަލާ ދިނުމުން މަރުވި އަބްދުއްރަހްމާން އާދަމް.
"ލޯ ވެސް ހުރީ ވަރަށް ބޮޑަށް ދުޅަވެފައި. ލޯ މަތީގައި ވަރަށް ބާރަށް ޖަހާފައި ހުރި ކަމަށް ބެލެވެނީ،" މާޅޮހުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ނަމަވެސް އެކަން ހިނގި ގޮތް އަދި ސާފެއް ނުވެ އެވެ.
"ކަރުގައި ތޫނު އެއްޗަކުން ހަމަލަދީފައިވާ ކަމުގެ ހެކި ހުރި ކަމަށް ވެސް ރަށުތެރޭގައި ކިޔާ އެބަ. ބޮލުގެ ހަތަރު ތަނަކަށް ހަމަލަދީފައި ހުރި،" މާޅޮހުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އަބްދުއްރަހުމާނަކީ މަސްވެރިކަން ކުރާ މީހެކެވެ. އާންމުކޮށް ދަނީ ކަންނެލީގެ މަސްވެރިކަމަށެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން މައްސަލައިގެ ތަހުގީގު ފަށައި މިހާރު ވަނީ ހަތަރު ސަތޭކައެއްހާ މީހުން އުޅޭ އެ ރަށަށް އަރައި ފައިބާ މީހުން މޮނީޓާ ކުރަން ފަށައިފަ އެވެ.
ރަށުން ވާހަކަ ދެއްކި މީހާ ބުނީ، މާޅޮހަކީ ދުވަހަކު ވެސް މިފަދަ ޖަރީމާތައް ހިންގި ރަށެއް ނޫން ކަމަށާއި އެންވެ މިއީ ވަރަށް ބޮޑު ޝޮކެއް ކަމަށެވެ.
"ދުވަހަކު ވެސް މި ކަހަލަ ވިޔާނުދާ ކަމެއް މި ރަށުގައި ހިނގާފައި ނެތް. އެހެންވެ ވަރަށް ބޮޑު ޝޮކެއްގައި މި ތިބީ،" އޭނާ ބުންޏެވެ.
އެހެންވެ މިފަދަ ކަމެއް ކޮށްފާނެ ކަމަށް ތުހުމަތުވާ މީހަކު ވެސް ނެތް ކަމަށް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައިޑް
13 July 2025
ޒިންމަ ނަގަންޖެހެނިީ ފަންޑިތައޭ ކިޔާފަ މަރަން ފަތުވާދިން ތަންދޮރު ނުދަންނަ ޝޭހުން
އާ ބަކުރު
13 July 2025
ދެމަފިރިން ވަކިން ކޮޓަރިއެއްގަ ނިދަން ޖެހުނީ ކީއްވެގެންބާ؟ ޚަބަރުގަ އެބަ އޮތް އަނބިމީހާއަށް ޒަޚަމްތަކާ އެއްކޮށް އޮއްވާ ފެނުނު ކަން. އޭގެ ކުރިން ހަމަ އެއްވެސް އަޑެއްބަޑެއް ނީވުނީބާ؟ ގެއަށް ވަދުނު މީހާއަށް ކިހިނެއްބާ އިނގުނީ ދެމަފިރިން ވަކިން ކޮޓަރިއެއްގަ ނިދާކަން؟ ވިސްނާލުން މުހިއްމު.
ސަލީމު އިދުރީސް
13 July 2025
ދެމިހުން ވަކި ކޮޓަރީގަ ނިދާދާނެ އެކަކު ބާރައް ގުގުރި ދަމާތީވެސް، އެވަރު ރަށެއްގަ ދެމިހުން ވަކިއް ނިދާކަން ސިއްރުނުވާނެ! 500 ހާފިޒުން އުފައްފާ ދައުލަތުން މަހަކު 4000 ރުފިޔާ ދިނީމައްވުރެ ރަގަޅުވާނެ ތިފަދަ ޖަރީމާތައް ތަހުގީގު ކުރެވޭ ފެންވަރު ފުލުހުން އުފެއްދިއާ
ބާބަކުރު
13 July 2025
ދެމަފިރިން ވަކިން ނިދުމަކީ އެހާ ބޮޑު މައްސަލައެއްތަ؟ މިގައުމުގަ ވަރި ގިނަވަނީ ތިޔަ ކަހަލަ ކަންކަމާމެދު ތަނަވަސް ހުޅުވިފައިވާ ޚިޔާލާއެކު ނުބެލޭތީކަމަށްވެދާނެ. ކޮންމެ ހާލެއްގައިވެސް އެހެން މީހުން ކުރިމަތީ މަންޒަރު ރީތިކުރަން ދެމަފިރިން އެކުގައި ނިދައިގެން އެކަކު އަނެކަކު ތަހައްމަލުކުރަންޖެހޭ ކަންކަން އޮއްބާލައިގެން ތިބުމަކީ ދިރިއުޅުމުގެ އެހެން ކަންކަމުގައި އެކަމުގެ ނުބައި އަސަރު ފެންނާނެ ކަމެއް
ނެތްތަފާތު
13 July 2025
އެއް ކޮޓަރީގައި ނިދިއަސް އެކަކު އާދަޔާ ޚިލާފަށް ނިދި ގަދަވެފަ އޮވެއްޖެނަހަމަ އެއްކަހަލަ ނަތީޖާއެއް ނިކުމެދާނެ
އައިމިނާ
13 July 2025
އެގޮތަށް އަމިއްލަ ދަރިންނަށްވެސް ބުނެލާނެ. އަހަރުމެންގެ ކުދިން ނުކުރާނެ . ނުދާނެ. ނާރާނެ. ނުޖެހޭނެ. ރަށްރަށުގެ މީހުން ރަށުގެ ދިފައުގަ. އެ ރަށުގަ ނޫޅޭނެ. ނުކުރާނެ. ނަހަދާނެ. ހެއްވާ.ދޯ އެކަކުވެސް ބޭނުމެއްނުވޭ ކުށް ގަބޫލުކުރާކަށް. ކުށެއް ކުރެވޭނަމަތާ އިސްލާހުވެސް ކުރަންޖެހޭނީވެސް. ކޮބައިތޯ ހައްލަކީ. މިހިރީ އަހަރުމެންގެ ވިސްނުންހުރިހިސާބަކީ. ކަނޑުމަސް ރިހާކުރުކާތީ އަންނަ ވިސްނުމެއްބާ.
އައިމިނާ ގެ މަންމަ
13 July 2025
އައިމިނާ ވެސް ބޮޑުކުރީ ކަނޑުމަޙާއި ރިޙާކުރާ ކާންދީގެން އެކަމަކު ކިހާ ވިސްނުން ރަނގަޅު
ރަމަގޭ
13 July 2025
ރާއްޖޭގައި ބަޑި ލިބެން ހުންނަނަމަ މީގެ 10 ގުނަ އިތުރަށް މީހުން މަރާނެ ކަމީ ޔަގީންކަމެއް
ލަސް
13 July 2025
އޭރުން ކުށްކުރުން މަދުވާނެ.
ދޮށީސޮރު
13 July 2025
ގޭދޮރާއި ކޮޓަރީދޮރު ހުރީ ހުޅުވުވާފައިތޯ? ނޫންނަމަ ޖަވާބަކީ ? ?
ކޮރަލް
13 July 2025
ރަށުން ބޭރު މީހުން ، ރަށައް އަރާ ފައިބާ މީހުން ނާ އުޅަނދު ފަހަރު ކައުންސިލް އަށް ނުބެލެ ހެއްޓެ އެވެ. މިއީ ވެސް ބަލަން ރަނގަޅު ކަމެކެވެ. ބިދޭސީން ވެސް އަރާ ފައިބައިގެން ދަނީ އެވެ. ލިޔުމެއް އޮތަސް ނެތސް ނުބަލަ އެވެ. ވީމާ ހާދިސާ އެއް ދިމާ ވީމަ ރަށުން ބޭރަށް އެކަން ކުރި މީހަކު ހިގައްޖެ ނަމަ ހޯދަން އުނދަގޫ ވާނެ އެވެ.
މިކަން ކޮއްބަލަ
13 July 2025
މިކަން ކޮއްބަލަ
ހިތާމަވެރި
13 July 2025
ހިތާމައަކީ ރާއްޖޭގެ ކޯޓުތަކުގެ ގާޒީންނާ ފުލުހުން އިންސާފު ހޯދައިދޭން މަސައްކަތް ކުރަނީ އެބަޔަކަށް ޕުރޮމޯޝަނާ ފައިސާ ދެވޭނެ ފެންވަރުގެ މީހުން އަށް އެކަނިންކަމަށް ވާތީއެވެ.
އިންސާފް
13 July 2025
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون. މައްޔިތާގެ ފާފަ ފުއްސަވާ އާއިލާ އަށް ކެތްތެރިކަން ދެއްވާށި. އެދުމަކީ މި ދުނިޔެމަތީ އާއިލާއަށް އިންސާފު ލިބުން.
ާލަތީފީ
13 July 2025
ދިވެހިރާއްޖޭގައި އަދުލް އިންސާފެއް ނެތް! މުވައްސަސާތަކެއް ނެތް! ނިކަން ބަލާބަލަ މަރްހޫމް ޑރ. އަފްރާޝިމް ގެ މައްސަލަ! މި މައްސަލަ އެކަނި ބެލިއަސް ފުލުންގެ ވެރިން، ޖުޑީޝަރީ (ކޯޓުތަށް) އިހްމާލުވެ، ކަރަޕްޓުވެ، ނިކަމެތި ވެފައިވާ މިންވަރު ފެނިގެންދޭ! ޕީޖީ ކަން ކޮށް ނޫނީ ކުރާ މީހުންނަކީވެސް ސެލެކްޓިވް ޖަސްޓިސް، އަދި ސިޔާސީ ވެރިންނަށް ކަނު ލޯބި ކުރާ މީހުން.
އެޗް އެމް
13 July 2025
ކްރައިމް ސީރީސް ޑޮކިއުމެންޓްރީއެއް ފަށާވަރަށް ރާއްޖޭގަ ވެސް މިބާވަތުގެ ކްރައިމް ތައް މިދަނީ އިތުރުވަމުން.