މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ބައެއް ދިވެހިން ފުރަން މަތިންދާބޯޓަށް އަރަނީ: ހައްޖު ކޯޕަރޭޝަނުން ޒަކާތް ދައްކަން ޖެހޭނީ އެ ކުންފުނީގެ ފައިސާއިން ކަމަށް ފަތުވާ މަޖިލީހުން ވަނީ ބުނެފައި.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
13 ޖުލައި 2025 - 11:22
މީހުން ހައްޖަށް ދިއުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ އެ ކުންފުނީގެ ފަރާތުން ކަމަށް ކަނޑައަޅައި ފަތުވާ ނެރެފި އެވެ.
ފަތުވާ މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ފާސްކުރި "މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދެއްކުމާ ގުޅޭ" ފަތުވާ މިއަދު ވަނީ އެ މަޖިލީހުގެ ވެބްސައިޓުގައި އާންމުކޮށްފަ އެވެ.
ހައްޖަށް ދިއުމަށް ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދިނުމާ ގުޅޭ ގޮތުން އެ މަޖިލީހުގެ ލަފާ ހޯދުމަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ނެރުނު ފަތުވާގައި ވަނީ މިގޮތަށް ކަނޑައެޅީ ހައްޖު ކޯޕަރޭޝަނުން ފަތުވާ މަޖިލީހަށް ދިން މައުލޫމާތުގެ އަލީގައި ކަމަށެވެ.
އެ މައުލޫމާތަށް ބަލައި އެ މަޖިލީހުގެ މެންބަރުން ދިރާސާކުރުމަށް ފަހުގައި ނިންމާފައި ވަނީ އާންމުން ހައްޖަށް ދާން ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ އެ ކުންފުނީގެ ފަރާތުން ކަމަށެވެ.
ހައްޖަށް ދާން އެދިގެން ކިއުގައި 9،000 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ހައްޖު ކޯޕަރޭޝަނުން މިދިޔަ ޖެނުއަރީ މަހު ބުނެފައިވެ އެވެ. ހައްޖު ކިއުގައި ޖެހެވެނީ ފައިސާ ދައްކައިގެންނެވެ. އެއީ ފުލް ޕޭމަންޓް ނުވަތަ ކަނޑައަޅާފައިވާ ވަކި އަދަދެއް ދެއްކުމުންނެވެ. ހައްޖަށް ދިއުމަށް ބައެއް މީހުން އިންސްޓޯލްމަންޓަށް ވެސް ފައިސާ ދައްކަ އެވެ.
ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ދިއުމަށް މިހާރު ޖުމްލަ 69،965ރ. ދައްކަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ ވާންޗޯ
13 July 2025
ފަތުވާ ނުނެރުނަކަސް ގަޅިއަކަށް ނޫނިއްޔާ އެނގޭނެދޯ ޒަކާތްދައްކަންޖެހޭނީ ފައިސާހުރި ފަރާތުންކަން. ދެއްކިފައިސާ 2 އަހަރު 3 އަހަރު ހައްޖު ކޯޕަރޭސަންގަ
ޢާމިނާއްތަ
13 July 2025
ރަނގަޅު ޓެކްސް ކޮމެޓީއެއް އުފައްދައިފި. ފައިސާ ދައކާފަ ޑެލިވަރީ ނުވާ މުދަލުންވެސް ޒަކާތް ދެއްކިވާހަކަ ފިހާރައިން ބުނެފާނެ
މޮޑަން
13 July 2025
ތިފައިސާއަކީ މީހަކު ޚިދުމަތެއް ހޯދުމަށް އިދާރާއަކަށް ދައްކާ ޕޭމެންޓެއް. އިންސްޓޯލްމެންޓަށް ވިޔަސް އެހެންގޮތަކަށްވިޔަސް. އެހެންވީމަ ޕޭމެންޓް ދައްކާ ހިސާބުން އެމީހާގެ ބާރު އެފައިސާއިން ކެނޑުނީ. ދެން ސުވާލަކީ ސަރުކާރުގެ ޚަޒާނާގަ ހުންނަ ފައިސާއިންވެސް ޒަކާތް ދައްކަންޖެހޭހޭ؟ މަދަންނަ ގޮތުގަ ޒަކާތް ވާޖިބުވަނީ ވަކިވަކި ފަރުދުންނަށް. ކުންފުންޏާ ޖަމްއިއްޔާ ތަކާ ސަރުކާރަކަށް ނޫން.
ހުސެން1
13 July 2025
ކުންފުނީގެ ނިސްބަތުން ބަލާއިރު، އެ ފައިސާއަކީ އެ ފައިސާ ދެއްކި ފަރާތުގެ މައްޗަށް އޮތް ދަރަންޏެއް - ކޯޕަރޭޝަންގެ މިލްކުގައިވާ ފައިސާއެއް ނޫން. ޙައްޖަށް ފައިސާ ދެއްކި މީހާގެ ނިސްބަތުން ބަލާއިރު، އެއީ ވަކިކަމަކަށް ޚަރަދުކޮށް ނިމިފައިވާ ފައިސާއެއް. އެއީ ސޭވިންގ އެއް ނޫން. ޒަކާތްފަދަ ދީނުގެ އަޅުކަން އެެއީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ފަރުދީ ދީނީ ވާޖިބެއް. ޤާނޫނީ ޝަހުސުތަކަށް (ކުންފުނިފަދަ) އެފަދަ އަޅުކަން ކުރަން ޝަރުޢު ކުރައްވާފައި ނުވޭ.
އަލީބެ
13 July 2025
ފައިސާ ދައްކާފަ 10 އަހަރުވީމީހުން ޒަކާތަށް ކެނޑުމުން މަދުވާތީ އިތުރަށް ފައިސާ ދައްކަން ފިގުހު ކޮމެޓީއިން ލަފާނުދިނަސް އަތުލާނެ
ފައިދިގު
13 July 2025
ޕެންޝަން ފައިސާ އަށް ވެސް ޒަކާތް ދައްކަން ޖެހޭނީ އެއޮފީހުން
ފަތާވާ
13 July 2025
ފަތުވާއަކީ ދަލީލުތަކާއި ރައުޔުތައް ބަޔާންކޮށް އިލްމުވެރިންގެ ބަހުސްތައް ބަޔާންކޮށް ތަފްސީލުކޮށް ނެރެންޖެހޭނެ އެއްޗެއް. އަދި އެފަތުވާ ކޮމިޓީގައި ތިބި މެންބަރުންގެ ތެރެއިން ފަތުވާއަށް އެއްބަސްވާ މެންބަރުންނާއި ހިލާފުވާ މެންބަރުންވެސް އެނގެންވާނެ. މިހާރު ކިޔަވާ ކުއްޖަކު އެސައިންމަންޓްވެސް ނަހަދާ ލެވަލްގަ ފަތުވާ ނެރެނީ އެއް ސަފްހާއިން އެއްވެސް ތަފްސީލެއް ނުދީ.
ދެންވާނީ ކިހިނެތް
13 July 2025
ފައިސާ ދައްކާތތ އެތައްއަހަރެއް ފަހުން ޖާގަލިބެނީ ހައްޖައްދާން. ދުވަސްކޮޅަކުން ބުނެފާނެ ޒަކާތްދައްކާ ހުސްވެއްޖޭ. ރައްކާކުރާ ފައިސާއިން އެމީހަކު އަމިއްލައަކަށްނޫންތަ ދައްކަންވާނީ.
ދެރަސޮރު
13 July 2025
ކޮށްކޯ މީކީ އަތުގަ ނުޏި ބޭންކުގަ ފޮރުވާފަ ހުރި ފައިސާ އެއްނޫނޭ، ހައްޛު ކޯޓާ ގަންނަށް ތަނަކަށް ދައްކާފަ ހުރި ފައިސާ، ދެއްކި މީހާގެ މައްސައެއްނޫނޭ ކޯޓާ ލިބުން ލަސްވުމަކީ، ކޯޓާ ލަސްވި ވަރަކަށް ފައިދާ ބޯޑީ ފައިސާ ލިބުނު ކުންފުންޏަށް، އެމީހުން ވވިޔަފާރިކޮށް ބިންގަނެ ޢިމާރާތްކޮށް ހަދަނީ މީހުން ދައްކާފަ ހުރި ފައިސާ އިން...♥ސާބހޭ ފަތުވާ ހިތްވަރުގަދަ އަދި ތަފުސީލް ހާމަ ކޮށްލަދީ
ޞިންވެރިޔާ
13 July 2025
ޙަމަ އެފަދައިން ޕެންޝަނަށް ކަނޑާ ފައިސާވގަވެސް އެފައިސާގެ ބޭނުމެއް ނުކުރެވޭ އެ އޮފީހުން އިންވެސްޓް ކޮށްގެން ފައިދާ ޙޯދަނީ
ސަބްރީނާސް
13 July 2025
ހައްޖު ފައިސާ ހުންނަނީ ބޭނުންވީމަ ނެގޭ ގޮތަށް. ހައްޖު ކޯޕަރޭޝަނުން، އެމީހެއްގެ އެކައުންޓުގައި ރައްކާކޮށްފަ ބަހައްޓަނީނު އެމީހަކަށް ހައްޖުގެ ޖާގަ ލިބެންދެން. ބޭންކު އެކައުންޓުގައި އަހަރުމެން ރައްކާކުރާ ފައިސާއިން ވެސް އަހަރުމެން އަމިއްލައަށް މުދަލު ޒަކާތް ދައްކަންޏާ، މިފައިސާއަަށްވެސް އޮންނާނީ މިއުސޫލެއް ނޫންތަ؟ އަހަރެން މިއަހަރު މުދަލު ޒަކާތް ދެއްކީ، ހައްޖު ފައިސާވެސް ލައިގެން. އޭގެ ފަހުން ކަމެއް ޖެހިގެން ހައްޖު ފައިސާ އަނބުރާ ނަގައިފިން.
ދެރަސޮރު
13 July 2025
އަހަރެމެން ނުކިޔަވާ މީހުންނަާްށް ވެސް އެނގޭ ބޭންކުގަ ބަހައްޓާފައިސާ ބޭނުން އިރަކު ނެގޭ ގޮތަށްކަން ހުންނަނީ އެކަމަކު ހައްޖު ކޯޓާގަތުމަށް ދެއްކިފައިސާ ހުންނާނީ ކޯޕަރޭޝަން ގެ ބެލުމުގަ އެއިން ވިޔަފާރިވެސް ކުރަނީ އެމީހުން, ކިއުފަޅަނީވެސް އެމީހުން, މި ދެފައިސާ ތަފާތު ވާނެ ކަން ތި ތެއްކަންނެތް ސިކުނޑިން ވިސްނާލަބަލަ ގޮތެއް ނުނިންމާ އޮތް ވަރަށް މުހިންމު ކަމެއް ފަތުވާ އިން ތި ހާމަ ކުރެއްވީ
އަފްރާސިޔާބު
13 July 2025
ހައްޖު ފައިސާ ހައްޖު ކޯޕަރޭޝަނުގެ މުވައްޒަފެއްގެ އެކައުންޓްގައި ބެހެއްޓުމަކީ ރަނގަޅުކަމެއް. އަދި އެއިން ޒަކާތް ދެއްކުމަކީވެސް އެމީހަކު ކުރަންޖެހޭ ކަމެއް. މިހާރު ފައިސާ ދައްކާ މީހުންނަށްވެސް ހައްޖަށް ދެވޭނެ ކަމަށް ބަލަނީ 2037 ވަނަ އަހަރުގައި ކަމަށް ބުނަނީ. އެހެން ކަމުން އެހާ ގިނަދުވަސް ވާންދެން ފައިސާ ގަނޑުކޮށްފައި ބެހެއްޓުމަކީ އިކޮމިކް އުސޫލުން ރަނގަޅުކަމަކަށް ނުވާނެތީ އެ މުވައްޒަފަކު ވިޔަފާރިކުރުން ހުއްދަ. އެކަމަކު އެމީހާ ހައްޖަށްގެންދަންވާނެ.
ވަލީދު
13 July 2025
ހައްޖުކޯޕަރޭޝަނަށް ދައްކާފައިސާއަކީ ޖަމާކުރެވިފަ ހުންނަ މުދަލަކަށްވާގޮތް ކިޔާދެންޖެހޭ.
ޖެރާ
13 July 2025
ފައިސާގަނޑެއް ލިބުނީމާ ފަތުވާ ކޮމެޓީ ހެލިގަނެފި..
ޖަނާބު
13 July 2025
ދިވެހިރާއްޖޭގެ ދީނީ ގިނަ އިލްމްވެރިންނަކީ ފޮތުގެ ބޭރު ގަޑު ކިޔައިގެން ރޯނުއެނދުރުވެ އެވެސް ދުނިޔެވީ ތަޖުރިބާއެއް ނެތް، މަގާމް އަދި މައްޝޫރުކަން އަދި މީހުންގެ މެދުގަ ތިމާގެ އިލްމު ވިއްކައިގެން ދިރިއުޅޭ ބައެއް. ނިކަން މި މައްސަލައަށް ބަލާލުމުންވެސް ފެނިގެންދޭ. ހުސް ރޯނުއެނދުރުން! ބައެއް މަދު ޝޭހުންގެ އިޖިތިމާއީ އަހްލާގުވެސް ނުހުރޭ. މީހުންނަށް ކުލުނު އަދި އޯގާތެރިކަން ވެސް ނުހުރޭ. މަ މޮޅުކަން ދެއްކެން އުޅެނީ