ޑްރަގް ވިއްކާ، ގެންގުޅޭ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މއ. ހިތްތަލަވިލާ، އަހްމަދު ނަޒްމީން--
13 ޖުލައި 2025 - 13:12
ޑްރަގް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މާލެއިން 28 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މއ. ހިތްތަލަވިލާ، އަހްމަދު ނަޒްމީން އެވެ.
އޭނާ ތަހުގީގަށް 15 ދުވަހަށް ބަންދުކުރަން ކޯޓުން ނެރުނު އަމުރުގައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ނަޒްމީން ދިރިއުޅޭ ކޮޓަރިން މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އަދި އެ ތަކެތީގެ ވިޔަފާރި ކުރުމަށް ބޭނުންކުރާ ސާމާނު ވެސް ފެނުނު ކަމަށެވެ.
ފުލުހުން ބުނީ 214 ގުރާމުގެ ޑްރަގާއި ބަނގުރާ ކަމަށް ތުހުމަތު ކުރެވޭ 1 ފުޅި އެތަނުން ފެނުނު ކަމަށެވެ.
އެ ކޮޓަރި ހުޅުވީ ނަޒްމީން ގެންގުޅުނު ތަޅުދަނޑިއަކުން ކަމަށާއި އެ ކޮޓަރިން އޭނާގެ އައިޑީ ކާޑާއި ޕާސްޕޯޓާއި ވިސާ ޑެބިޓް ކާޑު ވެސް ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ފުލުހުންނާ ހަވާލާދީ ބުނެފައިވެ އެވެ.
ބަންދުގެ މަޖިލީހުގައި ނަޒްމީން ވަނީ އެ މައްސަލާގައި އޭނާގެ މައްޗަށް ކުރާ ހުރިހާ ތުހުމަތަކަށް އިންކާރުކޮށްފަ އެވެ. އޭނާ ބުނީ ޑްރަގް ފެނުނު ކޮޓަރީގައި އޭނާ ނޫން އިތުރު މީހުން ވެސް ދިރިއުޅޭ ކަމަށާއި އެ ތަނުގައި ޑްރަގް ހުރިކަން އޭނާއަށް ނޭނގޭ ކަމަށެވެ.
މަސްތުވާތަކެތި ފެނުނު ތަނާއި ނަޒްމީންއާ ގުޅުމެއް ނެތް ކަމަށް ވެސް ދިފާއުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަރުތަ
13 July 2025
އޭނާ ބުނީ "ޑްރަގް ފެނުނު ކޮޓަރީގައި އޭނާ ނޫން އިތުރު މީހުން ވެސް ދިރިއުޅޭ ކަމަށާއި އެ ތަނުގައި ޑްރަގް ހުރިކަން އޭނާއަށް ނޭނގޭ ކަމަށެވެ". އެހެންވިއްޔާ އެތަނުގައި އުޅޭ އޭނަނޫން މީހުންކޮބާ! އެމީހުނާ ވެސް ސުވާލު ކުރެވެން ވާނެތާ، ނޫނީ އެހެން ބުނުމުން ދެން އެހިސާބުން ނިމުނީބާ!
ޑުން
13 July 2025
ހަތަރު ކަށިމަތި މާލޭ ބޭފުޅުން ދެއްތޯ!
ކާކުބުނީ
13 July 2025
މިކަހަލަ އައްޑާތައް ބައިވަރު.. ގަލޮޅުގައި ކިއުޖައްސައިގެން ޑްރަގްވިޔަފާރި ކުރާ އައްޑާއެއްހުންންކަން އެހިސާބުގަނޑުގައި އުޅޭ އެންމެންދަނޭ.. ރިޕޯޓްކޮށްކޮށްވެސް އެއްވެސްކަމެއްނުވާކަމަށް ވަނީ.. ހުއްޓުވަން މަސައްކަތެއްކުރާތަނެއް ނުފެނޭ..
ލަސް
13 July 2025
މިމީސްމީހުންގެ ޚަބަރުގެނެސް ދިނުމުގެ އެއްވެސް ބޭނުމެއްނެތް. ރައްޔިތުން ހާސްވެ ނާއުއްމީދުވުން ނޫންކަމެއް ނެތް. ފުލުހުންނާއި ކޯޓްތައްވަނީ ތާށިވެ ބަންދުވެފަ.