އާސަންދައިގެ މެނޭޖިން ޑިރެކްޓަރު ޒީނިއާ މަޖިލީސް ކޮމިޓީއެއްގައި ވާހަކަދައްކަވަނީ. ހަ މަސް ތެރޭ އާސަންދައަށް ވަނީ 1.1 ބިލިއަން ރުފިޔާ ހޭދަކޮށްފައި. -- ފޮޓޯ | މިހާރު
16 ޖުލައި 2025 - 11:54
ދައުލަތުން ހިލޭ ބޭސްފަރުވާ ކުރެވޭ ސްކީމް، އާސަންދަށް ވޭތުވެދިޔަ ހަ މަސް ތެރޭ ބިލިއަނެއްހާ ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންްސް މިނިސްޓްރީން ނެރޭ ހިސާބުތަކުން ދައްކާ ގޮތުން އާސަންދައަށް ވަނީ 1.1 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އެއީ މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ 60 ޕަސެންޓެވެ.
މި އަހަރުގެ ބަޖެޓުގައި އާސަންދައަށް ހިމަނާފައި ވަނީ 1.8 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައަށް 980 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ. އަދި އަހަރު ނިމުނު އިރު 2.4 ބިލިއަން ރުފިޔާ އާސަންދަ ބަޖެޓަށް ހޭދަކޮށްފައިވެ އެވެ.
އެއީ އެ އަހަރު ފުރަތަމަ ކަނޑައެޅި ބަޖެޓަށް ވުރެ 500 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އާސަންދަ އަށް 2023 ވަނަ އަހަރު ވަނީ 2.3 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
އާސަންދައިގެ ހަރަދުތައް ހިނގާ ގޮތުން، ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
އާސަންދައަށް 2013 ވަނަ އަހަރު ހޭދަ ކުރީ ބިލިއަނެއްހާ ރުފިޔާ އެވެ. އެކަމަކު މިހާރު އެ އަދަދު މިވަނީ އޭގެ ދެ ގުނަ އިތުރުވެފަ އެވެ.
ވޯލްޑް ބޭންކުގެ ހިސާބުތައް ދައްކާ ގޮތުގައި އާސަންދައަށް ކުރާ ހޭދަ 2014 އިން 2019 ވަނަ އަހަރަށް 18 ޕަސެންޓު ވަނީ އިތުރުވެފަ އެވެ. އެކަމަކު އާސަންދަ ބޭނުން ކުރާ މީހުންގެ އަދަދު އެ މުއްދަތުގައި އިތުރުވީ އެންމެ ތިން ޕަސެންޓަށެވެ. އާސަންދަ ބޭނުން ކުރާ މީހުންގެ އަދަދު އިތުރުވި ވަރާ ނުބައްދަލު އަދަދަކަށް އެ ސްކީމުގެ ހަރަދުތައް އެހާ ބޮޑަށް އިތުރުވީ ބޭހުގެ ހަރަދާއި ސިއްހީ ހިދުމަތްތަކުގެ އަގުތައް އިންތިހާއަށް އުފުލުމުންނެވެ.
ވޭތުވެދިޔަ ފަސް އަހަރު އާސަންދައަށް ވަނީ 9.2 ބިލިއަން ރުފިޔާ ދައުލަތުން ހޭދަކޮށްފަ އެވެ. އާސަންދައަށް ކުރާ ހޭދަ އެއް އަހަރުން އަނެއް އަހަރަށް ބޮޑުވަމުން ދާތީ އެކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދަން ބޭރުގެ މާލީ އިދާރާތަކުން އަންނަނީ އަންގަމުންނެވެ. އެކަމަށް ހައްލުތަކެއް ހޯދުމަށް މިއަހަރަށް ހަރަދު ކުޑަ ކުރުމަށް ފިޔަވަޅުތަކެއް ކަނޑައެޅި ނަމަވެސް، އާއްމުންގެ ކަންބޮޑުވުންތައް ހުރެގެން ސަރުކާރުން ވަނީ އެ ފިޔަވަޅުތައް މަޑުޖައްސާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހުމަދުބޭ
16 July 2025
އާސަންދައިގެ ބޮޑުބަޔެއް ދަނީ ނަހަމަގޮތުގައި ކަން އެންމެންނަށް އިންގޭ، ހައްލުހޯދަން މިވަނީ ނުކުޅެދިފައި، ސިޔާސީގޮތުން ސިޔާސީވެރިން މެޑިކަލް މާފިޔާގެ ކިބައިން ކެމްޕޭން ކުރަން ލާރިހޯދައި ގެން އެވެރިންގެ އުނގަށް ވެއްޓިގެން ކުރާ ސިސްޓަމްގައި އާސަންދަ މިއޮންނަނީ ހިތަކަށް މެޑިކަލް މާފިޔާއަށް ލިބިފައި؟ ބޭސް އަދި ޚިދުމަތްތަށް ޑަބަލް ކޮއްގެން އާސަންދައިން ނެގެން އޮތް ފައިދާއެއް މިދަނީ ނަގަމުން
ވެންގަބޯ
16 July 2025
އެހެންވީމާ ރަނގަޅޭ ހަ މަހުން އާސަންދައަށް ބިލިއަނެއް ހޭދަކޮށްލީމަ އެއީހުރިހާ ރައްޔިތުންގެ އަތުންދިޔަވަރު އިސް މަގާމުތަކުގައި ތިބޭ މީހުންގެ އާއިލާތަކަށް ރާއްޖޭން ބޭރުގައި ބޭސްފަރުވާއަށް ބިލިއަނެއް ހޭދަކޮށްފި ތީ ދީފާ ކަލަގޮވަނީ އިނގޭތަ!!!!!!!!! ؟؟؟؟؟؟
ސަބޫން
16 July 2025
ބައްލަވާ ބޭފުޅުންނޭ ރައްޔިތުންގެ ޓެކްސް ފައިސާއިން ރައްޔިތުންގެ ސިއްޚީ ކަންކަމަށް ކިތައްމެ ވަރެއް ހޭދަވިޔަސް ކޮބައިތޯ މައްސަލައަކީ؟ ރައްޔިތުންގެ އެއްޗެއް ރައްޔިތުންނަށް ޚަރަދު ކޮށްފަ އެވާހަކަ ގޮވުމަކީ ވަރަށް ހަޑި ކަމެއް
އާާާާނ
16 July 2025
ނެތްއެއްޗެއް ނެރެނީ ކޮންތަނަކުންތޯ ބަލަން ޖެހޭނެ، އެނގެންޖެހޭ
ފޮނިޓައްޕު ހަސަނު
16 July 2025
6 މަހުން އާސަންދަ އަށް ބިލިއަނެއް ހޭދަކުރިއޭ ކިޔާފަ ހެޑްލައިނަށް އަރުވާލީމާ، ޚަބަަރު ކިޔާ މީހާ ހިތައް އަރާނެ ސަރުކާރު ހާދަ ހެޔޮފުޅޭ. އަޅެ ގަބޫލުކޮށްބަލަ ތިއާސަންދަ ވިއަސް، އުމުރުން ދުވަސްވީ މީހުންނަށް ދޭ ފައިސާ ކަމުގައި ވިއަސް ޚަރަދު ކުރަމުން ދަނީ ރައްޔިތު މީހާ އަތުން ނަގާ ޓެކްސް ފާއިސާއިންނޭ. ރައްޔިތު މީހާ އެބަޖެހޭ ޚަރަދު ކުރާ ކޮންމެ 100ރ އަކަށް 8ރ ޓެކްސް ސަރުކާރަށް ދަށްކަން.
ކޮރަލް
16 July 2025
އާސަންދަ ދޭން ނުޖެހޭ ބަޔަކަށް ވެސް އެބަ ދެ އެވެ. ބައެއް މީހުންގެ ދެތިން އިންޝޫރެންސް އެބަ ހުއްޓެވެ. އާސަންދަ ނޫން އެހެން އިންޝޫރެންސް ޕަކޭޖް ހުންނަ މީހުންނަށް އާސަންދަ ދޭނެ ކަމެއް ނެތެވެ.
މިވަރެއްނެތް
16 July 2025
އާސަންދައަކީ ވައްކަންކުރުމުގެ މައިދޮރު. ޑޮކްޓަރުން ހެޓަކަށް ބޭކާރު ބޭސްދީ، ޓެސްޓްތައް ކުރުވާ. ކްލިނިކްތަކުންވެސް އެފަދަ. ހޮސްޕިޓަލަކަށް ބަލިމީހަކު ގެންގޮސްފިއްޔާ އެވެރިންނަށް ފެންނަނީ މިއި ފައިސާކޮޅެއް ހަދާލަން ރަނުގެ ފުރުސަތެކޭ. އެމީހެއްގެ އާސަންދަ ހުއްވަންދެން ތަޅުވާނެ. އިންޑިޔާގެ ހޮސްޕިޓާތައްވެސް ރާއްޖޭގެ ޑޮކްޓަރުންނާއި ގުޅިގެން ހަމަ ފެލަނީ. ތިއީ ބޮޑް ސްކޭމެއް މިހާރު. ތި އާސަންދަ ހުއްޓާލާފަ ޕްރައިވެޓް ހެލްތް އިންޝޯރެންސް ތައާރުފުކުރަންވީ
231455
16 July 2025
ރަގަޅު ހެޑްލައިނަކީ މެޑިކަލް މާފިޔާއަށް 1 ބިލިއަން ރުފިޔާ ރައޔްިތުންގެ ފައިސާއިްނ ދީފި! ޕްރަވެޓް ސަބްސިޑީ އިޒް އަ ސްކެމް. ސަރުކާރު ހޮސްޕިޓަލް ތަކުން ހިލޭ ބޭސްކުރެވޭނެ. 1 ބިލިއަން ރައްޔިތުންގެ ތަންތަން ކުރިއަރުވަން ޚަރަދު ކުރިނަަމަ އޭގެ ފައިދާ ފެންނާނެ ޖީބަށް ލުއިކޮށް ރައްޔިތުންނަށް
ޑރ ވާންޗޯ
16 July 2025
ތިޔައަދަދުތަށް އިންތިހާޔަށް އިތުރުވީ ބޭސްފަރުވާގެ ނަމުގަ ގިނައަދަދެއްގެ ސިޔާސީމީހުނާ މަޖްލިސް މެންބަރުން ދުބައިއަށާ ބެންގްކޮކްއަށް ފޮނުވީމަ. މީދޮގެއްތޯބަލަން މިނިވަން އޮޑިޓެއްކޮށްބަލަ، ނުކުރާނެ.
ބަންޑާރަ ގުޅި
16 July 2025
އަހަރެންގެ މަންމައަށް އާސަންދަ މިވޭތުވެ ދިޔަ 6 އެކަ މަހު ވީ ތުރާލަކަށް، އައިކެއަރ އިން ކޯޓޭޝަން ހޯދައިގެން ހުށަހެޅުމުން މިދެނީ އޭގެ 1/2 އަނއްބައި މިޖެހެނީ އަތުން ހޭދަކުރަން ، ކުޑަ އަދަދެއްނަމަ ރަނގަޅު، އެކަމަކު ކިހިނެއް މަހަކު 15000ރ އިތުރަށް ދައްކާނީ
ސަލީމު އިދުރީސް
16 July 2025
މަގޭހަމަ ގައިމުވެސް ދުވަހކުވެސް އާސަންދައިން ބޭސް ނުކުރަން
ފޫހި
16 July 2025
ޒީނިޔާ ނޫން މީހެއް ތިޔަ ތަނަށް ލާނެ ނެތީތަ؟ އެއީ މެނޭޖްމަންޓް ހަދާފަ ހުރި މީހެއްވެސް ނޫން. ހުރިހާ ސަރުކާރަކުން ޒީނިޔާ ބަހައްޓާފަ ހުންނަނީ ސިޔާސީ މީހުން ބުނާހާގޮތެއް ހަދާތީ.