ޓީ-ޖެޓި ކައިރީގައި ހުންނަ މަސައްކަތްތައް ހުއްޓިފައި ހުރި އިމާރާތް.-- ފޮޓޯ: ލޯކަލް ގަވަމެންޓް މިނިސްޓްރީ
16 ޖުލައި 2025 - 13:10
ޓީ-ޖެޓީ ސަރަހައްދުގައި ހަދަން ފަށައި ވަކި ހިސާބަކުން މަސައްކަތްތައް ހުއްޓިފައި ހުރި އިމާރާތަށް، ކުޑަކުދިންގެ މައްސަލަތައް ބަލާ ފުލުހުންގެ ޑިޕާޓްމަންޓު ބަދަލުކުރަން ތައްޔާރުވާން ފަށައިފި އެވެ.
ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު އުމަރު "މިހާރު"އަށް މިއަދު ވިދާޅުވީ އެ އިމާރާތުގެ މަސައްކަތްތައް ހުއްޓުނީ ކޮންސްޓްރަކްޝަންގެ ބައި ވެސް ނިމުނު ފަހުން ކަމަށެވެ. އެހެންވެ، ބާކީ ހުރި ކަންކަން ނިންމައި ހަތް ބުރީގެ އިމާރާތް ބޭނުންކުރަން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެމިލީ އެންޑް ޗިލްޑްރެން ޕްރޮޓެކްޝަން ޑިޕާޓްމަންޓް (އެފްސީޕީޑީ) އަށް ހާއްސަކޮށްގެން، ފުޑް ކޯޓުތައް ކައިރިން ޓީ-ޖެޓީ ކުރިމަތީގައި އިމާރާތެއް ހަދަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް، މިހާރު މަސައްކަތް ހުއްޓިފައި ހުންނަތާ ވެސް ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
މިނިސްޓަރު އާދަމް ޝަރީފު، ފުލުހުންނާއި މިނިސްޓްރީގެ އިސްވެރިންނާއެކު އެ އިމާރާތް މިއަދު ބައްލަވާލައްވަނީ.-- ފޮޓޯ:.-- ލޯކަލް ގަވަމެންޓް މިނިސްޓްރީ
އާދަމް ޝަރީފު ވިދާޅުވީ އިމާރާތް ބޭނުން ނުކޮށް ގިނަ ދުވަސްވިއަސް، އެ ތަނުގެ ފެންވަރުގެ ރަނގަޅު ކަމަށެވެ.
"ފިނިޝިން މަސައްކަތާ މިނިސްޓްރީން މި ހަވާލުވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިމާރާތް އެއްކޮށް ނިންމަން ހަތް މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަމާޒަކީ ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލުމެވެ.
އެފްސީޕީޑީ މިހާރު ހިންގަނީ، އައިޖީއެމްއެޗާ ޖެހިގެން ހުންނަ އިމާރާތެއްގަ އެވެ. އެ ސަރަހައްދަކީ އާއްމުކޮށް ފެންބޮޑުވާ ހިސާބަކަށް ވާތީ، ވާރޭވެހޭ ދުވަސްވަރު އެފްސީޕީޑީއަށް ވެސް ބޮޑެތި ގެއްލުންތައް ވެ، މަސައްކަތަށް ބުރޫއަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަފާޒް ސަލީމް
17 July 2025
ހުސްކޮށް ބަހައްޓާފަ ހުންނަ އިމާރާތްތައްވެސް ބޭނުން ހިފޭ ގޮތަށް ބޭނުން ކުރާތަން މި ފެންނަނީ މިވެރިކަން އައިފަހުން. މި އިމާރާތުގެ އިތުރުން ހުޅުމާލެ އޮރެންޖް ބިލްޑިންގ ފާހަގަ ކޮށްލަން
މޫމިން ފުއާދު
17 July 2025
ކަންކަން ކުރަން އުޅޭ މޫހުން އައިސް ނަތީޖާ މި ނެރެނީ. މީ ތަފާތަކީ
ކްރެޑިޓް
16 July 2025
ތިއިމާރާތް ހަދާ ނިމުނީމަ ތީގެ ކުރެޑިޓް މަށަށް މަ ކޮންމެ ދުވަހަކު ތިތާ ކުރިމަތިން އޮފީހަށް ދަނީ. އެހެންވެ.
ޙައްހުބަސް.
16 July 2025
މިހާރު ހުރި ހިސާބުން 3 މިލިޔަން ކަންނޭގެ ދާނީ
ކޮން
17 July 2025
އެހެންތަ؟
ޖައިސާމް
16 July 2025
މުޅި ގައުމުގަ ފުލުހުންގެ އިމާރާތް. ކާންދޭ. ބޭސް ކޮށްދޭ. އެހެން ދާއިރާތަކަށްވުރެ މަތިން މުސާރަ ދޭ. ޑަބަލް ޕެންޝަން ލިބޭ. ފްލެޓް ދޭ. މިގޮތަށް ދައުލަތުން ތަފާތު ބޮޑުކޮށް ހަރަދުކުރާ ބަޔަކަށް ދެން ތިބެނީ ސިފައިންނާ މަޖިލިސް މެމްބަރުން އަދި ކޮންމެސް ވަރަކަށް ފަނޑިޔާރުން. ރައްޔިތުންގެ މެދުގަ ހަމަހަމަކަން ގާއިމު ކުރެވޭނީ ކޮންއިރަކުންބާއޭ ހިތަށް އަރާ.
ޕާޓޭން
16 July 2025
ތަނަކު ރޯވިޔަސް، މީހަކު ކަނޑުވިޔަސް ދޯންޏެއް ގެއްލުނަސް، ވާރޭވެހި ފެން ބޮޑުވިޔަސް އަހަރުމެން ޕާޓޭން ކާން ބޯން މަސައްކަތެއް ކޮށްލިޔަސް ކަލޭމެން އާންމުން ގުޅަނީ ތިބުނާ ފުލުހުންނަށް. ލަދުން ބޯހަލާކު
އަބްޑޫޅް +
17 July 2025
ފުލުހުންނާއި ސިފައިންގެގޭ، ކާގޭ މޭޒުމަތީ، ކޮންމެ މީހެއްގެ ކުރިމަތީ ޖޫސް-ފޯލް-އިން ވެފައި، އެޓެންޝަނަށް ހުންނަ މަންޒަރަކީވެސް، ބަލާ ފޫހިނުވާ މަންޒަރެއް.
ޖައިސާމް
17 July 2025
ޕާޓޭން ނަމުގަ ކޮމެންޓް ކުރި މީހާއަށް ބުނަން އޮތީ އަހަރެން ކޮމެންޓް ކުރީ ކޮންމެހެން ފުލުހުންގެ މަސައްކަތަކީ މުހިންމު ނޫން މަސައްކަތެއް ގޮތަށް ދެއްކުމަކަށް ނޫން. ރައްޔިތުންގެ ފައިސާއިން ކުރާ ހަރަދުތަކުގަ ވީހާވެސް ހަމަހަމަ ކޮށް ކަންކަން ކުރަން ބާރު އެޅުމުގެ ގޮތުން.
ބޯއި ބޯއި
16 July 2025
ތިއީ މިހާރުވެސް ބޮޑުކުރަން ޖެހިފައިވާ މަގެއް ! މިހާރުވެސް ޓްރެފިކް އިންތިހާއަށް އޮވެއި ! ތަންކޮޅެއް ކުރިޔާލައި ބޮޑުވިސްނުމެއް ގެންގުޅެންޖެހެއި !! ވިސްނުން ތިގެންގުޅެނީ ފައިބުޑަަށްވިއްޔަ !!
ވައި އޯލްވޭޒް
16 July 2025
މުޅި ޤަޢުމުގަ ފުލުހުންގެ އިމާރާތް؟؟؟؟
ޓްރެފިކް
16 July 2025
އަޅެފަހެ މިއީ ޓްރެފިކް އެންމެ ބާރުބޮޑު އެއްޕޮއިންޓް، ކިހިނެއް ވެފާތަ ތިޔަ ތިބެނީ؟ ދެން އެތާ ބުޑުގައި ސައިކަލް އިތުރަށް ބަރިބަރި ޖަހާ ކޭކެއްގެ އައިސިންގަޑުހެން ސައިކަލްތައް އިތުރުވާނެ!
ސިނގިރޭޓްވެސް ... ؟
16 July 2025
ސައިކަލާނުލާ އުޅޭ ގޮތަަށް ގާނޫން ނުހެދެނީތަ؟
ޝުކުރިއްޔާ އަދުގެ ސަރުކާރު
16 July 2025
ވަރަށް ރަނގަޅު ކަމެއް، މިކަހަލަ މުހިންމު މުއައްސަސާތަކުގެ ކަންކަން އަވަސްކުރުމީ ވަރަށް ރަނގަޅުކަމެއް. ބޭނުންނުކުރެވި ގެއްލިގެން ދާކޮންމެ ދުވަހަކީ ލިބޭ ގެއްލުމެއް.
ސިސްޓަމު އިޒް އަންޑާ
16 July 2025
ބުރިޔަކަށް މިލިޔަނެއްތަ ތިޔަ ޖަހާލީ ފިނިޝިންގަށް؟ ސަރުކާރުން ކަންކަން ކުރަންޏާ ހާދަހާވާ އަގު ބޮޑޭދޯ.