ކޮމަންޑޫ ކައުންސިލާ ގައްލައިދޫ ރަސްމީކޮށް ހަވާލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
15 އޮކްޓޯބަރ 2025 - 09:12
ށ. ކޮމަންޑޫ ކައުންސިލާ އެ އަތޮޅު ގައްލައިދޫ ރަސްމީކޮށް ހަވާލުކޮށްފި އެވެ.
އެ ރަށް ކޮމަންޑޫ ކައުންސިލާ ހަވާލުކުރީ ރައީސް ޑރ.މުހައްމަދު މުއިއްޒު ށ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅައި ރޭ އެ އަތޮޅު ކޮމަންޑޫ ރައްޔިތުންނާ އެކު ބެއްވި ބައްދަލުވުމުގަ އެވެ.
ރަށްތަކަށް ފޯރުންތެރިކަން ހޯދައިދިނުމުގެ މަގްސަދުގައި ކައުންސިލްތަކަށް ފަޅުރަށްތައް ހަވާލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ އަހަރު މާޗު މަހުގެ ތެރޭގަ އެވެ.
ރޭގެ ރަސްމިއްޔާތުގައި ކޮމަންޑޫ ކައުންސިލާ ގައްލައިދޫ ހަވާލުކުރެއްވީ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފެވެ. ކޮމަންޑޫ ކައުންސިލްގެ ފަރާތުން ހަވާލުވެ ވަޑައިގަތީ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން އެވެ.
ރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ އެކި ދާއިރާތަކުން ކޮމަންޑޫ ކުރިއަރުވަންޖެހޭ ކަމަށެވެ.
ށ. އަތޮޅަށް އެކަށީގެންވާ މިންވަރަށް ޓޫރިޒަމް އައިސްފައި ނެތް ކަމަށާއި އެހެންވެ، އެ އަތޮޅުގައި އިންވެސްޓް ކުރަން، އިންވެސްޓަރުން ޝައުގުވެރިވާގޮތަށް ލުއިތައް ސަރުކާރުން ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ށ. އަތޮޅުގައި މިހާރު އޮތް އެއާޕޯޓުގެ އިތުރުން މަސައްކަތް ފަށާފައި އޮތް ތިން އެއާޕޯޓު ކަމަށްވާ، ބިލެތްފަހި، ކޮމަންޑޫ އަދި މިއަދު ފަށާ މިލަންދޫ އެއާޕޯޓާ އެކު ޓޫރިޒަމްގެ އެނދުތައް މުހިންމުވާނެ ކަމަށެވެ.
ރައީސް ވަނީ ށ. އަތޮޅު ފުށިފަރާއި ގޮނާފަޅު ފަޅުން ތިިން ޕްލޮޓް އަދި ކްލޯޒްޑް ބިޑިން އުސޫލުން ކުޑަޅައިމެންދޫ އިއުލާންކޮށް ޓޫރިޒަމަށް ތަރައްގީކުރަން ބަޔަކަށް އެވޯޑްކޮށްފައިވާކަން ފާހަގަކުރައްވައިފަ އެވެ.
ށ. ނަލަންދޫގައި ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން ވެސް ޓޫރިޒަމް މިނިސްޓްރީން އިއްޔެ ވަނީ ތިންވަނަ ފަހަރަށް އިއުލާންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މެންދޫ އެއަރޕޯޓް
15 October 2025
މެންދޫ އެއަރޕޯޓް
އަކްޝާމް މުހައްމަދު
15 October 2025
ދެން ކީކޭ ބާ އިދިކޮޅުން ބުނާނީ؟ ގައިމު މިކަންވެސް ކޮށްފަ މިއޮތީ މިހާރު ސަރުކާރުން. ކައުންސިލް އިތުރަށް ބާރުވެރި ވެގެން މިދިޔައީ. އެހެންނު؟
އެއާޕޯޓު މުއިއްޒު
15 October 2025
އެއާޕޯޓް އަދި މަދެއްނޫންތޯ! ކޮންމެ ރަށަކަށް އެއާޕޯޓެއް ހަދަމާ!