އަބްދުއްރަހުމާންގެ މަރާ ގުޅޭ ގޮތުން މާޅޮހުގެ މީހަކާ ފުލުހުން މިދިޔަ އަންގާރަ ދުވަހު ސުވާލު ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު
17 ޖުލައި 2025 - 19:31
އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރައިލި އަބްދުއްރަހުމާން އާދަމްގެ އަންހެނުން ނާޒިމާ އިބްރާހިމްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިއަދު ހިފަހައްޓައިފި އެވެ.
އެ ރަށު އޯކިޑްމާގޭ އަބްދުއްރަހުމާން ދިރިއުޅޭ މާހިޔަގޭގައި ނިދާފައި އޮއްވައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އޭނާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ފުރަތަމަ ފެނުނީ އަންހެނުން ނާޒިމާ އަށެވެ. އަބްދުއްރަހުމާނާއި ނާޒިމާ އެ ރޭ ނިދީ ދެ ކޮޓަރީގައި ކަމަށް ވިޔަސް ހަމަލަދީފައި އޮތް ކަން ނާޒިމާ އަށް އެނގުނީ އެ ރޭ ދަންވަރު އެކެއް ޖަހާކަން ހާއިރު ފާހާނާ އަށް ދިއުމަށްޓަކައި އެ ކޮޓަރި އަށް ވަން ވަގުތު ކަމަށް ނާޒިމާ "މިހާރު" އަށް ކިޔައިދީފައި ވެ އެވެ.
އަބްދުއްރަހުމާންގެ ފޯނު ހިފެހެއްޓުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގުގައި އެކި "އޭންގަލްތަކަށް ފޯކަސް ކޮށްގެން" ވަކިވަކި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"އެގޮތުން، މަރުހޫމުގެ އާއިލާއާ ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަ ދައްކައި ސުވާލުކޮށް، އެ ފަރާތްތަކުގެ އެއްބާރުލުމާ އެކު، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތަކެއް ދަނީ ކުރަމުންނެވެ،" ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖުގައި ވެ އެވެ.
"މި ތަހުގީގުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ބަދަލުގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގާ ގުޅޭ ގޮތުން ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ."
އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން މަރުވީ މާޅޮހުގެ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެނިކޮށް ހޮނިހިރު ދުވަހުގެ ރޭގެ ފަތިހު އެވެ.
އެ ރޭގެ ދަންވަރު ތިނެއް ޖެހިއިރުން ފެށިން ފުލުހުންގެ ޓީމުތައް ވަނީ މާޅޮހަށް އަރައި، އަބްދުއްރަހުމާން ދިރިއުޅުނު ގެ އާއި އެ ގެ ހިމެނޭ ސަރަހައްދު ބަންދުކޮށް ގާތިލު ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. އެކަމަކު، މިހާތަނަށް އެއްވެސް ހެއްކެއް ލިބުނު ކަމަކަށް ފުލުހުން ނުބުނެ އެވެ. އަދި އެންމެ ފަހުން މިހާރު ވަނީ ފުލުހުންގެ އިތުރު ޓީމުތައް ވެސް މާޅޮހަށް ގޮސްފަ އެވެ.
އަބްދުއްރަހުމާން ދިރިއުޅުނު މާހިޔަ: މިއީ އޭނާގެ އަންހެނުން ނާޒިމާގެ ގެ.
ފުލުހުން ވަނީ އަބްދުއްރަހުމާނަށް ހަމަލަދީފައި ވަނިކޮށް، އެ ގެ އަށް ވަން އެންމެންގެ އިނގިއްޔާއި ފައިގެ ނިޝާން ވެސް ނަގައިފަ އެވެ. އަދި ބައެއް މީހުންނާ ސުވާލުކޮށް، މާޅޮހުގައި ހުރި މަދު ކެމެރާތައް ވެސް ވަނީ ބަލައިފަ އެވެ.
އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާ ބުނެފައި ވަނީ ފިރިމީހާ އަށް ހަމަލަދިނުމަށް އެ ގެ އަށް ވަން ކަމަށް ބުނާ ބަޔަކު ނުވަތަ މީހެއްގެ ފައިގެ ނިޝާން އެ ރޭ އޭނާ އަށް ފެނުނު ކަމަށެވެ.
"ގޭގައި ދޮންވެލި ލާފައި އޮންނާތީ މީހެއްގެ ގުންފައި ވަރަށް ރަނގަޅަށް ފާހަގަވި. ވަދެފައި ދިޔަ މީހެއްގެ ފައި ވަރަށް ރީއްޗަށް އެނގެން ހުރި،" ނާޒިމާ "މިހާރު" އަށް މިދިޔަ އާދިއްތަ ދުވަހު ބުނެފައި ވެ އެވެ.
އާދައިގެ ދިރިއުޅުމެއް އުޅޭ އަދި އެހެން ރަށްރަށުގެ ދޯނިތަކުގައި މަހަށް ގޮސް އުޅޭ އަބްދުއްރަހުމާނަށް ހަމަލަދިން ދުވަސްވަރު އެ ގޭގައި ދިރިއުޅުނީ އެ ދެމަފިރިން އެކަންޏެވެ.
އަބްދުއްރަހުމާންގެ ހަށިގަނޑުގެ އިތުރު ތަހުލީލުތައް ކުރުމަށް މިދިޔަ އާދިއްތަ ދުވަހު ވަނީ މާލެ ގެނެސްފަ އެވެ. ފުލުހުން މިއަދު ބުނެފައި ވަނީ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާގެ ޓްރިވެންޑްރަމަށް އަންނަ ހޯމަ ދުވަހު ފޮނުވައިލަން ނިންމާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭނު.
18 July 2025
އަންހެނުންނައް އެކަނިބާ ގުންފައި ޖަހާފަ ހުރި ފިޔަވަޅު ފެނުނީ، ކުރިން ބުނި ދަރިފުޅު ކޮޓަރީގަ މަންމަ ނިދީ އަގުބޮޑަތި ސާމާނު ހުންނާތީ ކަމައް، ފަހުން ވާހަކަ ބަދަލުވީ މާމަ ދުނިޔޭގަ މަންމަ އެކޮޓަރީގަ ނިދާ ވާހަކަ، މުޅިން އޮޅުން ބޮޅުން
ބަމަރި
18 July 2025
ތީ އަހަން ކުރިންވެސް ބުނި ވާހަކަ. ރަނގަޅު، ލަހުން ފޯނު ހިފެހެއްޓުމަކުން ގެއްލުމެއްނެތް. ގިނަ އެއްޗެހި ޑިލީޓް ކުރެވެވޭނެ. ގިނަ ވާހަކަ ދެއްކޭނެ. ފުލުހުންނަށް ތި ހުރިހައި އެއްޗެއް ހޯދޭނެ. ބަލަމާ
ގޮނުއަނގަ
18 July 2025
ތަޙްޤީްުގެ އެއްވެސް މަްުލޫމާތެއް އެއްވެސް ސިފައެއްގައި ހާމަނުކުރުން ބުއްދިވެރިގޮތަކީ. މުޅި ތަޙްޤީގު ނިމުނީމާ ތިޔަ ކުރެއްވި މަސައްކަތުގެ ކާމިޔާބީ ހާމަ ކޮށްދެއްވާ. މިވީހާބތަނަށް ފުލުހުންގެ ތަޙްޤީޤަކުން ކުރިޔަށް މަޢުލޫމާތުބހާމަކޮށްގެން ކަމެއް ކާމިޔާބުވެފައެއްބނެތް. ކުރިން ދެއްކިވާހަކަ ފަހުން އޮންނަނީ މަދަލުވެފައި. މަޖުބޫރުން އަނިޔާކޮށްގެން ބަޔާން ނެގުން ނޫނީ ހަމހޭގައިނެތުން މީ މލކަންކަން ވާގޮތް.
ފުލުސް އޮފީސް
18 July 2025
ކެތްވާނެބާ ކޮމެންޓޭމެންނަށް މައެނގެމޭމީޑިއާ ޖާނަލިސްޓާރުންނަށް
ސާލުންކޭ
18 July 2025
އޭނާގެ ޕޯސްޓްމޯރޓަމް ހަދަން ޑރ ސާލުންކޭ ގެންނަންވީނުން. އެއިރުން ބޮޑުތަނުން ޚަރަދުކުޑަވާނެ. އޭސީޕީ ޕްރަތްމަންވެސްގެނޭ. ޓަސްލާފަ ތިކަން ހައްލުކޮށްނާނެ
މިލީ
18 July 2025
އެންމެ ފުރަތަމަވެސް ޝައްކު ކުރަންޖެހޭ ފަދާތަކީ އަންހެނުން! ޢެކަމު މާލަހުން އެކަމާ ތިޔަ އުޅެނީ...މިއީ ދިވެހި ފުލުހުންގެ ނާގާބިލްކަން!
ފުލުސް އޮފީސް
18 July 2025
ދިވެހި ފުލުހުންނަށް ވުރެން ގަމާރީ ކޮމެންޓް ކުރާ ދިވެހިން
ސަޅި ގައުމެއް
18 July 2025
ނުދާނެ ތި ރަށު ބަޔެއްގެ ބޮޑު ބައިވެރި ވުމެއްނެތި. ލައްކަ ބައިވަރު އެނގޭނެ ކަމައް މިބަލަނީ ފޯނުން
އައިބިމްސް
17 July 2025
މަރަށްމަރުނުހިފާ ހާހިދަކު މީހުން މެރުން ނުހުއްޓުވޭނެ. އެކަމަށް އިންކާރު ކުރާމީހުން ވަނީ ﷲ އަމުރުފުޅާ ދެކޮޅުހަދާފަ. އެބައި މީހުންނަކަށް އެކަމަކުން ސަލާމަތެއް ނުވެވޭނެ.
ރަދީފްއޮފިޝަލް / ގުންފައި
17 July 2025
ގުންފައި ޖަހާފަ ހުރި ކަމަށް ބުނޭ. އެެހެންވީމަ ގުންފައި ތަހްގީގެއް ވެސް ހިންގަން ޖެހޭނެ.
އައިމިނާ
17 July 2025
އަލިފު ތާ އުޅޭނީ. މަށަށް މަގޭދަރި ދޮންފުތުވީމަ.
ލަސް
17 July 2025
މާޅޮހުގަ އުޅެނީ ހުސް އަލިފުންނޭ މިކަންކުރީ ރަށުންބޭރު ބަޔެކޭ ބުނެ އޮޅުވާލަން އުޅުނީ. އަދި މިކަމުގަ ކައުސިލުންވެސް އުޅުނީ އަވަދިނެތި. ރީތިވިއެއްނު