ހިޔާ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި ސައިކަލުތަކެއް ވަޔާއެކު އެއްލާލާފައި.-- ފޮޓޯ: ޒަމްޒަމް ފާރިޝް/ ފޭސްބުކް
18 ޖުލައި 2025 - 14:15
މިއަދު ހެނދުނު މާލެ ސަރަހައްދަށް ކުރި ވިއްސާރާގައި، ވައިގަދަވެ ހުޅުމާލެ ފޭސް 2ގައި ހުރި ބަސް ސްޓޭންޑަކާއި ޕާކު ކޮށްފައި ހުރި ސައިކަލުތަކެއް ވެއްޓި، ގެއްލުންތަކެއް ލިބިއްޖެ އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ފަތިހުން ފެށިގެން ހެނދުނާއެކު ހުޅުމާލެއަށް އައި ވިލާގަނޑުގައި 52 މޭލު ބާރުމިނުގައި ވައި ޖެހުނު ކަމަށެވެ.
މޫސުން ގޯސް ކޮންމެ ދުވަހަކު ވެސް ހިޔާ ޓަވަރުތައް ކައިރީގައި ޕާކުކޮށްފައި ހުންނަ ސައިކަލުތައް ގަދަ ވަޔާ އެކު ވެއްޓުމާއި އެ ސަރަހައްދުގައި ހުންނަ ކުނިބުނިތައް މުޅި ސަރަހައްދަށް ބުރައިގެން ދިޔުމަކީ އާންމު ކަމެކެވެ.
ހިޔާ ސަރަހައްދުގައި ޕާކު ކޮށްފައި ބަހައްޓާފައި ހުރި ބަސް ސްޓޭންޑެއް ވަޔާއެކު އެއްލާލާފައި.-- ފޮޓޯ: ޒަމްޒަމް ފާރިޝް/ ފޭސްބުކް
މިއަދު ވައި ޖެހުނު ވަގުތު ވަނީ ހިޔާ 16 ވަނަ ޓަވަރުގައި ބަހައްޓާފައި ހުރި ބަސް ސްޓޭންޑެއް ވެސް އެއްލާލައިފަ އެވެ.
އޭގެ އިތުރުން ފޭސް 1ގެ ފިތުރޯނު ގަހެއް މުލުން ލުހިގެން ވަނީ ވެއްޓިފަ އެވެ. އަދި އިތުރު ގަހެއްގެ އޮފިގަނޑެއް ވެއްޓި ސައިކަލުތަކަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
ހުޅުމާލެ ފިތުރޯނު މަގުގައި ހުރި ބޮޑު ފިތުރޯނު ގަހެއް ވެއްޓިފައި--- ފޮޓޯ؛ މިހާރު
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ވާނެކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. އެންމެ ބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައި ވަނީ އުތުރާއި މެދުރާއްޖެ ތެރެއަށެވެ.
ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މެޓުން ވަނީ ކަނޑު ދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮސްގެ ބޮސް
19 July 2025
ހިޔާ ސަރަހައްދުގަ ބަސް ސްޓޭންޑްވެސް ޕާކް ކުރޭތަ؟
ސައިކު
18 July 2025
މާލޭގެ ވެސްޓޕާރކު ކައިރިން 21 ހަކަށް ސައިކު ވަޔާއެކު ވެއްޓި ވަރަށް ބޮޑެތި ގެއްލުންތަކެއްވެއްޖެ
ލިޔޭ
18 July 2025
ތާރޑް ޕާޓީ އިންޝުއަރެންސް އަކީ ދައުލަތަށް ނަގާ ޓެކުހެއްތޯ؟ މގެން ކަވަރުކޮށްދެނީ ކޯޗެއްތޯ؟ ގުދުރަތީ މިކަހަލަ ހާދިސާތަކުން ލިބޭ ގެންލުން ކަވަރުކޮށްދތޯ؟ އެކުސިޑެންޓުތަކުން ލިބޭ ގެއްލުން ކަވަރުކޮށްދޭތޯ ނޫސްވެރިޔަކުނިކަން ދިރާސީ ލިޔުމެއް ރިޕޯޓެއް ނަމަވެސް ލިޔެދީބިލަ
ޕިސް
19 July 2025
ވަރަށް ރަނގަޅު ވާހަކައެއްތީ!! އެނގެން އެބަ ޖެހޭ ދެއްތޯ، މި ވާނުވާ!! ރައްޔިތުން ތެރޭ Gina މީހުންނަށް މިކަމުގެ އުޑެއް ބުޑެއް ނޭނގޭ!!
ަައަހާލަބަ
20 July 2025
ދެން ފަހަރަކުން އިންސުއަރެންސް އާކުރަން ގޮސް އެތާ ކުދިން ގާތު އަހާލަބަލަ. ތާޑް ޕާޓީ އަކީ ތިންވަނަ ފަރާތް. ތިޔައީ ފުރަތަމަ ފަރާތް. އިންސުއަރެންސް ކުންފުންޔަކީދެވަނަ ފަރާތް.
ޕީސީއެކްސް
18 July 2025
ޕީސީއެކްސް ވަރެއްނެތް. ގުޑާނުލާވިއްޔާ
ކަލްމީ
18 July 2025
ތިޔާއީ ކުރީ ސަރުކާރުން ކުރި ކަމެއް! ވައިގަދަވެގެން ނުވޭނެ ދޯ! ކުރީ ސަރުކާރު!
ހަބީބު.
18 July 2025
ސައިކަލުތަކައް އިންސޯރެންސް ކުންފުނި ތަކުން ބަދަލު ދޭންވާނެ ތީންކޮންމެ ވެހިކަލަކުން ކޮންމެ އަހަރަކު އެތައްހާސް ރުފިޔާއެއް ދައުލަތައްނަގާ ވީމާ އާންމު ރައްޔިތުންގެ ވެހިކަލުތަކައް ލިބޭ ގެއްލުމުގެ ފުރިހަމަ ޒިންމާ ސަރުކާރުން ނަގަންޖެހޭނެ ވެރިކަން ފެށެނީ ރައޔިތުންގެ ކިބައިން މިކަން ހަނދާން ނައްތާނުލާތި
ޑެބީ
18 July 2025
އެހެންތަ؟ އެހެންވީމަ ވެއްޓުނު ކޮންމެ ސައިކަލަކަށް ސަރުކާރުން މުޅިންއާ ސައިކަލަކާއި ފަހުގެ ޓެސްލާއެކާއި ބެންކޮކް ދެކޮޅު ޓިކެޓުވެސް ޖެހޭނެ ތީގެން ކޮންމެ މީހަކަށްދޭން
ޔެސް
18 July 2025
ދެންބަލަމާ ތާޑް ޕާޓީ އިންސިއުރެންސް އިން ކަމެއް ވޭތޯ؟ ޢެ ވެސް ނުކޮއް އޮވެއްޖެއްޔާ ޖޫރިމަނާ އާދޭ...
ދެނޯ
18 July 2025
އިންސުއަރަންސާ އެހެން އެއްޗަކާ ހަދާއިރުވެސް އޭގެ އެއްވެސް މައުލޫމާތެއްނުހޯދާ… ހަމައެކަނި ސްޓިކަރ ކޮޅު ނަގާފަ ދެންހުރި ލިޔުންތަށް ނުވެސް ކިޔައި އެއްލާލަނީދޯ…ހައިރާނެއް ނުވޭ….މީ ދިވެހިން…