އަބްދުއްރަހުމާން: އޭނާގެ ގާތިލު ނޫނީ ގާތިލުން އަދިވެސް ނުހޯދޭ.
20 ޖުލައި 2025 - 12:39
އއ. މާޅޮގައި އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އާދަމަށް މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރު އަނިޔާވެރި ހަމަލަތަކެއް ދީ، މަރާލި މައްސަލާގައި އިތުރަށް ދައްކާނެ އެއްވެސް ވާހަކައެއް ނެތް ކަަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެ ރަށު އޯކިޑްމާގޭ އަބްދުއްރަހުމާންގެ ބޮލަށް ހަމަލަދީ، ޒަހަމްކޮށްލާފައި އޮއްވައި އެ ރޭ ދަންވަރު އެކެއް ޖަހާކަންހާއިރު ފެނުނީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމަށެވެ. ދެ މީހުން އެ ރޭ ނިދީ ދެ ކޮޓަރީގައި ކަމަށް ވިޔަސް އަބްދުއްރަހުމާންގެ ކޮޓަރި އަށް ފާހާނާއަކަށް ދިޔައިރު އަބްދުއްރަހުމާން ފެނުނީ "މަރަށް ތެޅެނިކޮށް" ކަމަށް ނާޒިމާ "މިހާރު" އަށް ކިޔައިދީފައި ވެ އެވެ. އެހެންވެ، އަވަހަށް ގާތް މީހުންނަށް ގުޅައިގެން ގެއަށް ގެނައީ އެވެ.
އެހެން ރަށްރަށުގެ މަސްދޯނި ފަހަރުތަކުން މަހަށް ގޮސް އުޅުނު އަބްދުއްރަހުމާން މަރުވީ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެނިކޮށް އެ ރޭ ފަތިހު އެވެ. އަބްދުއްރަހުމާންގެ ދެމަފިރިން ދިރިއުޅެނީ އަންހެނުން ނާޒިމާގެގެ މާހިޔައިގަ އެވެ.
އެ ރޭ ދަންވަރު ތިނެއް ޖެހިއިރުން ފެށިގެން މާހިޔަ އާއި އެ ގެ ހިމެނޭ ސަރަހައްދު ބަންދު ކޮށްގެން ފުލުހުން ތިބޭތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވި ނަމަވެސް މިހާތަަނަށް އެ ތަހުގީގުގައި އެއްވެސް ކުރިއެރުމެއް ލިބުނު ކަމަކަށް ފުލުހުން އަދި ނުބުނެ އެވެ. އެކަމަކު، އަބްދުއްރަހުމާނަށް ހަމަލަދީފައި އޮއްވައި މާހިޔާ އަށް ވަން އެންމެންގެ އިނގިއްޔާއި ފައިގެ ނިޝާން ނަގައި އެ މީހުންނާ ވަނީ ސުވާލުކޮށްފަ އެވެ. އަދި ރަށުގައި ހުރި މަދު ސީސީޓީވީ ކެމެރާތައް ވެސް ޗެކްކުރި އެވެ.
އަބްދުއްރަހުމާންގެ މަރާ ގުޅިގެން މާޅޮހުގައި ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މި ތަހުގީގުގައި އެންމެ ބޮޑު ކަމެއްގެ ގޮތުގައި މިހާތަނަށް މީޑިއާ އަށް އެނގިފައި ވަނީ އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާގެ ފޯނު ކޯޓު އަމުރެއްގެ ދަށުން މީގެ ހަތަރުވަރަކަށް ދުވަސް ކުރިން ހިފެހެއްޓުމެވެ. އެކަމަކު، ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އެ ފޯނު ވެސް މިހާރު ވަނީ ނާޒިމާއާ ހަވާލު ކޮށްފައި ކަމަށް އެނގިފައި ވެ އެވެ.
މާޅޮހު ކައުންސިލް އިދާރާގެ ކައުންސިލް އެސިސްޓެންޓުގެ މަގާމު ފުރަމުން އަންނަ ނާޒިމާ މިވަގުތު ހުރީ މާލޭގަ އެވެ.
އެ މަރާ ގުޅޭ ގޮތުން "މިހާރު" އިން މިއަދު ސުވާލު ކުރުމުން ފުލުހުންގެ ޖަވާބަކީ މިހާތަނަށް ތުހުމަތުގައި މީހަކު ހައްޔަރު ނުކުރާ ކަމަށާއި އިތުރަށް ހާމަކުރާނެ މައުލޫމާތެއް ވެސް ނެތް ކަމަށެވެ.
މާޅޮހުގެ ފިހާރައެއްގެ ސީސީޓީވީގެ މެމޮރީ ކާޑު ފުލުހުން ނަގަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ނާޒިމާގެ ފޯނު ހިފެހެއްޓުމާ ގުޅިގެން މީޑިއާ އިން ސުވާލު ކުރުމުން ފުލުހުން ބުނެފައި ވަނީ އެ މައްސަލައިގެ ތަހުގީގުގައި އެކި "އޭންގަލްތަކަށް ފޯކަސް ކޮށްގެން" ވަކިވަކި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"އެގޮތުން، މަރުހޫމުގެ އާއިލާއާ ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަ ދައްކައި ސުވާލުކޮށް، އެ ފަރާތްތަކުގެ އެއްބާރުލުމާ އެކު، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތަކެއް ދަނީ ކުރަމުންނެވެ،" ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު މީޑިއާއާ ހިއްސާކުރި މެސެޖުގައި ވެ އެވެ.
އަބްދުއްރަހްމާންގެ ގާތިލް ހޯދަން ފުލުހުންގެ ފޮރެންސިކް ޓީމުގެ މީހަކު ބަންދުކޮށްފައިވާ ސަރަހައްދުގައި ހަރަކާތްތެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާ ބުނެފައި ވަނީ ފިރިމީހާ އަށް ހަމަލަދިނުމަށް އެ ގެ އަށް ވަން ކަމަށް ބުނާ ބަޔަކު ނުވަތަ މީހެއްގެ ފައިގެ ނިޝާން އެ ރޭ އޭނާ އަށް ފެނުނު ކަމަށެވެ.
އާދައިގެ ދިރިއުޅުމެއް އުޅޭ އަބްދުއްރަހުމާނަށް ހަމަލަދިން ދުވަސްވަރު އެ ގޭގައި ދިރިއުޅުނީ އެ ދެމަފިރިން އެކަންޏެވެ.
އަބްދުއްރަހުމާންގެ ހަށިގަނޑުގެ އިތުރު ތަހުލީލުތައް ކުރުމަށް މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ވަނީ މާލެ ގެނެސްފަ އެވެ. ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާގެ ޓްރިވެންޑްރަމަށް މާދަމާ ފޮނުވާލާނެ އެވެ.
ހަތަރުސަތޭކަ ފަންސާހެއްހާ މީހުން ދިރިއުޅޭ މާޅޮހުގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އަބްދުއްރަހުމާނަށް ހަމަލަދޭނެ ބަޔަކު އެ ރަށުގައި ނޫޅޭނެ އެވެ. އެއީ ކުށްކުރުން އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައިވާ ރަށަކަށް ވާތީއާ އެކު، އެއް ބަޔަކު ގަބޫލު ކުރަނީ އެފަދަ ލާއިންސާނީ ޖަރީމާއެއް ހިންގަން ކެރޭނީ އެހެން ރަށެއްގެ ބަޔަކަށެވެ.
އަބްދުއްރަހުމާން އުޅުނު މާހިޔަގެ ހުންނަނީ މާޅޮހުގެ ހުރަސް މަގު އަތިރިފަރާތް ސަރަހައްދުގައި ކަމަށް ވުމުން ބަޔަކަށް ނޭނގި ބަޔަކު ދަންވަރު ގަޑީގައި ރަށަށް އަރައި އެފަދަ ކަމެއް ހިންގުމުގެ ފުުސަތު އޮތް ކަމަށް އެ މީހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލަތީފާ
20 July 2025
ޑރ އަފްރާޝިމް ރަހުމު ކުޑަ ގޮތަކަށް ޝަހީދު ކުރެވުނު މައްސަލަ ބެލުނުތޯ؟ ހޮޓެލް ސިނަމަން ގުރޭންޑް ތެރޭގަ ހުދުޖަނގިޔާގެ ފަނޑިޔާރު މައްސަލަ ބެލުނުތޯ؟ އެމްއެމްޕީއާރުސީ ކަރަޕްޝަން މައްސަލަ ބެލުނުތޯ؟ މުލިއާގެއިން ބަނގުރާ ނެރެ ރައްޔިތުންނަށް ދެއްކި މައްސަލަ ބެލުނުތޯ؟ 7 އަދި 8 ފެބްރުއަރީގަ ފުލުހުން އެބޭފުޅުންގެ އަމިއްލަ އިދާރާ އަދި މުޒާހިރާ ކުރި މީހުންނަށް ދިން ގެއްލުން ބެލުނުތޯ؟ ގާނުން އަސާސީ މައްޗަށް ފައިން އެރި މާރިޔާގެ މައްސަލަ ބެލުނުތޯ؟
ޞްލަދ
20 July 2025
ހުރިހާބޮޑެތިމީހުނަ އެރޭލައިގެންއުލުނު އަންނައުނުތައް ހޯދައިގެން ބަލާބަ، އެހާބާރަށް ޖަހާއިރު ލޭބުރާނެ، ހުންނާނެ ހެދުމުގަ، ބުރައިގެން ގޮސް ޖެހޭ ލޭތިއްކާ އެއްޗަކުން އުނގުޅޭ ލެޔާއި ހޭކިފަ ހުންނާނީ ތަފާތުކޮށް. ނޫނީ މޮބައިލް މޫވްމެންޓްސް، ބަލާބަ، ވަކި މީހަކު ނުބަހައްޓާ އެންމެނާ ސުވާލުކޮށްބަލަ. ކުޑަ އާބަދީއެއްނު.
ޒަރީރ
20 July 2025
ތިހެން މާބޮޑަށް އެނގިގެން އުޅޭތީއޭ މައްސަލައަކީ. މީހެއްގެ މައްޗަށް ތުހުމތެއް ނުކޮށް ތިބުނާ އަންނައުނާ، ދެންހުރި އެއްޗަކާ ޗެކެއް ނުކުރެވޭނެ ގާނޫނުގަ އޮންނަގޮތުން. ރަށުގެ މުޅި ރައްޔިތުންނަށް ތުހުމަތު ކުރާނީކިހިނެއް. ތަންކޮޅެއް ތަހުޒީބު ވެބަލަ
އައްޔާރ
21 July 2025
މާބޮޑަށް އެނގޭތީއޭ ފުލުހުން ބިރު ގަންނަނީ ތިހެން. ރައްޔިތުންނަށް ހަމަ ބޮޑުކޮށް އެނގޭނެ. މަާ ބޮޑަށް އެނގިގެން އުޅޭތީއޯ މައްސަލައަކީ ކިޔަނީ ކޯޗެއް ފޮރުވަން ޖަރީމާ ހިންގަން. އެނގޭނެ ހަމަ. ބޮޑުކޮށް އެނގޭނެ ހަމަ. ޞްލދ ބުނެފަ އޮތީ ހަމަ ރަނގަޅު ވާހަކައެއް. ދެން ހަމަ ތިކަމުގަ އެންމެންގެ މައްޗަށް ތުހުމަތު ކުރެވޭނެ. ތުހުމަތު ކުރަންވެސް ޖެހޭނެ. ގާނޫނޭ ކިޔައި ބޯދަމައިގަންނާކަށް ލާހިކެއްނޫން. ތިޔަހެން މާ އެނެގެނީ އޭ ކިޔައި ޖެއްސުންކޮށް ރައްޔިތުން ވާނުވެއްދޭނެ
ބަބްސް
20 July 2025
ފޮޓޯ ފޮނުވައިގެން އޮޓޮޕްސީ ހަދާ ބަޔެއް ދިވެހި ފުލުހުންނަކީ ... ދިވެހި ފުލުހުން އުޅެނީ ވަރަށް ކުރީގައި އެމީހުންނަށް ވައްބަހުން މަލާމާތް ނުކުރޭ.
އަށްކޮ
20 July 2025
ހެޑްލައިންތައް މަދުކޮއްލާ މިމައްސަލަވެސް އެހެން މަރުތަކޭ އެއްގޮތައް މިހިސާބުން ފައިލްކޮއް ނިމާލާ، އެއަރޕޯޓް ހުޅުވުން މާމުހިންމު. ބިރުވެރި މީހުންމަރާ މީހުން އުޅޭ ދޮންވެލި ބީޗް ގައުމަކަށް މިގައުމު ވެޔަދީގެން ތިބެން އެދޭ ބަޔަކަށް ވެއްޖެ. ޢިންސާފަކީ ވަކިބައެއްގެ އެއްޗެއް، އަވަހަށް ފަސްއަޅާ ފޮރުވޭނީ ނިކަމެތިން.
ރަދީފްއޮފިޝަލް / ސްކޮޓިޝް
20 July 2025
ސްކޮޓްލެންޑް ޔާޑް ފުލުހުންގެ އެހީތެރިކަން ފުރަތަމަ ދުވަހު ހޯދިނަމަ ކޮންމެވެސް ވަރެއްގެ ކްލޫއެއް ހޯދާނެ.
ހހހހހ
20 July 2025
ޕިސް ޕިސް ކީކޭ ދޯދެން ބުނާނީ... ޒަކިއްޔާގެ ގާތިކެއްވެސް ނުހޯދުނު.. ދެން މިހެން އަނބުރަ އަނބުރާފަ މިކަންވެސް އެކަހަލަ ގޮތަކަަށް ނުގޮއްސިއްޔާ ރަނގަޅު...
މިޔަރޮޮޮޮޮޮޮޮޮޮ
20 July 2025
ތިޔާ އެއް ކަމެއް ވެސް ނުކުރެވޭނެ... ނޮޓް އިވެން ސަޕްރައިސްޑް
އައްޔާަ
20 July 2025
ކުޑަކުދިން ފިޔަވައި ރަށު ހުރިހާ ރައްޔިތުން ފަހަރަކު މީހަކު ވާގޮތަށް ލައިނެއް ހަދާ ފުލުހުން ކުރި މައްޗަށް އައިސް ވާހަކަ ދައްކުވާ. އަދި ނަފްސާނީ އެންގަލުން ޗެކް ކުރޭ. ލާހިކެއް ނޫން ބޯ ދަމައިގަންނާކަށް.
ޚިޔާލެއް ތިންކިންގ އައުޓް ލައުޑް
20 July 2025
ދަންވަރު ބަޔަކު އަރައިގެން މަރާލަންޖެހޭނީ ހާދަ ބޮޑު މޯޓިވްއެއް އޮވެގެންނޭ
އަށްކޮ
20 July 2025
މަރުވިމީހާ ކުއްވެރިކޮއް މީހުންމަރާ މީހުނަށް ސަބަބެއްދީ ހިމާޔަތް ކުރީމަ ސަޅިވާނެ. މާދަމާ ތިމާމެންގެ ދަރިންނަށް ރައްކާ ތެރިކަން ޔަގީންބާ؟ ޢެއްހަމަޔަކުން ކަފުންކުރާ އިރު އިންސާފު އޮތީ ކޮންބަޔަކަށްބާ؟
ދަނޭ
20 July 2025
ވޭތުވެ ދިޔަ ދުވަސްތަކުގައި އަބްދުއްރަހްމާންގެ އަމަލުތައް ހުރީ ކިހިނެއްތޯއާއި އެ އަމަލުތަކުގެ ސަބަބުން ރުޅި އައިސް ބަދަލު ހިފާފާނެ ފަދަ ކަމެއް ހިގާފައި އޮތްތޯ ވެސް ބަލާށެވެ.
އަށްކޮ
20 July 2025
ސިޔާސީ ވެފަ އޮތީ ފުލުހުން ޤާބިލު މީހުންމިހާރަކު މިގައުމުގައެއް ތިވަރުވެސް ބަލަން ނެތް. މަގާމާ ބާރުން، ފައިސާ އާއި މުއްސަދި ކަމަށް ލޯބިކުރާ މިއައްވުރެ މިސާލީ ގައުމެއްނެތް. ކިޔަވާގެން ތިބި ބަޔަކު ނެތް