އެރޭގެ އެކްސިޑެންޓުގައި ސައިކަލު ގޮސް ޖެހުނު ޕިކަޕް ނަގައިގެން ގެންދާއިރު، އޭގައި ޖެހުނު ސައިކަލް ބިންމަތީގައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު
20 ޖުލައި 2025 - 14:05
މާލޭގެ ބޮޑުތަކުރުފާނު މަގުން މާފަންނު ބަސް ޓާމިނަލް ކައިރީގައި މި މަހުގެ 13 ވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން އުމުރުން 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދު ނިޔާވެފައި ވާއިރު އެ ސައިކަލް ފަހަތުގައި އިން 16 އަހަރުގެ މި ކުއްޖާގެ އިތުރުން އެ ސައިކަލުން ޖެހި 40 އަހަރުގެ ފިރިހެނަކަށް ވެސް އަނިޔާވެފައިވެ އެވެ. އެއީ ކަސްރަތަށް ދުވަން ގޮސް އުޅުނު އިބްރާހިމް ޝުޖާއު ކިޔާ މީހެކެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ 16 އަހަރުގެ ކުއްޖާ ގެއަށް ދޫކޮށްލީ އެއްޔެ ކަމަށެވެ.
އެކްސިޑެންޓުވި 40 އަހަރުގެ މީހާ އަކީ އެންމެ ފުރަތަމަ ފަރުވާދިނީ ވެންޓިލޭޓަރުގަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު އޭނާ ވެންޓިލޭޓަރުން ނަގާފައި ވިޔަސް އަދިވެސް ފަރުވާދެނީ އައިސީޔޫގައި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ބ. ތުޅާދޫ މީހެއް ކަމަށްވާ ޝުޖާއުގެ ގައިގައި ސައިކަލުން ޖެހުނީ އޭނާ ދުވަން ނުކުމެ، އުޅެމުން ޒިބްރާ ކްރޮސްއަށް އެރި ފަހުން ސައިކަލު ވަރަށް ބާރަށް ދުއްވާފައި އަންނަތަން ފެނުމުން އެއިން ނެއްޓެން ކުރިއަށް ދުއްވައިގަތްތަނާ ކަމަށް ސީސީޓީވީ ފުޓޭޖުން ފެނެ އެވެ.
ސައިކަލުން ޖެހުމުން އޭނާ ވިއްސައިގެން ގޮސް ބިންމަތީގައި ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަސްޓީ
21 July 2025
މަގުތަކަކީ ހަމައެކަނި ވެހިކަލް ދުއްވަން އޮންނަ ތަންތަނެއް ނޫންކަން ހަނދާނުގަ ބަހައްޓަން ޖެހޭ!.
ރަސްމީ
21 July 2025
މަގުތަކަކީ ދުވާމީހުންނަށް ހަދާފަ އޮތްތަނެއްނޫކަން ހަނދާނުގަ ބަހައްޓަން ޖެހޭ!!!
ވެރިން
21 July 2025
ކަސްރަތު ކުރަން ނަވަތަ ދުވަން ނިކުންނަ ބޭފުޅުން އެކަމައް ޙާއްސް ތަންތަން ބޭނުން ކުރަން
ޒިބްރާ
21 July 2025
ކަންމަތީ ފިހާރަތަށް ވެސް ހުއްދަނަގާނެކަމެއް ނެތް. އެއްވެސް ކަމެއް ރެގިއުލޭޓްކުރެވި ހިންގާނެކަމެއްނެތް. އެއްމެ ބާރުވެރިޔާ ބޭނުންވާގޮތަށް ދޫކޮއްފައި ބާއްވާ.
ޒެބްރާ
20 July 2025
ހުސްދޮގު ހަދަނީ ސައިކަލުން ނެއްޓެން ވެގެނެއްނޫން ކަނާތްފަރާތައް ބަލާވެސްނުލާ ދުއްވައިގަތީ %90 މައްސަލަ އަކީ މި މީހަކު .. ދުއްވަިގަތްކަން
ސަލީމު އޮދިރީސް
20 July 2025
ގިނަ ވާހަކަ ނުދައްކާ ކަފިލި ހުރަސް މަތިން .. ވެއްގެން ބާރުސުޕީޓުގަ ދުއްއިގެން ހިނގިހާދިސާއެއް އެތަނާ މީހަކު ކައިރިވާނީ ހުރަސްކުރަން ސައިކަލިގެ ސުޕީޑު މަޑުކޮއް ހުއްޓޭވަރުގަ އެތަނާ ކައިރި ވާންވާންނީ
އެންމެންގެ ރައްކާތެރިކަމަށް އެންމެން
20 July 2025
ސައިކަލުން ނެއްޓެން ސަައިކަލު ކުރި މައްޗަށްތަ ނިކުންނަނީ?؟؟ މީގަ ދެފަރާތްވެސް ކުއްވެރިވޭ. ތި ދުވާމީހާ ހުރަސް ރޮނގަށް ނަމެއްގަ އެރީ. ހުޅުމާލޭ ސެންޓްރަލް ޕާރކްވަށާ މަގަށް ނިކުމެ ދުވާމީހުންނަށް އެބަޖެހޭ އަދަބުދޭން. ސެންޓްރަލް ޕާކު ވަށާ އެތެރެއިން ދުވެވެން އޮއްވާ ބޭރަށް ނިކުމެ އުޅަނދު ތައް ކުރިމައްޗަށް ވާގޮތަށް މިދުވާނީ މޮޔަވެގެންތަ. ކާރުން ނޫނީ ސައިކަލަކުން ޖެހުނީމަ މިގޯސްވަނީ ދުއްވާ މީހުން. މަގަށްނިކުމެ ދުވާމީހާއެއްނޫން.
ޙާމިދު ހަސަން
20 July 2025
ފުލުހުންނަށް ގޮވާލަން މިކުއްޖާޔާ ސުވާލުކޮށް ސައިކަލް ހޯދިގޮތެއް ސާފުކޮށް އެބަޔަކަށް ފިޔަވަޅު އަޅަން
ސަލީމު އިދުރީސް
20 July 2025
ބަލަ ހަމީދު މިގައުމުގަ ކުއްޔައް ވެހިކަލު ދޫކިރަރަނީ ކަންމަތީ ފިހާރައިން ފުއްކިލޯއެއް ގަންނަ ގޮތައްތޯ؟ ސައިކަލު ނަންބަރުން އެނގޭނެ ކޮންތާކުންކަމް ސައިކަލު ނެގީ އަދި އެތާގަ އިންނާނެ ނެގިގަޑިއާ ތާރިހާ ސައިކަލު ނެގިމީހާގެ ނަން! ފުލުހުން ބޭނުވާނަމަ މިހާރު ހޯދިފަ އޮތީހީ؟