ސްރީ ލަންކާހެ ކުރީގެ ސްޓޭޓް އިންޓެލިޖެންސް ސާވިސް (އެސްއައިއެސް)ގެ ވެރިޔާ ނިލަންތާ ޖަޔަވަރްދަނާ.
21 ޖުލައި 2025 - 05:56
ސްރީ ލަންކާގައި 2019 ވަނަ އަހަރު އީސްޓާ ސަންޑޭގައި ބޮން ގޮއްވައި 279 މީހަކު މަރާލި ހަމަލާތައް ހުއްޓުވުމުގައި، ޖާސޫސީ އިދާރާގެ އޭރުގެ ވެރިޔާ އިހުމާލުވި ކަމަށް، މިނިވަން ކޮމިޝަނެއްގެ ތަހުގީގުން ހާމަވެފައި ވާތީ އޭނާ މަގާމުން އިއްޔެ ވަކިކޮށްފި އެވެ.
ނޭޝަނަލް ޕޮލިސް ކޮމިޝަނުން ކުރީގެ ސްޓޭޓް އިންޓެލިޖެންސް ސާވިސް (އެސްއައިއެސް)ގެ ވެރިޔާ ނިލަންތާ ޖަޔަވަރްދަނާ މަގާމުން ވަކިކުރީ ހަރުކަށި ފިކުރުގެ މީހުންގެ ހަމަލާއެއް ދޭން އުޅޭ ކަމަށް ލިބުނު އެލާޓްތަކަށް އަޅާނުލައި އެކަމަށް ތައްޔާރުވެފައި ނެތުމުންނެވެ.
ކޯޓުގެ ރެކޯޑުތަކުން އެނގޭ ގޮތުގައި ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ޖަޔަވަރުދަނާއަށް ކުރިން ދީފައިވެ އެވެ. އެ މައުލޫތު އޭނާއާ ހިއްސާކޮށްގައި އޮތީ އޭޕްރީލް 21، 2019 ގައި ތިން ހޮޓަލަކާއި ތިން ފައްޅިއަކަށް ދިން ބޮމުގެ ހަމަލާގެ 17 ދުވަސް ކުރިންނެވެ.
ހަމަލާތަކުގައި 45 ބިދޭސީއަކު މަރުވި އިރު އެތައް ބަޔަކު ޒަހަމް ވެސް ވި އެވެ.
ކުރީގެ ފަނޑިޔާރަކު އިސްކޮށް ހުންނަވާ ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނީ ޖަޔަވަރްދަނާގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއަކީ ވެސް އިހުމާލުވުމާއި މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ.
ބަޔާނުގައި ބުނީ ކުށުގެ ބާވަތަށް ބަލައި، ޖަޔަވަރްދަނާއަށް އެންމެ ބޮޑު އަދަބު ދޭން ބޭނުންވާ ކަމަށެވެ.
ސްރީ ލަންކާގެ ތާރީހުގައި އާންމުންނަށް އަމާޒުކޮށް ދިން އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށް ފަހު، އެސްއައިއެސްގެ ވެރިޔާގެ މަގާމުން ޖަޔަވަރްދަނާ ވަކިކުރި އެވެ. ނަމަވެސް، އިދާރީ މަސްއޫލިއްޔަތު އަދާކުރާ ފުލުހުންގެ ޑެޕިއުޓީ ހެޑްގެ މަގާމަށް އޭނާ ފަހުން ޕްރޮމޯޓް ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަކަލި ސަރުކާރު
21 July 2025
އެމްއެމްޕީއާރސީ އަދި ސިގިރެޓް ވައްކަމާއި ނުހައްގު މުއްސަދިކަމާއި ސިފްކޯ އަދި ޕޮލްކޯހެ ޚިޔާނާތުގައި ތަންތަނުގެ އިސްވެރިން ހިމެނި އެމައްސަލަ ތަކުގައި އެމީހުންނަށް ފިޔަވަޅު ނޭޅިހުރުމަކީ ލަދުވެތިކަންކަން ރައްޔިތުން ކީތްކުރަންހޮވާ ސަރުކާރެއްމީ ވިޔަފާރިވެރިން ތިބިއްޔާ އެމީހުންކާންދޭނެ އިލާހީ ޤާނޫނު އޮންނާނެ